ކ. ކާށިދޫ, ސިލްވާސީން, ލަވްޒާ މުހައްމަދު
ރިޕޯޓް
23 Apr 2025 | 20:00
މުޖްތަމައުއަށް ލަވްޒާ ދިން ވަރުގަދަ މެސެޖު: ތައުލީމާއި މަސައްކަތާއި ދިރިއުޅުމުގައި އަހަރެމެން ތަފާތު ނުކުރޭ

ކ. ކާށިދޫ, ސިލްވާސީން, އުމުރުން 30 އަހަރުގެ ލަވްޒާ މުހައްމަދު މިއަދު އަޅުގަނޑުމެންނާއި ވަކިވެ ދިޔައީ އެވެ. ނަމަވެސް ލަވްޒާގެ ހަނދާންތަކާއި އޭނާގެ ގަދަ ހިތްވަރާއި މުހިންމު އެތައް މެސެޖުތަކެއް ދޫކޮށްފަ އެވެ. އޭނާގެ އާއިލާއާ ހެޔޮ އެދޭ އެކުވެރީންގެ ހިތްތަކުގައި އަބަދުގެ އަބަދަށް ހަނދާން ހުންނާނެ ގޮތެއްގަ އެވެ.

އެގޮތުން ލަވްޒާގެ އެކުވެރީން އެންމެ ބޮޑަށް ފާހަގަ ކުރަނީ މީގެ ދޮޅު އަހަރެއްހާ ދުވަސްކުރީން ފޭސްބުކުގައި އޭނާ ހިއްސާކުރި ޕޯސްޓެވެ. އެއީ މުޅި މުޖްތަމައުއަށް އޭނާ ދިން ވަރުގަދަ މެސެޖެކެވެ.

އިނގިރޭސިބަހުން ލިޔެފައިވާ އެ މެސެޖު ފަށާފައި ވަނީ ތެލެސީމިއާ މީހުންނާއި / ކުދީންނާއި ގުޅޭގޮތުން އެކި މީހުން ދައްކާ ތަފާތު ވާހަަކަތަކުންނެވެ. އެއީ ކޮންމެ ދުވަހަކު ލަވްޒާއާ ތެލެސީމިއާ ކުދީން އަޑުއަހާ ޖެހޭ ބަސްތަކެކެވެ.

ތެލެސީމިއާ ކުދީންނަށް ދިގު އުމުރެއް ނުލިބޭނެ ކަމަށް ބުނާ ބުނުމެވެ. "ބަލި" ބައެއްގެ ގޮތުގައި ސިފަ ކުރުމެވެ. އެއްވެސް ކަމެއް ނުކުރެވޭނޭ ބުނާ ބުނުމެވެ. ކާމިޔާބީގެ ބަދަލުގައި އަބަދުމެ އޮތީ ނާކާމިޔާބު ކަމަށް ބުނެ ދެރަ ކޮށްލަން ބުނެލާ ބަސްތަކެވެ. 

ދިރިއުޅުމުގެ އެންމެ އުނދަގޫވި ވަގުތު ދޫކޮށްލި ގާތް މީހުންނާއި އެކުވެރީން ކަންތައް ކުރި ގޮތުގެ ވާހަކަ އެވެ.

ނަމަވެސް އެ ދުވަހު ލަވްޒާ ސާބިތުކޮށް ދިނީ ތެލެސީމިއާ އަކީ ބައްޔެއް ނޫން ކަމެވެ. އެއީ ލޭގެ އުނދަގޫ ކަމެއް ކަމެވެ. އެހެން މީހުންނާ ކޮންމެވެސް ތަފާތެއް ހުރި ނަމަވެސް ދިރިއުޅުމުގެ މައިދާނުގައި ކާމިޔާބު ހޯދި ދާނެ ކަމެވެ. ހިތްވަރާއެކު މަސައްކަތްކޮށް ތައުލީމް ހާސިލުކޮށް މަސައްކަތާއި ދިރިއުޅުމުގައި ކުރިއަށް ދެވިދާނެ ކަމެވެ.

ކ. ކާށިދޫ, ސިލްވާސީން, ލަވްޒާ މުހައްމަދު

އެކަން ލަވްޒާ ސާބިތުކޮށް ދިނެވެ. އެކަން ސާބިތުކޮށް ދިނުމަށް ފަހު ލަވްޒާ އެދުނީ ތެލެސީމިއާ ކުދީންނާއި މީހުންނަކީ އާދަޔާ ހިލާފު ބައެއް ނޫން ކަމުގައި ދެކުމެވެ. އެ މީހުންނަށް ތައުލީމާއި މަސައްކަތުގެ މާހައުލުގައި އަދި ދިރިއުޅުމުގައި އެހެން ކޮންމެ މީހެކޭ އެއްފަދައިން އަމަލު ކުރުމަށެވެ. ތަފާތު ނުކުރުމަށެވެ.

އެކުވެރީންގެ ދުލުން: އެއީ ހިތްވަރުގައި ނަމޫނާއެއް

ލަވްޒާގެ ކުއްލި ވަކިވުމާއެކު އާއިލާއާ އެކުވެރީންނަށް ލިބިފައިވަނީ ފުން ހިތާމަ އެކެވެ. ނަމަވެސް މިއީ ދުނިޔޭގެ ސުންނަތެވެ. ދުނިޔެއަށް އުފަންވި ކޮންމެ މީހަކަށް / އެއްޗަކަށް އުމުރެއް ވެ އެވެ. ކަނޑައެޅި ލިޔެވިފައިވާ އަޒަލެކެވެ. 

އޭނާގެ ބައެއް އެކުވެރީން ފާހަގަ ކުރި ގޮުތުގައި އެއީ އެ މީހުންގެ ހަޔާތުގައި ބައްދަލްވި އެންމެ ހިތްވަރު ގަދަ އެކަކެވެ. އެއީ އޯގާތެރިކަމާއި ހިތްހެޔޮ ކަމުގައި ނަމޫނާ އެކެވެ. އެ މީހުންނަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ގާތުވީ އެކުވެރި އަކީ އޭނާ އެވެ.

ވެވުނު މިންވަރަކުން އެހީތެރިވެ ދެ އެވެ. އަމިއްލަ ހާލަތަށް ބެލުމެއް ނެތި އެކުވެރީންގެ ކަންކަމަށް އަބަދުވެސް އިސްކަން ދިނެވެ. ގިނަ ވަގުތު ހޭދަކުރީ އެ މީހުންގެ އުފަލަށެވެ. އެ މީހުންނަށް އެހީތެރިވުމަށެވެ.

އެފަދަ ހެޔޮ އެކުވެރިއަކު ގެއްލުމަކީ ފޫބެދޭނެ ކަމެއް ނޫނެވެ. އެ މީހުންގެ ހެޔޮ ދުއާ އަބަދުވެސް ވާނެ އެވެ.

އެއާއެކު އެ އެކުވެރީން އަލުން ހަނދާންކޮށް ދިނީ ލަވްޒާގެ އަބަދުގެ މެސެޖެކެވެ. ތެލެސީމިއާ އާއިލާއާމެދު ދެކޭ ގޮތް ބަދަލު ކޮށް ދިނުމަށް އެދި އޭނާ މުޖްތަމައުއަށް ކުރި އިލްތިމާސެވެ. އެ ވަރުގަދަ އިލްތިމާސަށް މުޅި މުޖްތަމައު އިޖާބަދޭން ޖެހެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.