ހައުސް ޕްލާޒާ އިމާރާތުގައި ގަސް ކަނޑާފައި ބުރުޒުމަގަށް އެޅިފައިހުރި ކުނިތައް.. ފޮޓޯ: ވޮއިސް
ހަބަރު
12 Apr 2025 | 14:44
ހަރާމްޖާދާ ކެޔޮދަނޑު ސާފްކުރާހެން ކަންކަން ކުރުން

ފެބްރުއަރީމަހުގެ 11 ވަނަ ދުވަހު ބުރުޒުމަގު ޝީބިލްޑިން އިމާރާތް ކައިރީ ހުންނަ ހައުސް ޕްލާޒާ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެ އިމާރާތުގެ ގޯތިތެރޭގައި ހުރި ހިރުނދުގަސް މިލައި މަރުވިއެވެ. އަލިފާނުގެ ހާދިސާ ހިނގިތާ ގާތްގަނޑަކަށް ދެމަހުގެ މުއްދަތަކަށްފަހު މާލެސިޓީ ކައުންސިލުގެ މުއައްޒަފުން މިއަދު ވަނީ މަރުވެފައި ހުރި ހިރުނދުގަހުގެ ގޮފިތައް ކެނޑުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ

މާލެސިޓީ ކައުންސިލުގެ މުއައްޒަފުން އެގަހުގެ ގޮފިތައް ކަނޑާފައިވަނީ، އެގަހުގެ ގޮފިތަކުގެ ސަބަބުން އެމަގުން ހިނގާމީހުންނަށް އުނދަނގޫތަކާ ކުރިމަތިވެފައިވަނިކޮށެވެ. ބައެއްފަހަރު މަގުން ހިނގާފައިވާ މީހުންގެ ބޮލަށް ގަހުގެ ގޮފިގަނޑުގެ ބައިތައް ވެއްޓިފައި އެބަހުއްޓެވެ.

މާލެސިޓީ ކައުންސިލުން މިއަދު އެގަސް ކަނޑައި ގަހުގެ ބައިތައް އުކާލުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ މިއަދު ހެނދުނެވެ. ގަސް ކަނޑާލުމަށްފަހު ގަހުގެ ބައިތައް ވަނީ އުކާލަފައެވެ. އެހެން ނަމަވެސް މަގުމައްޗަށް އެޅުނު ކުދި ކުނިބުނިތައް ހުރިގޮތަށް ހުރީއެވެ. ސިޓީ ކައުންސިލުގައި ކުނިކަހާމީހުން ތިބިނަމަވެސް އެ ކުނިތައް ނަގާފައެއް ނުވެއެވެ.

ހައުސް ޕްލާޒާ އިމާރާތުގައި ގަސް ކަނޑާލުމަށް ބުރުޒުމަގު އެހިސާބު ބަންދުކޮށްފައި.. ފޮޓޯ: ވޮއިސް

މަގުމަތިން ގަސްކެނޑިއިރު ހުރި ކުނިބުނިތައް ނުނެގިއުޅެނިކޮށް މިއަދު ވެހުނު ވިއްސާރައާއެކު ގިނަ އަދަދެއްގެ ކުނިތައް ވަނީ ކާނުގަނޑަށްވަދެފައެވެ. މާލެ ސަރަހައްދަށް މިއަދު ވިއްސާރަވެހޭނޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވަނިކޮށް، ގަސްކަނޑާފައި ކުދި ކުނިބުނިތައް މަގުމައްޗަށް ދޫކޮށްލާފައި ދިއުމަކީ ވަރަށް ޒިއްމާދާރުކަން ކުޑަގޮތަކަށް ކުރިކަމެއްމަށް އެހިސާބުގައި ދިރިއުޅެމުންދާ ބައެއް މީހުންވަނީ ޝަކުވާކޮށްފައެވެ.

"ވެހުނު ވާރެއާއެކު މި ސަރަހައްދު މިއޮތީ ކުނިތަކާއެކު މުޅިން ހަޑިވެފައި. ކުދިކުނިތައް ނަގާލާފައި ދިޔަނަމައީ ކިހާ ރަނގަޅު. މިއޮތީ ހަރާމްޒާދާ ކެޔޮދަނޑު ސާފްކުރާ އުސޫލުން ކަންކޮށްފައި" ޕްލާޒާ ސަރަހައްދުގައި ހުރި އޮފީހެއްގައި މަސައްކަތްކުރާ ޒިންމާދާރު ވެރިއަކު ވޮއިސްއާ ވާހަކަދައްކަމުން ބުންޏެވެ.

ހައުސް ޕްލާޒާ އިމާރާތުގައި ގަސް ކަނޑާފައި ބުރުޒުމަގަށް އެޅިފައިހުރި ކުނިތައް.. ފޮޓޯ: ވޮއިސް

ހަރާމްޒާދާ ކެޔޮދަނޑު ސާފްކުރުމަށް މިސާލުޖަހައި އުޅެނީ ގޮތަކަށް ނުވާގޮތަށް ކުރާ ކަންތައްތަކަށް ނިސްބަތްކޮށެވެ

ބުރުޒުމަހު ޕްލާޒާ އިމާރާތް ހުންނަ ސަރަހައްދަކީ މާލޭގައި އެންމެބޮޑަށް ފެންބޮޑުވާ އެއް ސަރަހައްދެވެ. އެކަން އެހެން އޮއްވައި ގަސްކަނޑައި ކުނިތައް ސާފުނުކޮށް ދިއުމުގެ ސަބަބުން އެ ހުރިހާ ކުނިތަކެއް އެޅޭނީ ކާނުގަނޑުތެރެއަށެވެ. މާލެސިޓީން މިހާރުވެސް ދަނީ މާލެސިޓީގެ މަގުތަކުގައިހުރި ކާނުތައް ނަގައި ސާފްކުރުމުގެ މަސައްކަތްކުރަމުންނެވެ. މިގޮތުން ކާނުތައް ނަގައި ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ކުނިތައް އުކާލައެވެ.

މާލެސިޓީ މަގެއްގެ ކާނުތެރެއިން ނަގާފައިހުި ކުނިތަކެއް... ފޮޓޯ: ވޮއިސް

މާލެސިޓީއަށް ވާރޭ ވެހޭއިރު މަގުތަކުން ފެން ހިންދުމުގައި އެންމެބޮޑު އެއް ހުރަހަކަށް ވެފައި އޮންނަނީ ކާނުތެރެ ކުނިތަކުން ފުރިފައި އޮންނަ މައްސަލައެވެ. ކާނުތަކަށް ކުނިއެޅުމަކީ މަގުތަކުގައި ހެދޭ ފަންގަނޑު ހިންދުމަށް ކުރިމަތިވާ ވަރަށްބޮޑު ގޮންޖެހުމެއްކަމަށް މާލެސިޓީ ކައުންސިލުން ފާހަގަކުރާ ކަމެކެވެ. ކަން މިހެން އޮއްވައި މާލެސިޓީ ފަދަ ޒިންމާދާރު މުއައްސަސާއަކުން މިގޮތަށް ކަންކަންކުރުމަކީ ވަރަށް ދެރަވަރުކަމެއްކަމަށް ބައެއް މީހުން ފާހަގަކުރިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.