އެމްޑީޕީގެ ވަފްދު އައްޑުއަށް ފުރުން: ފޮޓޯ/ އެމްޑީޕީ
ހަބަރު
23 Apr 2025 | 12:30
ޝާހިދު އިސްވެ ހުންނަވާ އެމްޑީޕީގެ ވަފުދެއް އައްޑޫއަށް

އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު އިސްކޮށް ހުންނަވައި، އެޕާޓީގެ ވަފުދެއް އައްޑޫއަށް ފުރައިފިއެވެ.

މިއީ ޕާޓީގެ ލީޑަރޝިޕްގެ ފަރާތުން ޕާޓީގެ އާއްމު މެމްބަރުންނާއި ބައްދަލުކުރެއްވުމަށް އެކި ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ ތެރެއިން އައްޑޫ ސިޓީއަށް ކުރައްވާ ދަތުރެކެވެ.

ޝާހިދުގެ އަރިހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އާއި، މަރަދޫ ދާއިރާގެ މެމްބަރު އަހްމަދު ދީދީއާއި، އައްޑޫ ސިޓީގެ އެމްޑީޕީ ދާއިރާ ރައީސުން ބައިވެރިވެއެވެ. އަދި މީގެ އިތުރުންވެސް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިތުރު ބައެއް މެމްބަރުންވެސް މިދަތުރުގައި އައްޑޫއަށް ވަޑައިގަންނަވައެވެ.

އައްޑުއަށް ފުރާވަޑައިގަތުމުގެ ކުރިން ޝާހިދު ވިދާޅުވީ، އައްޑޫއަކީ އެމްޑީޕީ އުފެއްދުމުގެ މަސައްކަތުގައިވެސް، އަދި އުފެދިގެން މިއަދާއި ހަމަޔަށްވެސް މެދުކެނޑުމެއް ނެތި އިސްލާޙީ ޙަރަކާތް އެންމެ ބާރަށް ހިނގާ އެއް ސަރަޙައްދުކަމަށެވެ. އަދި މި ދަތުރުގައި އައްޑޫގައި ތިބި ޕާޓީގެ މެމްބަރުންނާއި ބައްދަލުކޮށް، ޕާޓީގެ މަސައްކަތްތަކާއި ކުރިއަށް އޮތް އިންތިޚާބުތައް ޕާޓީއަށް ކާމިޔާބުކޮށްދިނުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިސްވެ ހުންނަވާ އައްޑޫއަށް މިއަދު ވަޑައިގަންނަވާއިރު، އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލްއާއި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންނާއި ޤައުމީ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ހެނދުނު އުތުރުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ވަނީ ފުރާވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.