ފިނޭންސް
ހަބަރު
13 Apr 2025 | 20:10
އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓަށް 1.2 ބިލިއަން ރުފިޔާގެ އަރަންޏެއް!

އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ، ދައުލަތުގެ ބަޖެޓް 1.2 ބިލިއަން ރުފިޔާ އަރަނިވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ މާރޗް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ 8.8 ބިލިއަން ރުފިޔާއަށް އަރައި ދައުލަތުން ހަރަދުކުރި މިންވަރަށް ވުރެ ލިބުނު އާމްދަނީ ގިނަވެ، ބަޖެޓު ވަނީ ސާޕްލަސް ވެފައެވެ. ފިނޭންސް މިނިސްޓްރީން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުން، އެ މުއްދަތުގެ ނިޔަލަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ ޖުމްލައަކީ 8.8 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު އެ މިންވަރު ހުރީ 8.0 ބިލިއަން ރުފިޔާގަ އެވެ.

އާމްދަނީ އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއިން ނެގޭ މުދަލާއި ހިދުމަތުގެ ޓެކްސްއިންނާއި އެއާޕޯޓް ތަރައްގީކުރުމަށް ނެގޭ ފީ އިންނެވެ.

މި މުއްދަތުގައި ދައުލަތުގެ ޚަރަދުގެ ގޮތުގައި ހިނގާފައިވަނީ 7.6 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ޚަރަދުގެ ގޮތުގައި 8.9 ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ. މި އަހަރުގެ ޚަރަދުތަކަށް ބަލާއިރު، އެންމެ ބޮޑު އިތުރުވުމެއް އައިސްފައިވަނީ މުވައްޒަފުންނަށް ހިނގާ ޚަރަދާއި، އާސަންދައާއި ސަބްސިޑީގެ ބައިންނެވެ.

ދައުލަތުގެ ޖުމުލަ ޚަރަދު މިދިޔަ އަހަރާ އަޅައިބަލާއިރު މި މުއްދަތުގައި ކުޑަ ނަމަވެސް، މިއަހަރުގެ ޖުމުލަ ބަޖެޓު ބޮޑުވެފައިވަނީ ޚަރަދުގެ ގޮތުގައި ނުހިމެނޭ ލޯނާއި އިންޓްރެސްޓަށް ކުރާ ހޭދަ ބޮޑުވެފައިވާތީއެވެ. މީގެ ތެރޭގައި މިދިޔަ މާރިޗު މަހު ކާގިލް ފައިނޭންޝަލް ސަރވިސަސް އިންޓަރނޭޝަނަލް އަށް އަނބުރާ ދައްކާފައިވާ 100.0 މިލިއަން ޑޮލަރުގެ ލޯނާއި އިންޓްރެސްޓްވެސް ހިމެނޭކަމަށް މާލީ ވުޒާރާއިން ބުނެއެވެ.

ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، މި މުއްދަތުގެ އޯވަރޯލް ބަޖެޓް ބެލެންސްއަކީ ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާގެ ސާޕްލަސްއެކެވެ. މިދިޔަ އަހަރު އެ މިންވަރު ހުރީ ޑެފިސިޓްގައި، ދައުލަތަށް ލިބުނު އާމްދަނީއަށް ވުރެ ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާ ހަރަދުކުރެވިފަ އެވެ.

އެންމެގިނައިން ހަރަދުތައް ހިނގާފައިވާ މުއައްސަސާތައް:

• މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ: 441.8 މިލިއަން ރުފިޔާ

· މިނިސްޓްރީ އޮފް އެޑިޔުކޭޝަން: 668.6 މިލިއަން ރުފިޔާ

· ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ: 883.8 މިލިއަން ރުފިޔާ

ފިނޭންސްގެ ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑު އިންސައްތައަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އެއީ މިހާތަނަށް ލިބުނު އާމްދަނީގެ 79 އިންސައްތައެވެ. ޓެކްސްގެ ގޮތުގައި އަހަރުގެ މިހާތަނަށް 6.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ލިބިފައިވަނީ، 6.6 ބިލިއަން ރުފިޔާއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.