ކުޅުދުއްފުށި ސިޓީގެ މަތިން ނަގާފައިވާ ފޮޓޯއެއް
ހަބަރު
13 Apr 2025 | 17:31
ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރި މީހަކު އުމުރަށް ޖަލަށް

ކުޅުދުއްފުށްޓަކަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މީހަކު އުމުރު ދުވަހަށް ޖަލަށްލާން އެ ސިޓީގެ މެޖިސްޓްރޭޓު ކޯޓުން ހުކުމްކޮށްފި އެވެ.

އެކޯޓުން ޢުމުރަށް ޖަލަށް ލާން ހުކުމްކޮށްފައިވަނީ މ. މުލި، ފެހިވިނަ، އަޙްމަދު އަޙްސަންގެ މައްޗަށެވެ. އެއީ ޑައިމޯފިން ޓްރެފިކިންގެ މައްސަލައެއްގައެވެ.

މި ދަޢުވާ ކުރި ސަބަބެއްގެ ގޮތުގައި ދަޢުވާ ހުށަހަޅަމުން ދައުލަތުން ބުނެފައިވަނީ، މާލެއާއި ކުޅުދުއްފުއްޓާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓެއްގައި ގެންދިޔަ ކަރުދާސް ދެ ފޮށިގަނޑަކާ ހަވާލުވީ ފަހުން އަޙްސަން ހުއްޓުވައި ފާސްކުރުމުގެ ތެރެއިން އެއިން މަސްތުވާތަކެތި ފެނިފައިވާތީ ކަމަށެވެ.

މަސްތުވާތަކެތި ފޮރުވާފައިހުރީ ޕޮޓެއްގައި އިންދާފައި ހުރި ގަހެއްގެ މޫގަނޑުގެ ތެރޭގައި އޮތް ކޮތަޅެއްގައެވެ. އެ ކޮތަޅުން 51.15 ގްރާމްގެ ޑައިމޯފިން ފެނިފައިވާ ކަމަށް ތަހުލީލު ރިޕޯޓްގައިވެ އެވެ. އެހެންވެ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެ މީހާގެ މައްޗަށް އުފުލުއިރު، އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.

މި މައްސަލައިގައި ކޯޓުގެ ގާޒީ މުހައްމަދު އިސްމާއިލް ކުރެއްވި ހުކުމްގައި ބުނެފައިވަނީ، މައްސަލާގައި ހެކިން ދީފައިވާ ހެކިބަހަށް ބަލާއިރު، މަސްތުވާތަކެތި ފެނުނު ފޮށިގަނޑު ބޯޓަށް ބަލައި ގޮސްފައިވަނީ ދައުވާ ލިބޭ މީހާކަން ސާބިތުވާ ކަމަށާއި ފުލުހުން އޭނާ ހުއްޓުވިއިރު އެ ފޮށިގަނޑު އޮތީ އޭނާގެ އަތުގައިކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އަދި ފޮށިގަނޑުގައި ޖަހާފައިވާ ނަންބަރާއި ދަޢުވާ ލިބޭ ފަރާތާ ގިނަ މުޢާމަލާތްތަކެއް ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން، ޝައްކެއްނެތް މިންވަރަށް އޭނާގެ މައްޗަށް ދަޢުވާ ސާބިތުވާކަމަށް ނިންމައި، ޢުމުރަށް ޖަލަށް ލާން ހުކުމްކުރިއެވެ. މީގެ އިތުރުން، 100،000ރ އިން ޖޫރިމަނާކޮށް އެފައިސާ 12 މަސް ދުވަސް ތެރޭގައި ދައުލަތަށް ދޭން އެންގިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.