މުޅި ލާމު ޣައްޒާއާއެކު ވެހިކަލް ބުރު -- ފޮޓޯ: އައިކޭންޑީ
ހަބަރު
19 Apr 2025 | 13:23
މުޅި ލާމު ޣައްޒާއާއެކު - މިހާތަނަށް ފެނުނު އެންމެ ބޮޑު ހަރަކާތާއެކު ލާމުން ނަމޫނާއެއް

"މުޅި ލާމު ޣައްޒާއާއެކު" ނަމުގައި ބޮަޑު ވެހިކަލް ބުރެއް ކުރިއަށް ގެންގޮސް ލާމުން ނަމޫނާ ދައްކައިފި އެވެ.

ލ. އަތޮޅުގެ ރައްޔިތުން ޣައްޒާގެ ރައްޔިތުންނާ އެކު ތިބިކަން ހާމަކޮށް ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ވެހިކަލް ބުރު އޮތީ އިއްޔެ ހަވީރު އެވެ.

މުޅި ލާމު ޣައްޒާއާއެކު ވެހިކަލް ބުރު -- ފޮޓޯ: އައިކޭންޑީ

ވެހިކަލް ބުރު އޮތީ ލާމު ލިންކު ރޯޑްގަ އެވެ. ވެހިކަލް ބުުރު އިންތިޒާމު ކުރީ ލ. ގަމާއި ފޮނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި މަދަނީ ޖަމިއްޔާތައް ގުޅިގެންނެވެ.

ކައިރި ރަށްރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވެސް ބައިވެރިވި އެވެ.

މުޅި ލާމު ޣައްޒާއާއެކު ވެހިކަލް ބުރު -- ފޮޓޯ: އައިކޭންޑީ

ވެހިކަލް ބުރުގައި ކުޑަކުދީންނާއި އަންހެނުންނާއި ގިނަ އަދަދެއްގެ ފިރިހެނުން ބައިވެރިވި އެވެ.

ވެހިކަލް ބުރު ކުރިއަށްދިޔަ ވަގުތު އައްޝައިހް އާދަމް ނިޝާން އާއި އައްޝައިހް ހާތިމް ޔޫސުފް ގެންދެވީ ފަލަސްތީނު ބިމުގެ މާތް ކަމާއި އެ ބިމާއި މުސްލިމުންނާއި ހުރި ގުޅުން ސާފުކޮށް ދެއްވަމުންނެވެ.

މުޅި ލާމު ޣައްޒާއާއެކު ވެހިކަލް ބުރު -- ފޮޓޯ: އައިކޭންޑީ

ވެހިކަލް ބުރު ނިންމާލުމުގެ ގޮތުން ބޭއްވި ޚާއްސަ ހަރަކާތުގައި ވެސް ޝެއިހް ނިޝާން އާއި ޝެއިހް ހާތިމް ވަނީ ޣައްޒާގެ މުޖާހިދުންނަަށް ހިތްވަރު ދީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ މުހިންމު ކަމާ ގުޅޭގޮތުން ދަރުސް ދެއްވާފަ އެވެ.

މުޅި ލާމު ޣައްޒާއާއެކު ވެހިކަލް ބުރު -- ފޮޓޯ: އައިކޭންޑީ

އިއްޔެ ރެލީ ނިންމާލީ ހާއްސަ ދުއާއަކުންނެވެ. މި ދުއާގައި ފަލަސްތީނަށް ނަސްރު ދެއްވާ ޣައްޒާގެ މުޖާހިދުންނަށް ކާމިޔާބީއަށް އެދި ދަންނަވާފައިވެ އެވެ.

އަދި ފަލަސްތީނަށް އަމާންކަން ދެއްވާ ޔަހޫދީންގެ ނިންމުން އަވަސް ކޮށް ދެއްވުން އެދި ދުއާ ކޮށްފައިވެ އެވެ.

މުޅި ލާމު ޣައްޒާއާއެކު ވެހިކަލް ބުރު -- ފޮޓޯ: އައިކޭންޑީ

ފޮނަދޫ ކައުންސިލާއި ގަމު ކައުންސިލުން ބުނީ ޣައްޒާގެ ދިފާއުގައި ކުރިއަށް އޮތްތާވެސް ތަފާތު ހަރަކާތްތައް ހިންގާނެ ކަމަށެވެ.

ލާމުގެ އެންމެ ހަރަކާތްތެރި ޖަމިއްޔާ “އިލްމު” އަދި ދާރިސް ޓީވީއާ ބައެއް އެހެން ޗެނަލްތަކުން ވަގުތުން ގެނެސްދިން މި އިވެންޓް އެތައް ހާސް ބަޔަކު ވަނީ ވަގުތުން ބަލާފަ އެވެ.

މި ވެހިކަލް ބުރު އިންތިޒާމު ކުރުމުގައި އެންމެ ދައުރެއް އަދާކުރީ އިލްމު ޖަމިއްޔާއިންނެވެ.

މުޅި ލާމު ޣައްޒާއާއެކު ވެހިކަލް ބުރު -- ފޮޓޯ: އައިކޭންޑީ

މިއީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ޣައްޒާގެ ހަމާސް މުޖާހިދުންނަށް ހިތްވަރު ދިނުމުގެ ގޮތުން ރާއްޖޭގައި މި ފަހުން ބޭއްވި އެންމެ ބޮޑު ހަރަކާތެވެ.

އިއްޔެގެ ހަރަކާތުގައި ދެހާހަަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.

މުޅި ލާމު ޣައްޒާއާއެކު ވެހިކަލް ބުރު -- ފޮޓޯ: އައިކޭންޑީ

ރާއްޖެ އަކީ ފަލަސްތީނުގެ މިނިވަން ކަމަށް އެންމެ ހަރުއަޑުން ގޮވާލާ ގައުމެވެ.

ސިލްސިލާ ގޮތެއްގައި މާލެއާ މުޅި ރާއްޖޭގައި ރެލީތަކާއި އިވެންޓްތައް ދަނީ ބާއްވަމުންނެވެ.

މުޅި ލާމު ޣައްޒާއާއެކު ވެހިކަލް ބުރު -- ފޮޓޯ: އައިކޭންޑީ

އެގޮތުން އިއްޔެއާ ރޭ މާލޭގައި ވެސް ހަރަކާތްތައް އޮތެވެ. އަދި ރ. މީދޫއާ އައްޑޫ ސިޓީގައި ވެސް ރެލީ އޮތެވެ.

މި ރެލީތަކާއި ހަރަކާތްތަކުގައި ގިނަ ބަޔަކު ބައިވެރިވެފައިވެ އެވެ.

މުޅި ލާމު ޣައްޒާއާއެކު ވެހިކަލް ބުރު -- ފޮޓޯ: އައިކޭންޑީ

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލްގެ ޔަހޫދީ ސިފައިން ގެންދަނީ ވަރުގަދަ ގަތުލު އާންމެއް ހިންގަމުންނެވެ. އެއީ އޮކްޓޫބަރު 7، 2023 ގައި ހިތްވަރު ގަދަ މުޖާހިދުން ދިން ވަރުގަދަ ހަމަލާއާ ގުޅިގެންނެވެ.

އެ ހަމަލާތަކަށް ބަދަލު ހިފުމުފެ ގޮތުން ކަމަށް ބުނެ ފެށި އެ ގަތުލުއާންމުގައި މިހާތަނަށް 51،000 ވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވެ އެވެ. ގިނައީ ކުޑަކުދީންނާއި އަންހެނުންނެވެ.

މުޅި ލާމު ޣައްޒާއާއެކު ވެހިކަލް ބުރު -- ފޮޓޯ: އައިކޭންޑީ

އަނިޔާވެރިކަން ކިތަންމެ މައްޗަށް ގެންދިޔަ ނަމަވެސް ހަމާސްގެ މުޖާހިދުންގެ ހިތްވަރަށް އެއްވެސް ބަދަލެއް ނާދެ އެވެ. އަދި ގަދަ ހިތްވަރާއެކު ޔަހޫދީންގެ ފިނޑި ލަޝްކަަރާ ދަނީ ބައްދަލުކުރަމުންނެވެ.

ކޮމެންޓް
ސުރުހީ
ތިހާވަރަށް ފަލަސްތީނުގެރަށްޔަތުންނައްޓާ ކުލުނެއްވާނަމަ މިފަހަރުތިބާއްވަންއުޅޭ އީދު ކުޅިވަރުތައް ނުބާވާ އެމީހުންގެ ހިތާމާގައި އުޅޭއިރު އަހަރެމެން އުފާކުރުން ހައްގުތޯ
19 Apr 2025
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.