ފްލެޓް -- ވޮއިސްގެ ފޮޓޯއެއް
ހަބަރު
17 Apr 2025 | 20:43
ސިޓީ ޝަކުވާތަކުން ބަލާނީ ތިންވަނަ ފަރާތަކުން ހުށައަޅާފައިވާ ޝަކުވާ އެކަނި

އީމެއިލް ޒަރިއްޔާ އިންނާއި ސިޓީ މެދުވެރިކޮށް ހުށައަޅާފައިވާ ޝަކުވާތަކުގެ ތެރެއިން މިނިސްޓްެރީން ހަމައެކަނި ބަލާނީ ލިސްޓްގައިވާ މީހުންނާއި ގުޅިގެން ތިންވަނަ ފަރާތަކުން ހުށައަޅާފައިވާ ޝަކުވާތައް ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެމްޑީޕީ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓް މުރާޖައާ ކުރުމަށްފަހު އަދުގެ ސަރުކާރުން އެ ލިސްޓް އާއްމުކޮށްފައިވަނީ، މިއަހަރުގެ ފެބުރުއަރީމަހުގެ 27 ވަނަ ދުވަހުއެވެ. ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ، ހުސްވި މާޗްމަހުގެ އެއްވަނަ ދުވަހެވެ. އޭގެފަހުން ދެވަނަ ފަހަރަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ، އިއްޔެގެ ނިޔަލަށެވެ. 

އެ މިނިސްޓްރީން ބުނީ ޝަކުވާގެ ގޮތުގައި އެ ވުޒާރާއިން ކަނޑައަޅާފައިވާ އީމެއިލްއަށް 2,840 ޝަކުވާ ލިބިފައިވާ ކަމަށާ މިނިސްޓްރީއަށް އެޑްރެސްކޮށް 526 ސިޓީ ހުށައަޅާފައިވާ ކަމަށެވެ. އަދި ބުނީ އީމެއިލް ޒަރިއްޔާ އިންނާއި ސިޓީ މެދުވެރިކޮށް ހުށައަޅާފައިވާ ޝަކުވާތަކުގެ ތެރެއިން މިނިސްޓްެރީން ހަމައެކަނި ބަލާނީ ލިސްޓްގައިވާ މީހުންނާއި ގުޅިގެން ތިންވަނަ ފަރާތަކުން ހުށައަޅާފައިވާ ޝަކުވާތައް ކަމަށް ވެސް އެ ވުޒާރާ އިން ބުންޏެވެ.

އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސްކީމަށް ފޯމް ހުށައެޅި މީހުން, ޕޯޓަލް މެދުވެރިކޮށް 4,625 ޝަކުވާ ހުށައަޅާފައިވާ ކަމަށެވެ. މީގެ ތެރެއިން މިނިސްޓްރީން ސައްހަކަން ކަށަވަރު ކުރެވުނު 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓްގައި ހިމެނޭ 2,555 އެޕްލިކަންޓުން ޝަކުވާ ހުށައަޅާފައިވާ ކަމަށެވެ. ކޮންމެ އެލްޕިކަންޓަކަށް އެއް ޝަކުވާއަށް ވުރެ ގިނަ ޝަކުވާ ހުށައަޅަން ފުރުސަތު ދީފައިވާ ކަމަށާ އެގޮތަށް ދިން ފުރުސަތާ އެކު ޖުމްލަ 5,236 ޝަކުވާ ލިބިފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.