އިސްރާއީލް ޕާސްޕޯޓް... ފޮޓޯ: އެކްސްޕްރެސް ޔޫކޭ
ހަބަރު
15 Apr 2025 | 15:22
ރާއްޖެއިން އިސްރާއީލް ޕާސްޕޯޓް މަނާކުރި ވާހަކަ، އެންމެފަހުން އެޤައުމުގެ މީޑިއާތަކަށް!

ދިވެހިރާއްޖެއިން އިސްރާއީލް ޕާސްޕޯޓް މަނާކުރި ވާހަކަ، އެންމެފަހުން ޔަހޫދީންގެ މީޑިއާތަކަށް އަރަންފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ވަނީ، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ ލާއިންސާނީ އަމަލުތައް ހުއްޓާލަންދެން އެޤައުމުގެ ޕާސްޕޯޓް މަނާކުރުމަށް ނިންމާފައެވެ. ރައްޔިތުންގެ މަޖިލީހުން އެގޮތަށް ނިންމުމާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިސްރާއީލް ޕާސްޕޯޓް މަނާކުރާބިލް ތަސްދީގު ކުރައްވާފައެވެ.

އިސްރާއީލް ޕާސްޕޯޓް މަނާކުރާ ބިލް ތަސްދީގު ކުރުމާއެކު އެންމެފުރަތަމަ އެވާހަކަ ގެނެސްދިން އެއް މީޑިއާއަކީ އިސްރާއީލަށް ނިސްބަތްވާ ޓައިމްސް އޮފް އިސްރާއީލެވެ. އެނޫހުން ބުނެފައިވަނީ، ދުނިޔޭގެ އެންމެ މަތީފަންތީގެ ޓޫރިޒަމް މަންޒިލުން ފަލަސްތީނާއެކުގައި އޮތްކަމަށް ބުނެ އިސްރާއީލްގެ ޕާސްޕޯޓް މަނާކޮށްފައިވާކަމަށެވެ. އޭއެފްޕީގެ އޮފިޝަލަކާ ހަވާލާދީ އެނޫހުން ބުނެފައިވަނީ ރާއްޖެއިން އިސްރާއީލް ޕާސްޕޯޓް މަނާކުރަން ނިންމީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ނަސްލު ނައްތާލުމަށް ހިންގަމުންގެންދާ އަމަލުތަކުގެ ސަބަބުން ކަމަށެވެ.

އިސްރާއީލްގެ ނޫހުގައި މިކަމާ ގުޅިގެން ރާއްޖެއާ ދެކޮޅަށް އެއްވެސް ވާހަކައެއް އަދި މިހާތަނަށް ގެނެސްފައި ނުވިނަމަވެސް އިސްރާއީލްގެ ފޮރިން މިނިސްޓްރީން މިދިޔަ އަހަރު އެޤައުމުގެ ރައްޔިތުން ރާއްޖެއަށް ދަތުރު ނުކުރަން އެދިފައިވާކަމަށް ވަނީ ބުނެފައެވެ. 

ރާއްޖެއިން އިސްރާއީލް ޕާސްޕޯޓް މަނާކުރަން ނިންމިނަމަވެސް އަދި މިހާތަނަށް ޔަހޫދީ އޮފިޝަލުން ވަކިއެއްޗެކޭ ބުނެފައެއްނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.