ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އަހަރީ ދުވަސް ފާހަގަކުރުމުގެ ތެރެއިން.. ފޮޓޯ: އެމްއޭސީއެލް
ހަބަރު
12 Apr 2025 | 11:11
ވީއައިއޭގެ އަހަރިދުވަސް، އެމްއޭސީއެލުން ފާހަގަކޮށްފި

ވީއައިއޭގެ އަހަރިދުވަސް، އެމްއޭސީއެލުން ފާހަގަކޮށްފިއެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތަކުން ފެށުނު މި މުނާސަބަތް ފާހަގަ ކުރީ ވެލާނާ އިންޓާރނޭޝަލް އެއަރޕޯރޓްގައެވެ.

މި ރަސްމިއްޔާތުގައި ވެލާނާ އިންޓަރނޭޝަލް އެއަރޕޯރޓްގެ މެނޭޖްމެންޓް، މުއައްޒަފުން އަދި އެ އެއަރޕޯރޓް ގެ ސްޓޭކްހޯލްޑަރޒް ހިމެނެއެވެ.

އަހަރީ ދުވަހުގެ މުނާސަބަތުގައި ޔުނިޓީ ހިންގާލުމެއް ބާއްވާފައިވާ އިރު 59 ފޫޓުގެ ކޭކެއް ވެސް ފަޅައިފާ ވެއެވެ.

އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި މުއައްޒަފުންނަށް ހާއްސަ ގާލާ ނައިޓް އެއް އަދި ހޭންޑްބޯލް މުބާރާތެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެމްއޭސީއެލް ގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޝަރީފް ވަނީ މި ހަފްލާ ވާހާކަފުޅު ދައްކަވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިޢްޒު އަށް ތައުރީފް ކުރައްވާ ހަމަ އެހެންމެ ރައީސުލްޖުމްހޫރިއްޔާ އެ އެއަރޕޯރޓްގެ ތަރައްގީއަށްޓަކައި ދެއްވާ އަހަންމިޔަތުކަން ފާހަގަ ކުރައްވާ ޝުކުރު އަދާ ކުރައްވާފައެވެ.

ހަމައެހެންމެ އެއަރޕޯރޓް ގެ ކުރިއެރުމަށްޓަކައި ބޮޑެތި މަޝްރޫއު ތަކެއް ހިންގަމުން ދާކަން ފާހަގަ ކުރައްވާފައިވާއިރު ، ކޮންޓްރެކްޓަރުން ނިންމާނީ ފެސިލިޓީސް ކަމަށާއި އެތަން އޮޕެރޭޝަނަލައިޒް ކޮށް އޭގެ ފައިދާ ހޯދައިދޭން ތިބީ މުއައްޒަފުން ކަމަށް އޭނަ ވިދާޅުވިއެވެ. އަދި ވިދާޅުވެފައިވަނީ ގައުމަށްޓަކައި އަގުހުރި ޙިދުމަތްތަކެއް ކުރާ ބައެއްކަން ފާހަގަ ކުރައްވާ އެކަމަށްޓަކައި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އިބްރާހިމް ޝަރީފް ވިދާޅުވެފައިވަނީ ކުރިއަށް މިއޮތް އަހަރަކީ ހިދުމަތްތައް ވަރަށް ބޮޑަށް ތަރައްގީ ވެގެންދާނެ އަހަރެއްކާމަށާއި ސްޓކް ހޯލްޑަރުންނާއި ފަސަންޖަރުން އުފާވާނޭ ފަދަ ޙިދުމަތް ތަކެއް އެއަރްޕޯރޓް އިން ދޭން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.