އައިލެންޑް އޭވިއޭޝަންގެ ރިހިޔޫބިލް، ރައީސްގެ ތައުރީފާއި ތަހުނިޔާ
ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ ޚިދުމަތުގެ ރިހިޔޫބީލްގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފި އެވެ.
އެކްސް ގައި ކުރެއްވި ޕޯސްޓްގައި ރައީސް ވިދާޅުވީ މެދުކެނޑުމެއްނެތި 25 އަހަރު ދިވެހި ގައުމުގެ ނަން ވައިގެ ތެރޭގައި ފަވަމުން، އައިލެންޑް އޭވިއޭޝަންގެ ޓީމުން ކުރައްވަވާ ހިންމަތްތެރި މަސައްކަތަށް ފަޚުރުވެރިވާ ކަމަށެވެ.
އަދި ވިދާޅުވީ ރާއްޖޭގެ ދަތުރުފަތުރު ފުޅާކޮށް އިގްތިސާދު ހިފެހެއްޓުމުގައި، އަދި ތަރައްގީ ދަމަހައްޓައިދިނުމުގައި، ހިދުމަތުގެ ރިހިޔޫބީލް ފާހަގަކުރާ މި އުފާވެރި ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރާ ކަމަށެވެ.
އައިލެންޑް އޭވިއޭޝަންގެ ހިންގުން ހަރުދަނާކޮށް އެއީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
އެ ގޮތުން އެ ކުންފުނިން މިހާރު ވަނީ ބައިނަލްއަޤްވާމީ ދަތުރުތައް ފަށާފަ އެވެ. އަދި އެ ކުންފުންޏަށް ބޮޑެތި ބޯޓް ފަހަރު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists