ލައިސަންސް ނެތި ދުންފަތް ވިއްކުން މަނާ ވާނެ
ހަބަރު
17 Apr 2025 | 20:53
ލައިސަންސް ނެތި ދުންފަތް ވިއްކުން މަނާ، އަގުތައް އާންމުކޮށް ލައިސަންސަށް އެދެން ހުޅުވާލައިފި

ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްކުރާ ފަރާތްތަކަށް ލާޒިމުވާ ލައިސަންސްތައް ހޯދުމަށް ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ހެލްތުން މިރޭ ބުނީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނު ގެ ދަށުން އާންމުކޮށްފައިވާ، ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވާއިދުގެ ދަށުން، ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްކުރާ ފަރާތްތަކަށް ލާޒިމުވާ އަދި އެ ގަވާއިދުގެ 17 ވަނަ މާއްދާ ގައި ބަޔާން ކޮށްފައިވާ ލައިސަންސްތައް ހޯދުމަށާއި، ގަވާއިދުގެ 26 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން، ރާއްޖެއަށް އަލަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައް ރެޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ.

އެހެން ކަމުން ލިސްޓް ކުރެވިފައިވާ ހިދުމަތްތައް ލިބިގަތުމަށް (ވަންގަވް) ޕޯޓަލް މެދުވެރިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އެދިފަ އެވެ. އަދި މިހާރު ދުންފަތުގެ ވިޔަފާރި ކުރަމުންދާ ގެންދަވާ ފަރާތްތަކުން މިއަދުން ފެށިގެން  ތިން މަސްދުވަހު ތެރޭގައި ލައިސަންސް ނެގުމަށް ވަނީ އެދިފަ އެވެ.

* ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސް

* ދުންފަތުގެ ބާވަތްތައް އިމްޕޯރޓުކުރުމުގެ ލައިސަންސް

* ދުންފަތުގެ ބާވަތްތައް ރިއެކްސްޕޯރޓުކުރުމުގެ ލައިސަންސް

* ދުންފަތުގެ އައު ބާވަތެއް ރެޖިސްޓްރީ ކުރުން

މި ލައިސަންސްތައް ދޫކުރެވޭނީ ކަނޑައެޅިފައިވާ ފީ ދެއްކުމުން ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ. ލައިސަންސް އައު ކުރައްވަން އެދޭ ފަރާތްތަކުން މުއްދަތު ހަމަވުމުގެ 60 ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހެ އެވެ.

ފަސް އަހަރު ދުވަހަށް ދޫކުރާ ހުއްދަތަކާ އަދި އެ ހުއްދަ ތަކަށް ދައްކަންޖެހޭ ފީ ގެ ތަފްސީލް ވެސް ވަނީ ހާމަކޮށްފަ އެވެ.

* ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިވަކީން ވިއްކަން ދޫކުރާ ލައިސަންސް - 5000 ރުފިޔާާ

* ލައިސަންސް އާ ކުރުމަށް 5,000 ރުފިޔާ

* ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރާ ފަރާތްތަކަށް ދޫކުރާ ލައިސަންސް - 10,000 ރުފިޔާ

* ލައިސަންސް އާ ކުރުމަށް - 10,000 ރުފިޔާ

ދުންފަތުގެ ބާވަތްތައް ރީ-އެކްސްޕޯޓްކުރާ ފަރާތްތަކަށް ދޫކުރާ ލައިސަންސް - 10,000 ރުފިޔާ

* ލައިސަންސް އާ ކުރުމަށް - 10,000 ރުފިޔާ

* ސްމޯކިން ރޫމް ނުވަތަ ސްމޯކިން އޭރިއާގެ ލައިސަންސް - 10,000 ރުފިޔާ

* ލައިސަންސް އާ ކުރުމަށް - 10,000 ރުފިޔާ

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.