ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން
ހަބަރު
14 Apr 2025 | 20:29
ވަޒީފާ ނުލިބި 200 އަށް ވުރެ ގިނަ ޕައިލެޓުން، 500 މީހަކު ޕައިލެޓްކަން ކިޔަވަނީ

މިހާރު ވެސް ވަޒީފާ ނުލިބި 200 އަށް ވުރެ ގިނަ ޕައިލެޓުން އެބަތިބި ކަމަށާ މިވަގުތު 500 މީހަކު ޕައިލެޓްކަން ކިޔަވަމުންދާ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޕައިލެޓުންނަށް ވަޒީފާގެ ފުރުސަތު ނެތި ގިނަ އަދަދެއްގެ ދަރިވަރުންނަށް ޕައިލެޓްކަން ކިޔަވަން ކުރީ ސަރުކާރުން ސްކޮލަޝިޕް ދީފައިވާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިނިސްޓަރުން ކުރިއަށް ގެންދަވާ ސިލްސިލާ ނޫސްވެރީންގެ ބައްދަލްވުންތަކުގެ ތެރެއިން މިއަދު މިނިސްޓަރު އަމީން ބޭއްވެވި ބައްދަލްވުމުގައި ވިދާޅުވީ ދިވެހި ޒުވާނުން ޕައިލެޓްކަން ކިޔެވުމަށް ފަހު ޚިދުމަތަށް އެނބުރި ރާއްޖެ އައިސް ވަޒީފާ ނުލިބި ތިބެން ޖެހުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

ރާއްޖޭގައި ކެޑޭޓް ޕައިލެޓުން ނަގަނީ ދެ ކުންފުންޏަކުން ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ދެ ކުންފުނިން ވެސް އަހަރަކު ނަގަނީ 25 ކެޑޭޓް ޕައިލެޓުން ކަމަށެވެ. ޕައިލެޓުން ނަގަނީ މޯލްޑިވިއަން އާއި ޓީއެމްއޭ އިންނެވެ.

މިނިސްޓަރު ވިދާޅުވީ ޕައިލެޓުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށް ދިނުމަށް ކުންފުނިތަކުގެ ހިދުމަތް ފުޅާކުރަން ޖެހޭ ކަމަށެވެ.

ޕައިލެޓްކަން ކިޔަވަން 500 ފުރުސަތު

މިނިސްޓަރު އަމީން މިއަދުވެސް ވަނީ ޕައިލެޓުންނަށް ވަޒީފާގެ ފުރުސަތު ނެތީސް ގިނަ އަދަދެއްގެ ދަރިވަރުންނަށް ޕައިލެޓްކަން ކިޔަަވަން ފުރުސަތު ދިީފައިވާތީ އެކަމާއި ވާހަކަ ދައްކަވާފަ އެވެ. 

ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުން ވަނީ ޕައިލެޓްކަން ކިޔަވަން 500 ދަރިވަރަކަށް ފުރުސަތު ދީފަ އެވެ. މިނިސްޓަރު ވިދާޅުވީ މިހާރުވެސް 200 ޕައިލެޓުން ވަޒީފާ ނެތި ތިއްބާ މިހާ ގިނަ އަދަދަކަށް ޕައިލެޓުކަން ކިޔެވުމަށް ފުރުސަތު ދިނުމަކީ ސިޔާސީ ބޭނުމުގައި ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި އެއީ ޒުވާނުންގެ ކުރިމަގަށް ނުވިސްނާ ކޮށްފައިވާ ކަމެއް ކަަމަށް ވިދާޅުވި އެވެ.

"މިއީ ހަމަ ސިޔާސީ މަންފާއަށް ކޮށްފައިވާ ކަމެއް. ވަރަށް ދެރަވޭ އަސްލު," މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ އެ މައްސަލަ ހައްލު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.