އިރަމް އަދި އޭނާގެ ފިރިމީހާ ރިޝްދާން
ރިޕޯޓް
17 Apr 2025 | 18:22
ކުއްލި ގޮތަކަށް ނިޔާވީ އިރަމްގެ ފިރިމީހާ، ކެތްތެރިކަން ދެއްވާށި!

ފުވައްމުލަކުގެ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަމުން ދިޔަ ޒުވާނަކު މިއަދު ވަނީ ކުއްލި ގޮތަކަށް ނިޔާވެފަ އެވެ. ކުއްލި ގޮތަކަށް ނިޔާވީ ރ. އަލިފުށީ، އަބަދަށްހިޔާގޭ ޢަބްދުالله ރިޝްދާން އެވެ. ރިޝްދާން ނިޔާވިއިރު އުމުރަކީ 27 އަހަރެވެ.

ރިޝްދާން އަކީ އައިޒަންމެންގާ ސިންޑޯރޯމް އަށް ޑައިގްނޯޒްގެ ފަރުވާ ހޯދަމުންދާ އައިމިނަތު އިރަމް އަހްމަދުގެ ފިރިމީހާ އެވެ. އިރަމްގެ ވާހަކަ އާންމުންގެ ސަމާލު ކަމަށް އައީ ޓީވީ މޯލްޑިވްސް އިން ގެނެސްދިން "އިހްސާސް" ޕްރަގްރާމް ގައި އޭނާގެ ވާހަކަ ގެނެސް ދިނުމުންނެވެ.

އޭނާ އެ ބައްޔަށް ޑައިގްނޯޒްވީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ބައްޔަށް ފަރުވާ ހޯދުމުގައި އޭނާ ދަނީ ހިތްވަރާ އެކު ދުވަސްތައް ހޭދަކުރަމުންނެވެ. އެ ބަލީގައި އަހަރުތަކެއް ހޭދަކުރި ފަހުން ދިރިއުޅުން ރޫޅުނެވެ. ނަމަވެސް އިރަމްގެ ހަޔާތަށް ރިޝްދާން އައުން ވެގެން ދިޔައީ ދިިރިއުޅުމަށް ލިބުނު ބޮޑު ހަމަޖެހުމަކަށެވެ. އުފަލަކަށެވެ.

ރިޝްދާން ނިޔާވީ ކުއްލި ގޮތަަކަށް

މިއަދު މަސައްކަތު ސައިޓަށް ދިއުމާއި ހަމައަށް ވެސް ރިޝްދާންގެ ސިއްހީ މައްސަލައެއް ހުރިކަން ފާހަގަ އެއް ނުކުރެވެ އެވެ. މަސައްކަތުގައި އުޅެނިކޮށް ކުއްލި ގޮތަކަށް ވެއްޓުނީ އެވެ. އޭރު އެއްވެސް ހަބަރެއް ނެތެވެ.

ވަގުތުން ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ އެވެ. ނަމަވެސް އޭރު ރިޝްދާން ވަނީ ނިޔާވެފަ އެވެ. ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ރިޝްދާން ނިޔާވެފައިވާ ކަމަށެވެ.

ރިޝްދާންގެ މޫނަށް ކޮންމެވެސް ވަރަކަށް އަނިޔާވެފައި ހުއްޓެވެ. ބެލެވެނީ އެއީ ވެއްޓުމުން ލިބުނު އަނިޔާތަކެއް ކަމަށެވެ. އެ ހާދިސާ ބަލަމުންދާ ކަމަށް ވެސް ބުންޏެވެ.

އިރަމްއަށް ވަރަށް އޯގާތެރި, ފެނުނީ ލޯބި ދެމަފިރިން

އިރަމްގެ ހަޔާތަށް ރިޝްދާން އައި ވާހަކަ އިއުލާނު ކުރުމަށް ފަހު ޓިކްޓިކް ގައި ދެ މީހުން ގެންދިޔައީ އެ މީހުންގެ ދިރިއުޅުމުގެ އެކި ވާހަކަތައް ހިއްސާ ކުރަމުންނެވެ. ކިތަންމެ ބޮޑު ބައްޔެއް ކުރިމަތިވެފައިވީނަމަވެސް ރިޝްދާންގެ އެހީތެރިކަން ލިބެން ފެށުމުން އިރަމްގެ ދިރިއުޅުން އުފާވެރިވި އެވެ.

އޭގެ ފަހުން ފަރުވާގެ ކަންކަން ކުރިއަށްދާ ގޮތުގެ މައުލޫމާތު ވެސް އެކި ވީޑިއޯތަކުގައި ދެ މީހުން ދިޔައީ ހިއްސާ ކުރަމުންނެވެ. 

އެންމެ ފަހުން އާންމުކުރި އެއް ވީޑިއޯގައި އާމްދަނީ ލިބޭނެ ގޮތެއް ނެތުމުން ކަންބޮޑުވުން ފާޅުކުރި އެވެ. 

ރިޝްދާންގެ ކުއްލި ވަކިވުމާ އެކު އިރަމްއަށް މި ލިބުނު ބޮޑު ހިތާމައާ ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ ހިތާމަފާޅުކޮށް ތައުޒިޔާ ކިޔަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.