އެމްޑީޕީ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް އަދި އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު: ފޮަޓޯ/ އެމްޑީޕީ
ހަބަރު
16 Apr 2025 | 12:54
ފައްޔާޒުއާ މަންދީގެ މައްޗަށް ހުށައެޅި މައްސަލަތައް ކޯޓުގައި ރެޖިސްޓާ ކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް އަދި އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރުގެ މައްޗަށް ހުށަހެޅި މައްސަލަތައް ކޯޓުގައި ރަޖިސްޓަރީ ކޮށްފިއެވެ.

މި މައްސަލަތައް ހުށަހަޅާފައިވަނީ ފާއިތުވި މާރިޗު މަހު އެމްޑީޕީން މާލޭގައި ބޭއްވި ސިލްސިލާ މުޒާހަރާތަކުގެ ތެރޭގައި، މަރިޔަމް ޒުބައިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުން ޢުމައިރު މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކާ ގުޅިގެންނެވެ.

މެޑަމް ސާޖިދާގެ ފަރާތްޕުޅުން ވަކީލް އާޒިމާ ޝަކޫރު ނެރުއްވި ނޫސް ބަޔާނުގައި ވިދާޅުވެފައިވަނީ، މި ވާހަކަތަކުގެ ސަބަބުން ޢުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނެ ޙާލަތެއް މެދުވެރިވެ، އޭނާގެ ކިޔެވުމާއި މުސްތަޤުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެގޮތުން، ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހިމެނެނީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ޙައްޤު ނިގުޅައިގަތުމާ ގުޅޭ މައްސަލަތަކެވެ.

އަދި ފެމިލީ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހިމެނެނީ ޤާނޫނުއަސާސީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު، އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގަތުމާ ގުޅޭ މައްސަލަތަކެވެ.

މެޑަމް ސާޖިދާގެ ފަރާތުން ވިދާޅުވެފައިވަނީ މި މައްސަލަތައް ހުށަހެޅުމުގެ މަޤްޞަދަކީ ކުޑަކުދިންނަށް ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަމުގެ ޙައްޤު، ސިޔާސީ ދެކޮޅުވެރިކަމާއި ވާދަވެރިކަމުގެ ތެރެއިންވިޔަސް ނިގުޅައި ނުގަނެވޭނެކަން ކަށަވަރުކުރުމާއި، ކުޑަކުދިންގެ ތަޢުލީމާއި މުސްތަޤްބަލު އަދި ނަފްސު ރައްކާތެރިކުރުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ