މާލެ ސިޓީ މޭޔާރ
ހަބަރު
15 Apr 2025 | 16:25
މާލެ ސިޓީ ކައުންސިލުން ޒުވާނުންނަށް 50 ސްކޮލަރޝިޕް

މާލެ ސިޓީ ކައުންސިލުން މަސައްކަތްތެރިކަމާއި ފަންނީ ތަމްރީނުގެ 50 ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ފުރުސަތުތައް ތައާރަފުކޮށްފައިވަނީ ސްޓްރޯންގް ސިޓީޒް ނެޓްވޯކްގެ އޭޝިއާ ޕެސިފިކް ރީޖަންއާ ގުޅިގެންނެވެ. އެ ކައުންސިލުން ގެޒެޓުކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ސްކޮލާޝިޕްތައް ހުޅުވާލެވިފައިވަނީ ހަ މައިގަނޑު ދާއިރާއަކަށެވެ.

އެއީ:

* ސިއްހީ އަދި އިޖްތިމާއީ ރައްކާތެރިކަން

* އިމާރާތްކުރުމާއި އިންޖިނިއަރިންގ

* ތައުލީމީ ދާއިރާގެ ފަންނުވެރިން

* އައިޓީ އަދި ޑިޖިޓަލް ދާއިރާ

* ވިޔަފާރި، މެހުމާންދާރީ އަދި ކަސްޓަމާ ހިދުމަތް

* ދަނޑުވެރިކަން

މި ސްކޮލާޝިޕްތައް ދެނީ ޕާކިސްތާނުގައި ކިޔެވުމަށެވެ. ސްކޮލާޝިޕް ލިބޭ ފަރާތްތަކަށް މާލެއިން ޕާކިސްތާނަށް ދަތުރުކުރުމުގެ ޚަރަދާއި، ހުރުމާއި ކެއުމުގެ އިންތިޒާމު އަދި ކޯސް ފީ ހިލޭ ލިބޭނެ އެވެ.

ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި:

* މާލެ ސިޓީގައި ރަށްވެހިވެފައިވުން

* 2025 އެޕްރީލް 1 ގެ ނިޔަލަށް އުމުރުން 18 އާއި 35 އަހަރާ ދެމެދުގެ ޒުވާނަކަށްވުން

* ގްރޭޑް 10 ނިންމާފައިވުން

* އިނގިރޭސި ބަހުން މުޢާމަލާތުކުރުމުގެ އަސާސީ ހުނަރުތައް ލިބިފައިވުން (ކިޔަވައިދިނުން އޮންނާނީ އިނގިރޭސި ބަހުން) 

މި ސްކޮލަރޝިޕް ފުރުޞަތުތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އޭޕްރީލް 20 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 ގައެވެ.

ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ މީހުންނާއި އިންޓަވިއުކޮށް ހޮވޭ 50 މީހުންގެ ނަން ސްކޮލާޝިޕް ހަމަޖައްސާ ފަރާތަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

މި ފުރުސަތަކީ މާލޭގެ ޒުވާނުންނަށް ފަންނީ ތަމްރީނު ހޯދުމަށާއި، އައު ހުނަރުތައް ދަސްކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށާ ޝަރުތު ހަމަވާ މީހުން މި ފުރުސަތުގެ ބޭނުން ހިފުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.