ސިނގިރޭޓް
ހަބަރު
17 Apr 2025 | 14:38
ދުންފަތް މަނާކުރުމުގެ ބިލު މިމަހު މަޖިލީހަށް ފޮނުވައި، ނޮވެމްބަރު 1އިން ފެށިގެން އަމަލުކުރަން ފަށަނީ

ވަކި ޢުމުރުފުރާއަކުން ފެށިގެން އުފަންވެފައިވާ މީހުން ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމުގެ ބިލު މިމަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވައި ފާސްކޮށް، ނޮވެމްބަރު މަހުންފެށިގެން ޢަމަލުކުރަން ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޖަނަވަރީ1, 2007 އިން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށް “ޖެނެރޭޝަނަލް ބޭން” އެއް ތަންފީޒުކުރަން ވަޒީރުންގެ މަޖިލީހުން ނިންމީ މިމަހު 13 ވަނަ ދުވަހު އެވެ.

އެކަމާއި ގުޅޭ ގޮތުން މިއަދުގެ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ޖުމްލަ އާބާދީގެ 30 އިންސައްތައަކީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިން ކަމަށެވެ. އެހެންކަމުން އެ އާބާދީ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ނުބައި އާދައިން ދުރުކުރެވިއްޖެނަމަ، ރާއްޖޭގެ މުސްތަޤުބަލު ސަލާމަތްކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެއީ ރައްޔިތުންގެ ސިއްހަތަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓެއް ކަމަށްވެސް ވިދާޅުވިއެވެ. 

”ސަބަބަކީ ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް ފެތުރޭ އެންމެ ބޮޑު އެއް ސަބަބަކަށް ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުން.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ، ދުންފަތުގެ އިސްތިޢުމާލުކުރުމުން ޒުވާނުންނާއި އަދުގެ ކުޑަކުދިން ދުރުކުރެވުމުން، ކުރިއަށް އޮތްތަނުގައި ޤައުމަށް ޚިދުމަތްކުރާ ހަރުދަނާ ޖީލެއް ބިނާކުރެވޭނެކަމަށެވެ. 

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، 18 ވަރަށް ގިނަ ޒުވާނުން، އަހަރުފުރުމާއެކީގައި ދުންފަތުގެ އިސްތިޢުމާލުކުރަން ފަށާ ކަމަށެވެ. އަދި އެ ކުދިން ދުންފަތުން ދުރުކުރެވިއްޖެނަމަ ދުންފަތުގެ އިސްތިޢުމާލުކުރުމުން މުޅި މުޖުތަމަޢު ދުރުކުރުމަށް ބޮޑު ބާރަކަށް ވާނެކަމަށެވެ.

ރައީސް ވިދާޅުވީ، ދުންފަތާއި ބެހޭ ބިލު މަޖިލީހަށް ފޮނުވަން މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.  

"ތަންފީޒު ކުރަން ފަށާ ތާރީޚަކީ މި އަހަރުގެ ނޮވެމްބަރު 1. އަޅުގަނޑުގެ ވިސްނުމަކީ މަޖިލީހުން މި މަސް ނިމެންވާއިރަށް ފާސްކޮށްފިއްޔާ އެބަ ލިބޭ ގާތްގަނޑަކަށް 6 މަސް ދުވަސް މި ގާނޫނު ތަންފީޒުވާން ފެށުމާ ހަމައަށް. އެއީ މިހާރު 18 އަހަރު ފުރިފައި ތިބި ކުދިންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާފައި ތިބި ކުދިންނަށް ވެސް އެކަމުން ނުކުންނަން ލިބޭ ދުވަސް"، ރައީސް ވިދާޅުވިއެވެ.

.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.