މަކުނުދޫގައި އިއްޔެ އޮތް ހަރަކާތް -- ފޮޓޯ: ކްލިކްބައިސިޑޭ
ރިޕޯޓް
13 Apr 2025 | 16:35
މަކުނުދޫން މި ފަހަރުވެސް ތަފާތު, ދައްކައިދިނީ ޣައްޒާގެ ހާލަތު

ފަލަސްތީނުގެ މައްސަލާ ގައި މުޅި ދުނިޔޭގައި ވެސް އެންމެ ގަދަ އަޑަކީ ދިވެހީންގެ އަޑެވެ. ފަލަސްތީނުގެ މިނިވަން ކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރާ އެއް ގައުމަކީ ރާއްޖެ އެވެ. އިޒްރޭލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން ޣައްޒާގައި މިހާރު ހިނގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާއާ ދެކޮޅަށް ވެސް ދިވެހީން ދަނީ އަޑުއުފުލަމުންނެވެ.

ތަފާތު އެކި ހަރަކާތްތައް ދަނީ ބާއްވަމުންނެވެ. ހުކުރު ދުވަހު ހަވީރު މާލޭގައި ސައިކަލު ބުރެއް އޮތެވެ. އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވެސް ދަނީ އެކި ހަރަކާތްތައް ބާއްވަމުންނެވެ. ފަލަސްތީނުގެ ހާލަތާއި އެ ބިމުގެ ހަގީގީ ވަޒަންވެރީންގެ ވާހަކަތައް ހިއްސާ ކުރުމަށް ފޯރަމްތަކާއި ދަރުސްތައް ދަނީ ބާއްވަމުންނެވެ.

އެ ހުރިހާ ހަރަކާތްތަކެއްގެ ތެރެއިން އިއްޔެ ހދ. މަކުނުދޫގައި ބޭއްވި ހަރަކާތް ވަނީ އިތުރަށް ފާހަގަ ވެފަ އެވެ. އެއީ އެ ހަރަކާތް ތަފާތުވީމަ އެވެ.

މަކުނުދޫގައި އިއްޔެ އޮތް ހަރަކާތް -- ފޮޓޯ: ކްލިކްބައިސިޑޭ

މަކުނުދޫ ގައި ބާއްވާ މިފަދަ ކޮންމެ ހަރަކާތަކީ ވެސް ތަފާތު ހަރަކާތެކެވެ. މުނާސަބަތަކާއި ގުޅިގެން ހަރަކާތެއް ބޭއްވި ނަމަވެސް މުޅި ރާއްޖޭގެ ސަމާލުކަން ހޯދަ އެވެ. މަކުނުދޫގައި އޮންނަ ކޮންމެ ހަރަކާތެއް ވެސް އެހާމެ ތަފާތީ އެވެ.

އިއްޔެ އެ ރަަށުގެ ބަނދަރު މަތީ އޮތް ހަރަކާތަކީ ކައުންސިލާއި ޖަމިއްޔާތަކާއި އާންމުންގެ ބޮޑު އެހީތެރިކަމަކާއެކު ބޭއްވި ހަރަކާތެކެވެ. މި ހަރަކާތަށް މުޅި ސަރަހައްދު ތައްޔާރު ކޮށްފައި ވަނީ ޣައްޒާގެ މިހާރުގެ ހާލަތު ސިފަވާ ގޮތަށެވެ.

ޣައްޒާގެ ހާލަތު ސިފަކޮށްދޭން އެ ރަށުގެ ކުރެހުންތެރީންނާއި ހުނަރުވެރީން ކޮށްފައިވަނީ ތައުރީފު ހައްގު މަސައްކަތެކެވެ. ބާރުގަދަ ގޮވުންތަކުގައި ހަލާކުވެފައިވާ ޣައްޒާގެ އިމާރާތްތައް ސިފަވާ ގޮތަށް އިމާރާތެއް ހަދާފައިވެ އެވެ. އެ ތަނުގައި ތިބި ކުދީން ތިބީ ލެއިން ތަތްތެޅިފަ އެވެ. ގާކުޑިތަކުގެ ތެރޭގައި އެ ކުދީން ތިބީ ގާކުޑީގެ ހިރަފުހުން އެ ކުދީންގެ ސިފަ ވަކިނުވާ ވަރުގަ އެވެ.

މަކުނުދޫގައި އިއްޔެ އޮތް ހަރަކާތް -- ފޮޓޯ: ކްލިކްބައިސިޑޭ

އެ ސަރަހައްދު ތައްޔާރު ކޮށްފައި އޮތީ ޣައްޒާގެ ޗާޓް ފެންނަ ގޮތަށެވެ. ނަމަވެސް މުޅި ފަލަސްތީނު މިހާރު ބަދަލުވެފައި ވަނީ ގަބުރުސްތާނަކަށް ކަމަށް ސިފަވާ ގޮތް ދައްކާފައިވެ އެވެ.

ޗާޓްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދު ގައި އެތައް ބަޔަކު ވަޅުލާފައިވާތަން ފެންނަ ގޮތަށް ހަދާފައިވެ އެވެ.

މި ހަރަކާތް ކުރިއަށް ގެންދިޔައީ ވެސް "'ދެން ނުފެނިދާނެ" މި ނަމުގަ އެވެ. 

އިއްޔެ އޮތް ހަރަކާތް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން މުޅި ހަރަކާތް ރާވާ އިންތިޒާމުކޮށްފައި ވަނީ ވެސް ތަފާތު ގޮތަކަށެވެ. ފަލަސްތީން ބިމުގެ ތާރީހު ކިޔައި ދިނެވެ. އިޒްރޭލަށް ނުސީދާކޮށް ނަމަވެސް މަދަދުދެވޭ ހުރިހާ ގޮތެއް ބުނެދިނެ އެވެ. އެ މީހުންގެ އުފެއްދުންތަކުގެ މައުލޫމާތު ދިނެވެ.

މަކުނުދޫން ވެސް ލިބެން ހުންނަ އިޒްރޭލްގެ ކުންފުނިތަކާއި ގުޅުންހުރި އުފެއްދުންތައް ދައްކާލި އެވެ. އަދި ކުދީންނާއި އެ ތަނަަށް އެއްވި މީހުންގެ ކިބައިން އެފަދަ އުފެއްދުންތައް ބޮއިކޮޓް ކުރަން އެއްބަސް ކުުރުވި އެވެ.

މަކުނުދޫގައި އިއްޔެ އޮތް ހަރަކާތް -- ފޮޓޯ: ކްލިކްބައިސިޑޭ

އިއްޔެގެ ހަރަކާތަށް ފަހު މަކުނުދޫ ޒުވާނުން ވަނީ ޣައްޒާއަށް އެހީތެރިވުމަށް މަސްވެރިކަމަށް ނިކުމެފަ އެވެ. ރޭގަނޑުގެ ފަރުމަސްވެރިކަމާއި އިއްސާއި ހުއިފިލަނޑާ ނެގުން ކުރިއަށް ގެންދިޔަ އެވެ.

ބޭނުމަކީ ޣައްޒާއަށް އެހީވުމަށް ފައިސާ ހޯދުމަށެވެ. އެ ހަރަކާތުގަައި އެ ރަށުގެ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި އެވެ.

މި ހުރިހާ ސަބަބުތަކާއެކު އިއްޔެ މަކުނުދޫގައި އޮތް "'ދެން ނުފެނިދާނެ" ހަރަކާތަކީ ޣައްޒާގެ ދިފާއުގައި ރާއްޖޭގައި ބޭއްވި އެންމެ ތަފާތު ހަރަކާތަށް ވަނީ ވެފަ އެވެ. މިއީ މަކުނުދޫ އިން އަބަދުވެސް ދައްކާ ނަމޫނާއަށް އިތުރުވީ ބޮޅެކެވެ.

މަކުނުދޫގައި އިއްޔެ އޮތް ހަރަކާތް -- ފޮޓޯ: ކްލިކްބައިސިޑޭ

އަދި މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޣައްޒާގެ ދިފާއުގައި ބާއްވަމުންދާ ހަރަކާތްތައް އިތުރަށް ފުޅާާކޮށް ހިތްވަރާއެކު ކުރިއަށް ގެންދިއުމަށް ލިބުނު އިތުރު ބާރެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.