ރާއްޖެއަށް އެެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ހޫގޯ ޔޮން ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ-
ހަބަރު
16 Apr 2025 | 11:09
ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީ ބަންދުކުރަން ޓްރަމްޕްގެ ހުށަހެޅުމެއް

ރާއްޖޭގައި ހުރި އެމެރިކާގެ އެމްބަސީ ބަންދުކުރަން އެމެރިކާގެ ސަރުކާރުން ނިންމައިފިއެވެ.

މިއީ ޚަރަދު ކުޑަ ކުރުމަށް ކަމަށް ބުނެ، ޓްރަމްޕް އިދާރާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އެމެރިކާގެ 10 އެމްބަސީއަކާއި 17 ކޮންސިއުލޭޓެއް ބަންދުކުރުމަށް ނިންމި ނިންމުމުގެ ތެރެއިން އައި ކަމެއް ކަމަށް ސީއެންއެންއިން ހާމަކޮށްފައިވެއެވެ.

އަދި މި މަޝްރޫޢުގެ ދަށުން ރާއްޖޭގައި ހުރި އެމެރިކާގެ އެމްބަސީގެ މަސައްކަތްތައް ކައިރި ޤައުމެއްގައި ހުރި އެމްބަސީއަކަށް ބަދަލުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

ރާއްޖޭގައި އެމެރިކާ އެމްބަސީ ހިންގަމުން އަންނަނީ ހުޅުމާލޭގެ އިމާރާތަކުން ތަނެއް ކުއްޔަށް ހިފައިގެންނެވެ. އެ އެމްބަސީއަށް ހުޅުމާލެއިން މިހާރު ބިމެއް ވެސް ވަނީ ހަމަޖައްސައިފަ އެވެ. 

ރާއްޖޭގެ އެމްބަސީގެ އިތުރުން، ބަންދުކުރުމަށް ވިސްނަމުންދާ އަނެއް ނުވަ އެމްބަސީއަކީ އެރިޓްރިއާ، ގްރެނާޑާ، ލެސޯތޯ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ލަގްޒެމްބާގް، ރިޕަބްލިކް އޮފް ދަ ކޮންގޯ، ގެމްބިއާ، ސައުތު ސޫދާން އަދި މޯލްޓާގައި ހުންނަ އެމްބަސީއެވެ.

މިއީ ސްޓޭޓް ޑިޕާޓްމަންޓްގެ ޚަރަދުތައް ގާތްގަނޑަކަށް 50 އިންސައްތަ ކުޑަކުރުމަށް އެ ޑިޕާޓްމަންޓްގެ އިސްވެރިން ހުށަހެޅި ހުށަހެޅުމާ ގުޅިގެން އައި ނިންމުމެއްކަމަށް ސީއެންއެންގައި ވެއެވެ. 

ނަމަވެސް، މި ނިންމުން ރިވިއުކުރުމަށް އެދެވިދާނެ ކަމަށާއި ނަމަވެސް ރުހުން ހޯދަން ކޮންގްރެސްއަށް ހުށަހެޅުމުގެ ކުރިން ފައިނަލް ވާޝަން ބަދަލުކުރެވޭނެ ކަމަށް ބެލެވޭ ކަމަށް އޮފިޝަލަކާ ހަވާލާދީ ސީއެންއެން ގައި ވެއެވެ. 

މި ނިންމުމާ ގުޅިގެން އެމެރިކާގެ ޤައުމީ ސަލާމަތަށް ނޭދެވޭ އަސަރުކޮށްފާނެ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކުރެވެމުންދެއެވެ. ޚާއްޞަކޮށް، ޗައިނާއަށް ވުރެ އެމެރިކާގެ ހާޒިރީ ބޮޑު ސަރަޙައްދުތަކުގައިވެސް އެމެރިކާގެ ނުފޫޒު ކުޑަވެގެން ހިނގައިދާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

މި ނިންމުން ތަންފީޒުކުރެވިއްޖެނަމަ، ޔޫރަޕްގައި އެމެރިކާގެކާގެ ޑިޕްލޮމެޓިކް ހާޒިރީ ޗައިނާއަށް ވުރެ ކުޑަވެގެންދާނެއެވެ. އަދި އެފްރިކާ އަދި އިރުމަތީ އޭޝިއާގައި ޗައިނާގެ ނުފޫޒު އިތުރަށް ފުޅާވެގެންދާނެ ކަމަށް ލޯވީ އިންސްޓިޓިއުޓްގެ ދިރާސާތަކުން ދައްކައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ