ދެ ބާވަތެއްގެ ޗީޒް ރާއްޖޭގައި ވިއްކުން މަނާކޮށްފި!

09 May 2019 | 14:11

ޔޫރަޕުން ރާއްޖެއަށް އެތެރެކުރާ ދެ ބާވެތެއް ޗީޒް ރާއްޖެ އެތެރެކޮށް ވިއްކުން މަނާކޮށްފިއެވެ.

ރާއްޖެ އެތެރެކޮށް ވިއްކުން މަނާކޮށްފައިވާ ޗީޒްގެ ދެ ބާވަތަކީ "ސެއިންޓް ފެލިކެން" އަދި ސެއިންޓް މާރްކެލިން" ޗީޒް ކަން ފުޑް އެންޑް ޑްރަގް އެތޯރިޓީން ހާމަކުރައްވައެވެ.

މި ދެބާވަތުގެ ޗީޒް ރާއްޖެ އެތެރެކޮށް ވިއްކުން މަނާކުރީ އީކޮއިލް ކިޔާ ޖަރސީމުގެ ސަބަބުން އެ ޗީޒްތައް ތަޣައްޔަރުވުމުގެ ފުރުސަތު އޮތުމުންކަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ.

އެޗްޕީއޭއިން ހާމަކުރައްވާގޮތުގައި މި ދެބާވަތުގެ ޗީޒް ރާއްޖެއަށް އެތެރެކޮށްފައިވާކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާގެ އިންޓަރނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކުން އަންގާފައިވާކަމަށެވެ.

މި ދެ ބާވަތްގެ އުފެއްދުން ވިއްކާކަން ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް އެކަން އެމްއެފްޑީއޭގެ ނަމްބަރު 3014361 ގުޅާ އެންގުން އެދޭކަމަށްވެސް ފުޑް އެންޑް ޑްރަގް އެތޯރިޓީން ބުނެއެވެ. އަދި މި އުފެއްދުންތައް މާޒާރުން ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ އޮތޯރިޓީން ހާމަކުރައްވައެވެ.

Advertisement

ކޮމެންޓް