މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ތޯރިގު. (ފޮޓޯ/ރައީސް އޮފީސް)
ހަބަރު
23 Apr 2025 | 14:01
މި އަހަރު ތެރޭގައި ފަތުރުވެރިކަމަށް 1290 އެނދު ނެރެވޭނެ: ވަޒީރު ޠާރިޤް

މި އަހަރު ތެރޭގައި ދިވެހިރާއްޖޭގެ ބެޑް ކެޕޭސިޓީ އިތުރުކުރުމަށް މާކެޓަށް އައު 1290 އެނދު ނެރެވޭނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ތޯރިގު އިބްރާހިމް ވިދާލުވެއްޖެއެވެ.

ވަޒީރު މިހެން ވިދާލުވީ މިއަދު ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ސިނާއަތާއި އެ މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރައްވަމުންނެވެ. 

މިވަގުތު 156 ތަނެއް ފަތުރުވެރިކަމަށް ތަރައްޤީ ކުރަމުން އަންނަކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މީގެ ތެރެއިން 61 ތަނެއް، ހުއްޓިފައިވާ ކަމަށެވެ. 

މިވަގުތު ފަތުރުވެރިކަމަށް 156 ތަނެއް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން. އޭގެ ތެރޭގައި އެބަހުރި ގާތްގަނޑަކަށް 61 ތަނެއް، އެކި ސަބަބުތަކަށްޓަކައި މަޑުޖެހިފައި،

ވަޒީރު ޠާރިޤް

މަސައްކަތް ހުއްޓިފައިވާ ތަންތަނުގެ މަސައްކަތް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިތުރަށް ވަޒީރު ވިދާޅުވީ، ދިވެހި ބްރޭންޑްތަކުގައި ހިންގަނީ އެންމެ 65 ރިސޯޓު ކަމަށެވެ. އަދި ބައިނަލްއަގުވާމީ ބްރޭންޑުތަކުން އޮޕަރޭޓުކުރަނީ 110 ރިސޯޓު ކަމަށެވެ. 

ދެން މި އަހަރުގެ ތެރޭގައި ޖުމްލަ 1،290 އެނދު މާކެޓަށް ނެރެވޭނެ ކަމަށް އިންޑަސްޓްރީން މައުލޫމާތު ލިބިފައި އޮތީ،

ވަޒީރު ޠާރިޤް

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޚިދުމަތްދޭ އެނދުގެ ޖުމްލަ އަދަދަކީ،  62290 އެވެ. އަދި ޚިދުމަތްދޭ ތަންތަނުގެ އަދަދަކީ 1162 އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ