އަހްމަދު އަދީބު (ކ) ކުރީގެ ރައީސް ޔާމީން (ވ)
ހަބަރު
13 Apr 2025 | 15:56
ޔާމީނާއި އަދީބުގެ ޕާޓީގައި 3،000 މެންބަރުން ހަމައެއް ނުވޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އާއި ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެެމްޓީޑީ) ގައި 3,000 މެންބަރުން ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ހިސާބުތަކުން ދައްކައިފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ގޮތުން ސިޔާސީ ޕާޓީއެއް ދެމި އޮތުމަށް 3,000 މެންބަރުން ބޭނުންވެ އެވެ.

ކޮމިޝަނުން މިހާރު ވަނީ ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި އަދަދު ހާމަކޮށްފަ އެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރު ގައި ނުވަ ޕާޓީއެއް އެބަ އޮތެވެ. އޭގެ ތެރެއިން 10,000 މެންބަރުން ހަމަވަނީ ތިން ޕާޓީގަ އެވެ. ދެ ޕާޓީއެއްގައި އެ އަދަދާއި ގާތަށް މެންބަރުން އެބަ ތިއްބެވެ. 

ޕާޓީއެއްގައި އެންމެ މަދުން ހަމަވާން ޖެހޭ 3,000 މެންބަރުން ނެތީ ދެ ޕާޓީގައެވެ. އެއީ ޕީއެންއެފާއި އެމްޓީޑީ ގަ އެވެ.

* ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - 68,968 މެންބަރުން

* ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ - 43,755 މެންބަރުން

* ޖުމްހޫރީ ޕާޓީ - 13,826 މެންބަރުން

* އަދާލަތު ޕާޓީ - 9,049 މެންބަރުން

* މޯލްޑިވްސް ޑިވެލޮޕްމަންޓޔް އެލަޔަންސް - 9,210 މެންބަރުން

* މޯލްޑިވްސް ނެޝަނަލް ޕާޓީ - 6,050 މެންބަރުން

* ދަ ޑިމޮކްރެޓްސް - 3,667 މެންބަރުން

* މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް - 2,350 މެންބަރުން

* ޕީޕަލްސް ނެޝަނަލް ފްރަންޓް - 2,822 މެންބަރުން

ޕާޓީއެއްގައި އެންމެ މަދުން ހަމަވާން ޖެހޭ 3,000 މެންބަރުން ނެތް ނަމަ އެ އަދަދު ހަމަކުރަން ތިން މަސް ދުވަހުގެ މުއްދަތެއް ދޭން ޖެހެ އެވެ. އެ މުއްދަތުގަައި ހަމަނުވެއްޖެނަމަ އެ ޕާޓީއެއް އުވާލުމުގެ މަރުހަލާ ފަށާނެ އެވެ.

މި ދެ ޕާޓީއަށް މެންބަރުން ހަމަކުރުމުގެ ނޯޓިސް ދިނުމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން އަދި އެއްޗެއް ނުބުނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް