ހުޅުމާލޭ ފޭސް ދޭއްގެ މަގެއް... ފޮޓޯ: ވޮއިސް
ހަބަރު
13 Apr 2025 | 15:35
ދެން ހަތަރު ފުރޮޅި ލީ އުޅަނދު ރާއްޖެ އެތެރެކުރެވޭނީ ގަރާޖެއް ދައްކައިގެން!

ކުރިއަށްއޮތް ތަނުގައި 4 ފުރޮޅުލީ އުޅަނދު ރާއްޖެއަށް އެތެރެކުރުމުގެ ހުއްދައަށް އެދޭއިރު، ގަރާޖެއް ދައްކަންޖެހޭގޮތަށް ލާޒިމުކޮށް ޤަވާއިދަށް ބަދަލު ގެނެސްފިއެވެ.

ކުރިން އޮންނަގޮތުން ހަތަރު ފުރޮޅުލީ އުޅަނދެއް އެތެރެކުރާއިރު، ގަރާޖު ސިޓީއެއް ހުށަހަޅަން ޖެހެއެވެ. ނަމަވެސް ގަވާއިދަށް ގެނައި ބަދަލާއެކު، 4 ފުރޮޅުލީ އުޅަނދެއް ގެނައުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު، ގަރާޖެއްގައި އެ އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާސެއް ނެތްކަމުގެ ލިޔުމާއި، ގަރާޖުގެ ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއި، އެ އުޅަނދު ބައްވާ ގަރާޖަކީ ރަޖިސްޓްރީކޮށްފައިވާ ގަރާޖެއްކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންޖެހެއެވެ.

މީގެ އިތުރުން ދެން އުޅަނދެއް ރަޖިސްޓްރީކޮށްދޭނީ، މިނިސްޓްރީން ރަޖިސްޓަރީ ކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ އުމުރަށްފެތޭ އުޅަނދެއްކަން އަންގައިދޭ ލިޔެކިޔުންވެސް ހުށަހެޅުމުންނެވެ. 

ރަޖިސްޓްރީ ނުކޮށްދޭނެ އުޅަނދުތައް:

- ބޭނުންކޮށްފައި ހުންނަ އުޅަނދުތަކުގެ ތެރެއިން އިންޖީނު ކެޕޭސިޓީ 250 ސީސީ ނުވަތަ އެއަށްވުރެ ދަަށުގެ މޮޓޯ ސައިކަލާއި އޮޓޯސައިކަލް

- އުފެއްދި ތާރީހުން ފެށިގެން 3 އަހަރުވެފައިވާ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލް

- އުފެއްދި އަހަރުން ފެށިގެން 5 އަހަރުދުވަހަށްވުރެ އިތުރުވެފައިވާ ކާރު، ވޭން، ބަސް، ލޭންޑްރޯވަރ ފަދަ ދަތުރުފަތުރުކުރުމަށް ގެންގުޅޭ އެއްގަމު އުޅަނދާއި އުފުލޭ ބަރުދަން 1 ޓަނު ހަމަނުވާ އުޅަނދު

- އުފެއްދި ތާރީހުން ފެށިގެން 7 އަހަރަށްވުރެ  އިތުރުވެފައިވާ އުފުލޭ ބަރުދަން އެއްޓަނުން ފެށިގެން 4 ޓަނު ހަމަނުވާ އެއްގަމު އުޅަނދު

- އުފެއްދި ތާރީހުން ފެށިގެން 15 އަހަރުވެފައިވާ ނުވަތަ އެއަށްވުރެ ގިނަ އަހަރުވެފައިވާ ބަރުދަން 10 ޓަނުން ފެށިގެން މަތީ އެއްގަމު އުޅަނދު

ނަމަވެސް ދިވެހި ސަރުކާރުން ޑިޕްލޮމެޓިކް އިމްތިޔާޒު ދީފައިވާ ފަރާތްތަކުން އިމްޕޯޓް ޑިއުޓީ ދެއްކުމުން ލިބިދޭ އިސްތިސްނާއާއެކު، ރާއްޖެއަށް އެތެރެކޮށްފައިވާ އުޅަނދެއް ޑިޕްލޮމެޓަކަށް ނޫން އެހެން ފަރާތަކަށް ރަޖިސްޓްރީކޮށްދެވޭނީ، އެ އުޅަނދަކަށް ދިވެހި ސަރުކާރުން ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީ ދެއްކުމުންކަމަށް މި ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

މި ޤަވާއިދަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން 90 ދުވަސް ހަމަވާ ތާރީހުން ފެށިެގންނެވެ.

ގަރާޖު ދެއްކުމަށްފަހު ހަތަރު ފުރޮޅުލީ އުޅަނދު އެތެރެކުރެވޭގޮތަށް ޤަވާއިދު އިސްލާހުކުރިއިރު، މާލެ އަދި ހުޅުމާލޭގައި އުޅަނދުތައް ގިނަވުމަކީ މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ އެންމެބޮޑު މައްސަލައެވެ. މާލެ އަދި ހުޅުމާލޭގައި ދުއްވާ އުޅަނދުތައް އިންތިހާއަށް ގިނަވުމުގެ ސަބަބުން މަގުތަކުގެ ދެފަޅީގައި ޕާކްކުރުމަކީ މިހާރު އާއްމުކަމެކެވެ.

ކޮމެންޓް
އިސްމާއިލު
ފުރަތަމަވެސް ގުރޭޓާމާލޭގެ މީހުންތޮއްޖެއްސުންވެސް ބަލަން އެބަޖެހޭނުން އޭރުންދޯ ދުއްވާއެއްޖެހިވެސް މަދުކުރެވޭނީ
13 Apr 2025
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.