Advertisement

މަޑުލު މުޙައްމަދު ވަހީދު އަވަހާރަވެއްޖެ

މަޑުލު މުޙައްމަދު ވަޙީދު

ދިވެހި ބަހާއި އަދަބިއްޔާތަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ, މަޑުލު މުޙައްމަދު ވަހީދު މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީ އިރު އުމުރުން 77 އަހަރެވެ.

މަޑުލު ވަހީދު އަވަހާރަވީ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދުވަސްތަކެއް ފަހުންނެވެ.

މަދަރުސީ ދައުރުން ފެށިގެން ވެސް ލިޔުންތެރިކަމުގެ ރޮނގުން ފާހަގަކޮށްލެވޭ މަޑުލު މުހައްމަދު ވަހީދަށް ދިވެހި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން 2019 ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވަނީ ލިބިވަޑައިގެންފައިވެއެވެ.

Advertisement

އިނގިރޭސިބަހުން ދިވެހިބަހަށް ގިނަ މުހިންމު ލިޔުންތަކެއް ތަރުޖަމާކޮށްދެއްވާފައިވާއިރު، އިޖްތިމާއީ މައްސަލަތަކާއި، މީހުންނަށް ދިމާވާ އާދަޔާ ހިލާފު ދަތި ހާލަތު ސިފަކޮށްދޭ ވަރަށް އަސަރުގަދަ ރީތި ކުރު ވާހަކަތަކަކީ މަޑުލު ވަހީދު ދިވެހިންގެ ތެރެއަށް ދޫކޮށްފައިވާ އަގުހުރި ޚިދުމަތެކެވެ.

މަޑުލު މުހައްމަދު ވަހީދަކީ ދައުލަތުގެ މީޑިއާ އެންމެ ފުރަތަމަ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ވެސްމެ އެވެ. ހަމަ އެހެންމެ، ދިވެހިރާއްޖޭގެ އަޑުގެ އެހުންތެރިންނާއި ކިޔުންތެރިންނަށް 1973ވަނަ އަހަރުން ފެށިގެން މެދުނުކެނޑި 10 އަހަރުވަންދެން ބޭރު ދުނިޔޭގެ ހަބަރުތައް ގެނެސްދެއްވިއެވެ.

އެންމެފަހުން އަދާކުރެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރުކަމުގެ މަގާމެވެ. 

Advertisement

ކޮމެންޓް

Advertisement

Advertisement