އެއާ ސިލޯނުން އެންމެފުރަތަމަ ހުޅުލޭ އެއާޕޯޓަށް ޗާޓަރކުރި ބޯޓު.. ފޮޓޯ: ނެޝަނަލް އާކައިވް
ރިޕޯޓް
12 Apr 2025 | 11:28
ހުޅުލޭ އެއާޕޯޓަށް އެއާ ސިލޯނުގެ ދަތުރުތައް ޖެއްސުން ހުއްޓާލުމަށް ރައީސް ނާސިރު އެންގެވީ ކީއްވެ؟

މަރްހޫމް އިބްރާހިމް ނާސިރުގެ ހަޔާތްޕުޅަށް ބަލާއިރު އެމަނިފާނު ފާހަގަކުރެވިފައިވަނީ, މިހާތަނަށް ރާއްޖޭގައި ވެރިކަންކުރެއްވި ލީޑަރުންގެ ތެރެއިންވެސް ސިޔާސީގޮތުންނާއި އެހެނިގެން ގޮތްގޮތުންވެސް އެންމެ ނުފޫޒުގަދަ ލީޑަރުގެ ގޮތުގައެވެ. ދިވެހިންގެ މިނިވަންކަމާއި އިޤްތިސާދުގެ މިނިވަންކަން ކަށަވަރުކޮށްދެއްވުމަށް ރައީސް ނާސިރުގެ ފަރާތުން ފެނިވަޑައިގަތީ ޖެހިލުންކުޑަކަމެވެ. އެ ނިންމުންތަކުގެ ދުރުވިސްނުންހުރިވަރު އެނގެނީ މިއަދު ކުރިމަތިވާ ކަންކަމަށް އަޅާކިޔައި އެކަންކަމާމެދު ވިސްނައި ފިކުރުކޮށްލީމައެވެ.

ރާއްޖޭގެ ވެރިޔަކު ވެރިކަމުގައި ހުންނެވިއިރު ނިންމަވަންޖެހުނު އެންމެ ބޮޑެތި ނިންމެވުންތައް ނިންމަވަންޖެހުނީ ރައީސް ނާސިރުގެ ވެރިކަމުގައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އިނގިރޭސިންގެ އަތުން އައްޑޫ ގަން މިނިވަންކުރުމާއި، ދިވެހިރާއްޖެއަށް މިނިވަންކަން ހޯދައިދެއްވުމާއި ހުޅުލެ އެއާޕޯޓް ސީދާ ދިވެހިންގެ އެއާޕޯޓަކަށް ހެއްދެވުމަށް އިބްރާހިމް ނާސިރުކުރެއްވި މަސައްކަތްޕުޅަކީ ފާހަގަކޮށްލެވޭ ކަންކަމެވެ.

އިނގިރޭސިން ހުޅުލޭގައި އެޅި އެއާޕޯޓް އެންމެފަހުން ދިވެހިންގެ ބާރުގެ ދަށަށް ގެންނަންޖެހުނީ ސަބަބުތަކެއް ނެތިއެއްނޫނެވެ. އިނގިރޭސިން ހުޅުލޭ ރަންވޭ ހަދައި، ބޯޓްފަހަރު ޖެއްސޭ ފެންވަރަށް ތަރައްޤީކުރިނަމަވެސް އެތަނުގައި އިނގިރޭސިންގެ ބޯޓުފަހަރަށް ނޫނީ ނުޖެއްސެއެވެ. އެކަމާ ގުޅިގެން ރައީސް ނާސިރު އެންމެފަހުން ނިންމެވީ، ދިވެހި ސަރުކާރުން ބޭނުންވާ ބޯޓުފަހަރު ނުޖެއްސޭތަނެއް ރާއްޖޭގެ ފަސްގަނޑުގައި އޮވެގެން ނުވާނެ ކަމެވެ.

އެގޮތަށް ނިންމައި އިނގިރޭސިންގެ އަތުން ހުޅުލޭ އެއާޕޯޓްގެ އަތުލުމުގެ ހަރަކާތްތަކެއް 1964 ވަނަ އަހަރު ފެށުނެވެ. މި ހަރަކާތްތަކުގެ ތެރެއިން ރޭގަނޑުގެ ދަންވަރުގެ ވަގުތުތަކުގައި ހުޅުލޭ ރަންވޭއަށް އަރައި އެތަން ހެދުމަށް އިނގިރޭސިން އަޅާފައިވާ ދަގަނޑުފިލާތަކާއެއްޗެހި ނައްޓަންފެށިއެވެ. އެންމެފަހުން ދިވެހިންގެ ދުއްތުރާބޮޑުވެ، އިނގިރޭސިން ހުޅުލޭ އެއާޕޯޓް އެމީހުންގެ ބާރުވެރިކަމުން ދޫކޮށްލިއެވެ.

އެއަށްފަހު ރައީސް ނާސިރު ހުޅުލޭ އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ފެއްޓެވިއެވެ. ވީއައިއޭގެ ރަންޔޫބީލް ފޮތުގައި ލިޔެފައިވާ މަޒުމޫނުން އެނގޭގޮތުގައި އެއާޕޯޓް ތަރައްޤީކުރުމުގައި ރާއްޖޭގައި ވަސީލަތްތައް ނެތުމުގެ ސަބަބުން އެންމެބޮޑަށް އެހީވީ އަވައްޓެރި ލަންކާއިންނެވެ. އެއާޕޮޓްގެ ރަންވޭގެ މަސައްކަތްކުރުމަށް ލަންކާއިން ގާ މުގުރާ މެޝިނާއި ތާރުއެޅުމަށް ބޭނުންވާނެ ތަކެތި ދިނެވެ.

ހުޅުލެ އެއާޕޯޓް ހެދުމަށް ލަންކާއިން ހަދިޔާކުރި މެޝިނެއް ބާލަނީ.. 

ހުޅުލޭ އެއާޕޯޓަކީ ދިވެހިންގެ ވަރަށް މަސައްކަތުން ނިންމުނު އެއާޕޯޓެކެވެ. ބައެއް ލިޔުއްވުންތެރިންގެ ލިޔުންތަކަށް ބަލާއިރު، ހުޅުލޭ އެއާޕޯޓް ތަރައްޤީކުރުމަށް ޤައުމީ ރޫހުގައި ކުރިވަރުގެ ބުރަ މަސައްކަތެއް ދިވެހިން މިހާތަނަށް ކޮށްފައެއް ނުވެއެވެ. ހުޅުލޭ އެއާޕޯޓްގެ މަސައްކަތް ނިންމައި އެންމެ ފުރަތަމަ ބޯޓެއް ޖައްސާފައިވަނީ 1966 ވަނަ އަހަރުގެ އޭޕްރިލްމަހުގެ 12 ވަނަ ދުވަހުއެވެ. ރަންވޭއަށް ޖައްސާފައިވަނީ އެއާ ސިލޯނުގެ ބޯޓެކެވެ.

ހުޅުލޭ އެއާޕޯޓްގެ މަޝްރުޢުގެ މަސައްކަތަށްފަހު ދެން ރާއްޖެއަށް ތަހައްމަލުކުރަންޖެހުނީ ކޮލެރާގެ ބިރުވެރިކަމެވެ. ކޮލެރާގެ ރޯގާ ރާއްޖޭގެ 119 ރަށަކަށް ފެތުރިގެންދިޔައިރު، މި ރޯގާ ރާއްޖޭގެ 11303 މީހުންނަށް ޖެހި 252 މީހުން މަރުވިކަން އެކަމާ ގުޅޭގޮތުން ލިޔެފައި ހުރި ލިޔުންތަކުން އެނގެން އެބައޮތެވެ.

ހުޅުލޭ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދިޔައިރު ރައީސް ނާސިރު އާއި އަރިސް ބައެއް ބޭފުޅުން.. ފޮޓޯ: އިންޓަރނެޓް

ކޮލެރާ ރޯގާގެ ދުވަސްވަރު ރައީސް ނާސިރުއަށް އެންމެބޮޑު ގޮންޖެހުމެއް ކުރިމަތިވެ ވަޑައިގެންނެވި އެއްކަމަކީ ބޭސްހޯދުމުގައި ކުރިމަތިވި ގޮންޖެހުމެވެ. ކޮލެރާއިން ސަލާމަތްވުމަށް އޭރު އެއާ ސިލޯނު މެދުވެރިކޮށް ބޭސް ގެނެސްދިނުމަށް ރައީސް ނާސިރު އެދިވަޑައިގެންނެވިއެވެ. ނަމަވެސް އެއާ ސިލޯނުން އެކަމަށް އިންކާރުކުރެއްވުމުން ރައީސް ނާސިރުއަށް އުނދަގޫ އެހެންނަމަވެސް މުހިއްމު ނިންމެވުމެއް ނިންމަވަން ޖެހިވަޑައިގަތެވެ. ރާއްޖެއަށް ބޭނުންވާ ބޭސް ގެނެސްދިނުމަށް އެ އެއާލައިނުން ދެކޮޅު ހެއްދެވުމުން ރައީސް ނާސިރު އެންގެވިކަމަށް ވަނީ އެއާ ސިލޯނުގެ ބޯޓުތައް ހުޅުލޭ އެއާޕޯޓަށް ޖެއްސުން ވަގުތުން ހުއްޓާލުމަށެވެ. އަދި ބަދަލުގައި އިންޑިއާގެ ބޮމްބޭއިން ބޭސްގެނެސްގެން ކޮލެރާއަށް ފަރުވާކުރުމުގެ ކަންކަން އިންތިޒާމް ކުރުމަށް ރައީސް ނާސިރު އެންގެވިއެވެ.

ކޮންމެއަކަސް ރައީސް ނާސިރުގެ އެ އެންގެވުން ތަންފީޒުކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ދަނިކޮށް އެއާ ސިލޯނުން ގޮތްދޫކޮށް އެންމެފަހުން އެ އެއާލައިނުގެ ނިންމުން އަނބުރާ ގެންދިޔައެވެ. މިވާހަކަތަށް އަޅުގަނޑަށް ކިޔައިދެއްވީ ރައީސް ނާސިރުގެ އެގްރިކަލްޗާ މިނިސްޓަރަކަށް އެދުވަސްވަރު ހުންނެވި އިބްރާހިމް ޝިހާބްގެ ފަސްޓް ސެކެރެޓަރީ ތުޅާދޫ މުހައްމަދު ވަހީދު (ވަހީދުބެ) އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.