ޝެއިހް ނިޝާން އާންމުކޮށްފައިވާ ބޯޓްގެ ފޮޓޯ
ހަބަރު
17 Apr 2025 | 00:53
ރާއްޖެއަށް ދަތުރުކުރާ އިންޑިއާގެ މި ބޯޓަށް ކުފުރުގެ ނަމެއް، ހުއްޓުވަން އެދިއްޖެ

އިންޑިއާއިން މުދާ ހިފައިގެން ރާއްޖެ އަންނަ ބޯޓެއްގައި އެ ބޯޓްގެ ނަމަކަށް ކުފުރުގެ ނަމެއް ކިޔާ ލިޔެފައި އޮތުމުން އެކަން ބަލާ ފިޔަވަޅު އެޅުމަށް ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ނިޝާން ގޮވާލައްވައިފި އެވެ.

ޝެއިހް މިކަމަށް ގޮވާލެއްވީ މިރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ވިދާޅުވީ އެ ބޯޓަށް ކިޔަނީ “އޯލްމައިޓީ ގޯޑް” ކަމަށެވެ. މާނައަކީ "ހުރިހާ ކަމަކަށް ކުޅަދުންވަންތަ އިލާހު" އެވެ.

ނިޝާން ވިދާޅުވީ އިންޑިއާއިން މުދާ ހިފައިގެން ރާއްޖެ އަންނަ މިބޯޓަށް، މިނަން ކިޔާހާ ހިނދަކު ރާއްޖެއަށް ވަނުމުގެ ހުއްދަދެވިގެން ނުވާނެ ކަމަށެވެ.

“ކަމާބެހޭ ފަރާތްތަކުން މިކަން ހައްލުކޮށްދެއްވާ. މިއީ އަޅާނުލާ ދޫކޮށްލާ ވަރަށްވުރެ މާބޮޑު މައްސަލައެއް،” 

ދިވެހީންނަކީ މުސްލިމުންގެ ހައިސިއްޔަތުން މިއީ ކަނޑައެޅިގެން ހުއްޓުވާ, ވަގުތުން ވަގުތަށް ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ނިޝާންގެ މި ޕޯސްޓް ވަރަށް ގިނަ ބަޔަކު ވަނީ ޝެއާ ކޮށް އެ މައްސަލާގައި އަވަސް ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.

މި ބޯޓަކީ އިންޑިއާގެ ޓްޓިކޮރިންއާ މާލެއާ ދެމެދު ދަތުރުކުރާ ބޯޓެކެވެ.

ކޮމެންޓް
ރަބަރޭ
ތަށްފުކެއް ބޮޑުވަރު ކަންނޭންގެ ދެން ތީީ އެބުނާ ބޯޓެއް ރާއްޖެއަށް މުދާ ހިފައިގެން އަންނަތާ 6 އަހަރު ވެދާނެ މިހާރު
17 Apr 2025
ތާޖުމަހަލް
އެހެންވީމާ ކާފަރުން ވެސް ރާއްޖެ އެތެރެވުން މަނާކުރަންޖެހޭންތާ!
17 Apr 2025
އަބްޝީ
ތިޔަ ޢިބާރާތުގައިވާ ކުފުރުގެ ބަހަކީ ކޮބައިކަމެއް ނުވިސްނުނު!!!!
17 Apr 2025
ބަޗީ
ރަނގަޅު! ހުއްޓުވަން ޖެހޭ.
17 Apr 2025
މުހަންމަދު ސަރީފް
ޥަގުތުން ނަން ބަދަލު ކުރުމަށްަަަ އަންގާ
17 Apr 2025
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.