މ.މުލަކު މަގުހެދުމުގެ މަސައްކަތުގެ ތެރެއިން.. ފޮޓޯ: އާރުޑީސީ
ހަބަރު
15 Apr 2025 | 20:57
މުލަކު މަގުހެދުމުގެ މަސައްކަތް ބާރަށް ކުރިއަށް!

މ.މުލަކު މަގުހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީން) އިން ބުނެފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އާރުޑީސީން ވަނީ މުލަކު މަގުތައް ހެދުމުގެ މަސައްކަތުގެ އެންމެފަހުގެ މައުލޫމާތު ހިއްސާކޮށްފައެވެ. އާރުޑިސީން ބުނީ މުލަކު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ނޫރާނީ ހިނގުން އަދި އަމީނީމަގުގައި ދުވާރުގެ މަސައްކަތް ދަނީ ކުރަމުންދާކަމަށެވެ. އަދި މީގެ އިތުރުން އަލިކިލޭގެފާނު މަގުގައި މަގު ކޮނުމާއި ބެކް ފިލިންގގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

މުލަކު މަގުތައް ހެދުމުގެ މަސައްކަތް 2021 ވަނަ އަހަރުގެ ހިސާބުގައި ފެށިނަމަވެސް އެކި ސަބަބުތަކާހެދި މިހާތަނަށް އެ މަސައްކަތް ނިމިފައެއް ނުވެއެވެ. މުލަކަކީ ވާރޭ ވެހިއްޖެނަމަ ވަރަށް ފަސޭހައިން މަގުގައި ފެންގަނޑު ބޮޑުވާ ރަށެކެވެ. މުލަކަކީ އެއަތޮޅުގައި އެންމެ އާބާދީބޮޑު ރަށުގެ ތެރެއިން ހިމެނޭ ރަށެކެވެ. އަދި އެރަށުގައި ދުއްވާއެއްޗެހިވެސް ގިނަކަން ފާހަގަކޮށްލެވެއެވެ.

މުލަކުގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން 15 މަގެއް ހެދިގެންދާއިރު، އެއީ ގާތްގަނޑަކަށް 5.9 ކިލޯ މީޓަރުކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ މީގެކުރިން ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.