ފިނޭންސް އަދި ދައުލަތުގެ ޓެކްސް އިދާރާ ހުންނަ އިމާރާތް..
ހަބަރު
23 Apr 2025 | 13:30
އަހަރުގެ މިހާތަނަށް ބަޖެޓް އަރަނި، 2.2 ބިލިއަން ރުފިޔާއަށް އަރައިފި: ފިނޭންސް

މިއަހަރުގެ މިހާތަނަށް އާއިރު ދައުލަތުގެ ބަޖެޓް އަރަނި، 2.2 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާކަމަށް މާލީ ވުޒާާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރަމުން އަންނަ ކޮންމެ ހަފްތާއެއްގެ ދައުލަތުގެ ބަޖެޓް ހަރަދުބަރަދު ރިޕޯޓްތަކުން ދައްކާގޮތުގައި މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އެއްޗެއްގެ ނިސްބަތަށް ބަލައި، ކުރި ހަރަދުތައް އުނިކުރުމަށްފަހު ބަޖެޓްގެ އަރަނި ނުވަތަ ސާޕްލަސް ހުރީ 2.2 ބިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ މި މުއްދަތަށް ބަލާއިރު، ދައުލަތުގެ ބަޖެޓްހުރީ 1.6 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.

މާލީ ވުޒާރާއިން އާއްމުކުރި ތަފާސްހިސާބަށް ބަލާއިރު، މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި 11.7 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 700 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. 

މިހާތަނަށް އެންމެގިނައިން އާމްދަނީ ލިބުނު ދާއިރާތައް:

- ޓީޖީއެސްޓީ: 3.7 ބިލިއަން ރުފިޔާ

- ގްރީންޓެކްސް: 572.5 މިލިއަން ރުފިޔާ

- އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 452.6 މިލިއަން ރުފިޔާ

މިއަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދުތައް ހުރިގޮތަށް ބަލާއިރު، މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރި ހަރަދު އުޅެނީ 9.5 ބިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ހަރަދުތައް ހުރީ 12.7 ބިލިއަން ރުފިޔާގައެވެ. އަދި ކެޕިޓަލް ހަރަދުތައް ހުރީ 

ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް އެންމެބޮޑު ހަރަދެއް ހިނގާފައިވަނީ ސަބްސިޑީތަކަށެވެ. 

އެންމެގިނައިން ހަރަދުތައް ކުރެވުނީ:

- މުސާރަ/އެލަވަންސް އަދި ޕެންޝަން: 3.6 ބިލިއަން ރުފިޔާ

- އިދާރީ ހަރަދުތަކަށް: 5.2 ބިލިއަން ރުފިޔާ

ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް ދައުލަތުގެ އިދާރީ ހަރަދުތައް ވަނީ ދަށްވެފައެވެ. އަހަރުގެ މިހާތަނަށް އިދާރީ ހަރަދުތައް 5.2 ބިލިއަން ރުފިޔާގައި ހުރިއިރު، މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި އިދާރީ ހަރަދުތައް އުޅެނީ 6.1 ބިލިއަން ރުފިޔާގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.