ވަޒީރު އަމީން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ..ފޮޓޯ: ރައީސް އޮފީސް
ހަބަރު
14 Apr 2025 | 19:06
އެހެން ޤައުމެއްގެ ލައިސަންސް އޮންނަ ބިދޭސީން ވެހިކަލް ދުއްވުމުގެ ހުއްދަ ދިނުމުގައި އައު އުސޫލެއް ހަދަނީ!

ބޭރު ޤައުމުތަކުގެ ޑްރައިވިންގ ލައިސަންސް އޮންނަ ބިދޭސީންނަށް ދިވެހިރާއްޖޭގައި ވެހިކަލް ދުއްވުމުގެ ހުއްދަ ދިނުމުގައި އައު އުސޫލެއް ތަޢާރަފުކޮށް، ޑްރައިވިން އިމްތިޙާނެއް ހެދުން ލާޒިމުކުރުމަށް ނިންމައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވި ގޮތުގައި، މީގެ ކުރިން ބިދޭސީންގެ ބޭރު ޤައުމުތަކުގެ ލައިސަންސްތަކަށް ހުއްދަ ދެމުން ގެންދިޔައީ ލުއި އުސޫލަކުގެ ތެރެއިން ކަމަށެވެ. އޭގެ ސަބަބުން، ބައެއް ޙާލަތްތަކުގައި ބިދޭސީންގެ އަމިއްލަ ޤައުމުގެ ލައިސަންސްގެ މުއްދަތަށްވުރެ ދިގު މުއްދަތަކަށް ދިވެހިރާއްޖޭގައި ދުއްވުމުގެ ހުއްދަ ދެވެމުންދިޔަކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އައު އުސޫލުގެ ދަށުން، ބިދޭސީންނަށް ދިވެހިރާއްޖޭގައި ދުއްވުމުގެ ހުއްދަ ދޫކުރެވޭނީ އެ ފަރާތްތަކުގެ އަމިއްލަ ޤައުމުގެ ލައިސަންސްގެ މުއްދަތާ އެއްވަރަށެވެ. އަދި މި ހުއްދަ ދޫކުރެވޭނީ ދިވެހި ރައްޔިތުންނެކޭ އެއްފަދައިން ޑްރައިވިންގ އެސެސްމަންޓެއް ފުރިހަމަކުރުމަށްފަހުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މާލޭގެ މަގުތަކަކީ ހަނި ގޯޅިތަކެއް ކަމަށްވެފައި، ބޭރު ޤައުމުތަކުގައި ދުއްވުމާ އަޅާބަލާއިރު މާލޭގައި ދުއްވުމަށް ތަފާތު ހުނަރުތަކެއް ބޭނުންވެދާނެތީ، ދިވެހިންނެކޭ އެއްފަދައިން ބިދޭސީންވެސް ޑްރައިވިންގ އެސެސްމަންޓް ފުރިހަމަކުރުމަށްފަހު ނޫނީ ލައިސަންސް ދޫނުކުރުމަށް ޤަވައިދދަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

ނިމިދިޔަ ސަރުކާރުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ޤަބޫލުކުރާ ޤައުމުތަކުން ދޫކޮށްފައިވާ ޞައްޙަ ލައިސަންސް އޮތް ފަރާތްތަކަށް އިމްތިޙާނަކާ ނުލައި ދާއިމީ ލައިސަންސް ދޫކޮށްފައެވެ. މި ލިސްޓުގައި 20 އަށްވުރެ ގިނަ ޤައުމު ހިމެނޭއިރު، އޭގެ ތެރޭގައި އަވައްޓެރި ބައެއް ޤައުމުތައްވެސް ހިމެނެއެވެ.

ކޮމެންޓް
ފާތުމަތު
މިދިޔަސަރުކާރުން ބިދޭސީންނަށް ޓެސްޓް ނުހަދާ 7000 ރުފިޔާ ދިނީމަ ލައިސަންސް ލިބޭ
14 Apr 2025
އދ
ހުރިހާ ބިދޭސީންނަށް ލައިސަސްއާއި ވެހިކަލް ގެންގުޅުމުގެ ހުއްދަ އިމެއްނެތި ދިނިމުން، މާލެތެރޭގައި ސަކަލް ޑަބަލްވެ، މަގުތަކުގެ ދެފަރާތާއި ގޯތަކުގެ ކަންމަތިތައްފުރި، މަގުންހިނގާ މީހިނަށްވެސް މިހާރު ވަރަށް ދަތިވެ.
14 Apr 2025
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.