ހުޅުމާލޭގައި ފާރުގަނޑުތަކަށް ހާއްސަ ކްލިނިކެއް ހުޅުވުން… ފޮޓޯ: ޕީއެސްއެމް ނިއުސް
ހަބަރު
17 Apr 2025 | 23:37
ހުޅުމާލެ ހޮސްޕިޓަލުގައި ފާރުގަނޑުތަކަށް ހާއްސަ ކްލިނިކް އެއް ހުޅުވައިފި

ހުޅުމާލޭ ހޮސްޕިޓަލުގައި ފާރުގަނޑުތަކަށް ޚާއްޞަ ފަރުވާދިނުމަށް އެޑްވާންސްޑް ވުންޑް ކެއަރ ކްލިނިކެއް ހުޅުވައިފިއެވެ.

މި ކްލިނިކް ރަސްމީކޮށް ހުޅުވައިދެއްވީ ހުޅުމާލޭ ހޮސްޕިޓަލުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މާލެ ސިޓީ ގްރޫޕް އޮފްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، ބޮޑު އާބާދީއެއް އޮތް ހުޅުމާލޭގައި މިފަދަ ޚާއްޞަ ކްލިނިކެއް ޤާއިމުކުރެވުމަކީ ޞިއްޙީ ދާއިރާއަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެއް ކަމަށެވެ. އިތުރަށް ވާހަކަފުޅު ދައްކަވަމުން ސީއީއޯ ވިދާޅުވީ، ހުޅުމާލޭ ހޮސްޕިޓަލުން މިހާރުވެސް ފާރުގަނޑުތަކަށް ފަރުވާދިނުމުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ކަމަށާއި، މި އަހަރުގެ މިހާތަނަށް އެކަނިވެސް 5000 އަށްވުރެ ގިނަ މީހުންނަށް މި ޚިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށެވެ. އަދި މި އައު ކްލިނިކަކީ ޒަމާނީ ވަސީލަތްތަކާއެކު، ޚާއްޞަ މެނޭޖްމަންޓް އުސޫލުތަކެއްގެ ދަށުން ހިންގޭނެ ކްލިނިކެއް ކަމުގައިވެސް ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ފާހަގަކުރެއްވިއެވެ.

ކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު މަޢުލޫމާތު ދެއްވަމުން، އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓް އިން ޕްލާސްޓިކް ސަރޖަރީ ޑރ. މުޙައްމަދު ވަޙީދު ވިދާޅުވީ، މީގެ ކުރިން ހުޅުމާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ފަރުވާ ހޯދުމަށް މާލެއަށް ދަތުރުކުރަންޖެހޭ ކަމަށާއި، މި ކްލިނިކް ހުޅުވުމާއެކު އޭގެ ފަސޭހަކަން އެތައް ބަޔަކަށް ލިބިގެންދާނެ ކަމަށެވެ.

ދިގު މުއްދަތަކަށް ފާރުގަނޑެއް ޖެހިފައިވާ ބަލިމީހުން ފަރުވާ ހޯދުމަށް ދާންޖެހެނީ ވަރަށް ދުރަށް. އައިޖީއެމްއެޗުން ހަފުތާއަކު ދެ ފަހަރު ވުންޑް ކެއަރ ކްލިނިކްގެ ޚިދުމަތް ފޯރުކޮށްދެމުންދަނީ. މި ކްލިނިކް ހުޅުމާލޭ ހޮސްޕިޓަލުގައި ފެށުމުން އެ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ

 ޑރ. މުޙައްމަދު ވަޙީދު 

ދިގު މުއްދަތަކަށް ފާރުގަނޑުތަކަށް ފަރުވާ ހޯދާ މީހުންގެ ތެރޭގައި ހިމެނެނީ ހަކުރު ބަލީގެ ސަބަބުން ފާރުގަނޑު އުފެދިފައިވާ މީހުންނާއި، ބޮޑެތި ހާދިސާތަކުގެ ސަބަބުން ލިބޭ އަނިޔާތަކުގައި ދިގު މުއްދަތަކަށް ފަރުވާދޭންޖެހޭ މީހުންނެވެ. މީގެ އިތުރުން، އެނދުމަތިވެފައިވާ ދުވަސްވީ މީހުންނަށްވެސް ބައެއް ޙާލަތްތަކުގައި ފާރުގަނޑުތަކަށް ޚާއްޞަ ފަރުވާ ދޭންޖެހެއެވެ.

މީގެ ކުރިން ހުޅުމާލޭ ހޮސްޕިޓަލުގައި ފާރުގަނޑުތަކަށް ފަރުވާ ހޯދުމަށް ބަލިމީހާ ބޭނުންވާ ކޮންމެ ފަހަރަކު އެޕޮއިންޓްމަންޓް ހަދަންޖެހުނު ނަމަވެސް، އެޑްވާންސްޑް ވުންޑް ކެއަރ ކްލިނިކް ހުޅުވުމާއެކު، ބަލިމީހާ ކްލިނިކުގައި ރަޖިސްޓަރީކުރެވި، އެ ކްލިނިކުން ބަލިމީހާއަށް ދޭނެ ފަރުވާއާއި ބަލާނެ ދުވަސްތައްވެސް ކަނޑައަޅައި ހަމަޖައްސައިދޭނެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ހުޅުމާލޭ ހޮސްޕިޓަލުން މި އަހަރުގެ މިހާތަނަށް ޖުމްލަ 5،076 މީހެއްގެ ފާރުގަނޑުތަކަށް ފަރުވާ ދީފައިވާކަމެވެ. މި އަދަދަކީ ހުޅުމާލޭގައި މިފަދަ ޚާއްޞަ ކްލިނިކެއްގެ މުހިންމުކަން ދައްކުވައިދޭ ހެއްކެކެވެ. މި އައު ކްލިނިކް ހުޅުވުމާއެކު، ހުޅުމާލޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ. އަދި މިއީ ޤައުމީ ފެންވަރުގައި ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ދެކެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Jul 2026
މިދިޔަ ހަފްތާގައި ހިމަބިހީގެ 22 ކޭސް ފެނުނު
އެ ހުރިހާ މީހުންނަކީވެސް މާލެ ސަރަހައްދުން ފެނުނު މީހުން
21 Jul 2026
އެއަރ ކާގޯ ޗައިނާ ފެއާގައި އެމްއޭސީއެލުން ބައިވެރިވެއްޖެ
21 Jul 2026
ބްރިޖް އަދި ހައިވޭ ފުލުހުންގެ އޮޕަރޭޝަނެއް
ފުލުހުން މިއަދު ބުނީ މި އޮޕަރޭޝަންތަކަކީ މަގުމަތީގެ ގަވާއިދުތަކަށް ބޯލެނބުމަށް ބާރުއެޅުމަށާއި، ކަނޑައެޅިފައިވާ ދުވެއްޔަށްވުރެ ބާރަށް ދުއްވުން ހުއްޓުވައި، މަގުމަތީގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ކޮންމެ ދުވަހެއްގެ ތަފާތު ވަގުތުތަކުގައި ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށެވެ.
21 Jul 2026
އެސްއޯއީތަކުގެ އޯޓީ އެއްހަމަ ކުރުމުން ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާވެގެންދާނެ: ޕީސީބީ
މި ބަދަލުތަކުގެ ސަބަބުން ކުންފުނިތަކުގެ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށްގެންދިއުމަށާއި، މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ހަމަހަމައަށް ބެހުމަށާއި، ބޭކާރު ގޮތުގައި އިތުރުގަޑީގެ މަސައްކަތަށް ބަރޯސާވުން ކުޑަވެގެންދިއުމަށް މަގުފަހިވެގެންދާނެކަމަށް ޕީސީބީން ބުނޭ
21 Jul 2026
އެސްއޯއީތަކުން މުއައްޒަފުން މަދުކުރަނީ އޮޅުވާލުމެއްގެ ތެރެއިން: ފައްޔާޒް
ފައްޔާޒް ވިދާޅުވީ، އެސްއޯއީތަކުން އެ އަދަދަސް މުއައްޒަފުން ވަކިކޮށްފިނަމަ، 50،000 ހާހަށްވުރެ ގިނަ މީހުންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނޭކަމަށެވެ.
21 Jul 2026
ރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރު ފެށުމަށް އެއްބަސްވުމެއް
ދިވެހިރާއްޖެއާއި އިތިއޯޕިއާއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމުގެ މަގު ފަހިކުރުމަށްޓަކައި އެއާ ސާވިސަސް އެގްރީމަންޓެއްގައި މިއަދު ސޮއިކޮށްފިއެވެ.
21 Jul 2026
ތުހުމަތުކުރެވޭ މީހާގެ 'ޙާލަތަށް ރިޢާޔަތްކޮށް' ފިޔަވަޅުއެޅުމުގެ މަސައްކަތް ކުރަނީ
ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތައް ގެއްލުންދިން މައްސަލާގައި ތުހުމަތުކުރެވޭ މީހާގެ 'ހާލަތަށް ރިއާޔަތްކޮށް'، މިސްކިތުގެ ހުރުމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
21 Jul 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމަށް އަމްޖަދު މުޞްޠަފާ ޢައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މ.ރަންދޫވިލާ އަމްޖަދު މުޞްޠަފާ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް މިއަދު ޢައްޔަންކުރައްވައިފިއެވެ.