އެއާ އެމްބިއުލާންސް
ހަބަރު
11 Apr 2025 | 14:44
އެއާ އެމްބިއުލާންސްގެ ޙިދުމަތް ކާމިޔާބު، ޙިދުމަތް ފުޅާކުރުމަށް މީހުން ތަމްރީނުކުރާނަން: ވަޒީރު ނާޒިމް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް އެއާ އެމްބިއުލާންސްގެ ޙިދުމަތް ފަށައި، އިތުރަށް ހިދުމަތް ފުޅާކުރުމުގެ ގޮތުން މީހުން ތަމްރީނުކުރުމުގެ މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިއްހީ ކަންކަމާ ބެހޭ ވަޒީރު އަބްދުالله ނާޒިމު ވިދާޅުވީ އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކުރުމުގެ ސަބަބުން ސިއްހީ ދާއިރާއިން ގިނަގުނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި ވަރަށް ގިނަ ބަޔަކު މިހާތަނަށް އެ ހިދުމަތް ހޯދާފައިވާކަމަށެވެ.

ރައީސްގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް 2024 ވަނަ އަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހު ފެށި އެއާ އެމްބިއުލާންސްގެ ހިދުމަތަކީ ކާމިޔާބު ހިދުމަތެއްކަން ފާހަގަކުރައްވާ، ވަޒީރު ވިދާޅުވީ މި ޙިދުމަތުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެން ދިޔަކަމަށެވެ.

އަދި މި ޙިދުމަތް އިތުރަށް ފުޅާކުރެއްވުމަށް ސަރުކާރުން ބޭނުންވާ ކަމަށެވެ. ނަމަވެސް މި މަސައްތަކަށް ބޭނުންވާ މިންވަރަށް މީހުން ތަމްރީނު ކުރެވިފައި ނެތުމުގެ ސަބަބުން ގޮންޖެހުންތަކަކާ ކުރިމަރިލާންޖެހޭ ކަމަށް ވަޒީރު އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީއާ ގުޅިގެން މިދާއިރާގެ މީހުން ތަމްރީނުކުރުމުގެ ޕްރޮގުރާމުތަކެއް ހިންގުމަށް ސޯޝަލް ކައުންސިލުގެ ހުއްދަ ލިބި ނިންމުންތައް ނިމި އެ މަސައްކަތްތައް އަޅުގަނޑުމެން މިދަނީ ކުރަމުން. ކަންކަން ތަރުތީބުކޮށްފައިވާ ގޮތަށް ކުރިއަށްދާނަމަ މި އަހަރުގެ ފަހުކޮޅު ހުޅުވައިލާ ކޯސްތަކުގެ ތެރޭގައި މި ދާއިރާގެ ކޯސްތައް ހިމެނޭނެ،

ވަޒީރު ނާޒިމް

ވަޒީރު ހިއްސާކުރެއްވި ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި 2024 ވަނަ އަހަރުގެ މާޗު މަހުން ފެށިގެން 2025 ވަނަ އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް އެއާ އެމްބިއުލާންސް 899 ދަތުރުކޮށްފައިވެއެވެ. އެ ދަތުރުތަކުގައި 1،072 ބަލިމީހުން އުފުލާފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.