ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް ނިންމާފައިވާ ފްލެޓެއް... ފޮޓޯ: ވޮއިސް
ހަބަރު
16 Apr 2025 | 16:08
މުއްދަތު ހަމަވިއިރު، ފްލެޓް ލިސްޓާ ގުޅޭގޮތުން 8،602 ޝަކުވާ ލިބުނު: ހައުސިން

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް ނިންމި 4،000 ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު، 8،602 ޝަކުވާ ލިބިފައިވާކަމަށް ގެނދޮރުވެރިކަމާ ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ވޮއިސްއަށް ހިއްސާކުރި މައުލޫމާތަށް ބަލާއިރު، ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ޕޯތަލްގެ އިތުރުން އީމެއިން އަދި ސިޓީ މެދުވެރިކޮށް ވަނީ ފްލެޓާ ގުޅޭގޮތުން ޝަކުވާ ހުށަހަޅާފައެވެ. މީގެ ތެރެއިން އެންމެ ގިނަ މީހުން ޝަކުވާ ހުށަހެޅީ ޕޯޓަލް މެދުވެރިކޮށެވެ. ޕޯޓަލް މެދުވެރިކޮށް 5،236 ޝަކުވާ ހުށަހެޅިއިރު، އީމެއިލް މެދުވެރިކޮށް 2،840 ޝަކުވާ އަދި ސިޓީ މެދުވެރިކޮށް 526 ޝަކުވާ ލިބުނުކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލެޓްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުން އެންމެ ގިނައިން ޝަކުވާ ލިބިފައިވަނީ 3 ކޮޓަރީގެ ފްލެޓާ ގުޅޭގޮތުންނެވެ

މިނިސްޓްރީން ބުނީ ޝަކުވާ ހުސަހެޅުމުގެ މުހުލަތު ހަމަވުމާއެކު ދެން އެންމެ އިސްކަމެއްދީގެން ކުރިއަށްދާނީ ހުށަހަޅާފައިވާ ޝަކުވާތައް ބަލައި ޖަވާބުދާރީވުމުގެ މަސައްކަތްކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެމްޑީޕީ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓް މުރާޖައާ ކުރުމަށްފަހު އަދުގެ ސަރުކާރުން އެ ލިސްޓް އާއްމުކޮށްފައިވަނީ، މިއަހަރުގެ ފެބުރުއަރީމަހުގެ 27 ވަނަ ދުވަހުއެވެ. ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ، ހުސްވި މާޗްމަހުގެ އެއްވަނަ ދުވަހެވެ. އޭގެފަހުން ދެވަނަ ފަހަރަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ، އިއްޔެގެ ނިޔަލަށެވެ. 

ފްލެޓު ދޭން ކަނޑައަޅާފައިވާ 4000 މީހުންގެ ލިސްޓް ބެލުމުން ޝަރުތު ހަމަވީ 1،820 މީހުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.