ނަމާދުގެ ޖަމާއަތަށް ފަހު އިމާމު ސަލާމް ކުރައްވަނީ
ރިޕޯޓް
23 Apr 2025 | 23:16
މަޣްރިބު އިޝާގައި ސަލްމާން ފުރިފައި، ދިވެހީން ދައްކައިދިނީ އިމާމަށް އޮތް ލޯބި

މާލޭގައި ހުރި އެންމެ ރީތި މިސްކިތަކީ ހެންވޭރުކޮޅުގައި ހުރި މަސްޖިދު މަލިކު ސަލްމާން ނުވަތަ ސަލްމާން މިސްކިތެވެ. އެއީ ސައުދީ ސަރުކާރުގެ ފަރާތުން ދިވެހީންނަށް ދިން އަގުބޮޑު ހަދިޔާ އެެކެވެ.

ވަރަށް ހިތްގައިމު ރީތި ޑިޒައިނަކަށް ހަދާފައިވާ އެ މިސްކިތަށް މިރޭ މަޣުރިބު ނަމާދާއި އިޝާ ނަމާދުގެ ޖަމާއަތަށް ވަރަށް ގިނަ ބަޔަކު ހާޒިރުވި އެވެ. މުޅި މިސްކިތް އޮތީ ފުރިފަ އެވެ.

އެއީ އާންމު ކަމެއް ނޫނަސް މިރޭ އެވަރުގެ ބޮޑު ޖަމާއަތެއް އެ ނަމާދުގައި އޮތީ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު އިމާމުވެ ނަމާދު ކުރައްވަން އޮތުމުންނެވެ.

ސަލްމާން މިސްކިތުގަައި ޝެއިހް ބުދައިރު އިމާމުވެ ނަމާދު ކުރެއްްވުން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އެމަނިކުފާނުގެ ފަހަތްޕުޅުގައި ނަމާދު ކުރަން ބޭނުންވާތީ އެވެ. ޝެއިހްގެ ހިތްގައިމު ކިޔެވުން އަަޑުއަހާލުމުގެ ބޮޑު ޝައުގުވެރި ކަމުގަ އެވެ.

މަޣުރިބުގެ ޖަމާއަަތް ނިމުމާއެކު އެތައް ބަޔަކު އަވަސްވެގަތީ ޝައިޚް ޑރ. ޞަލާޙުލް ބުދައިރުއާ ސަލާމް ކުރުމަށެވެ. ހިނދުކޮޅެއްގެ ތެރޭގައި މީހުންތައް ބޮނޑިވެ ޝެއިހް ވަށާލި އެވެ.

ސަލްމާން މިސްކިތުގަައި ޝެއިހް ބުދައިރު އިމާމުވެ ނަމާދު ކުރެއްްވުން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ދިގު ސަފެެއް ހެދި ހެދުނެވެ. ޝެއިހް ވަނީ އެމަނިކުފާނަށް ދިވެހީންގެ ހިތުގައި އޮތް ވަރުގަދަ ލޯބިފެނި އުފަލުން ހުރެ އެތައް ބަޔަކާ ސަލާމް ކޮށްފަ އެވެ. ބައެއް ކުޑަކުދީން އުރާލާ ގާތްކޮށްލެއްވި އެވެ. 

ޝެއިހްގެ ފަރާތްޕުޅުން ވެސް ފެނުނީ ދިވެހީންނަށް އޮތް ހާއްސަކަމާ އިހްތިރާމެވެ. ލޯތްބެވެ. އާންމުންނާ ސަލާމް ކުރެއްވުމަށް ވަރަށް ގިނަ ވަގުތު ހޭދަ ކުރެއްވި އެވެ.

ސަލްމާން މިސްކިތުގަައި ޝެއިހް ބުދައިރު އިމާމުވެ ނަމާދު ކުރެއްްވުން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މަޣުރިބަަށް އައި ގިނަ މީހުން މިސްކިތުގައި މަޑުކުރީ އެވެ. އިޝާގެ ޖަމާއަތް ނިންމުމަށް ފަހު ދާށެވެ.

އެހެން ކަމުން އިޝާ ވަގުތު ޖެހުމުގެ މާކުރީން މިސްކިތް އޮތީ ފުރިފަ އެވެ. ފިރިހެނުންގެ އިތުރުން ވަރަށް ގިނަ އަންހެނުން ވެސް ދެ ނަމާދުގެ ޖަމާއަތަށް ހާޒިރުވި އެވެ.

ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު މާދަމާ ރޭ މަޣުރިބު ނަމާދާއި އިޝާ ނަމާދު އިމާމުވެ ކުރަައްވާނީ އިސްލާމީ މަރުކަޒުގަ އެވެ.

ސަލްމާން މިސްކިތުގަައި ޝެއިހް ބުދައިރު އިމާމުވެ ނަމާދު ކުރެއްްވުން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު މި ދަތުރުފުޅު މިނިސްޓަރު ޝަހީމްގެ މޭސްތިރި ކަމުގައި އިސްލާމިކް މިނިސްޓްރީން އިންތިޒާމު ކުރައްވާފައި ވަނީ ވަރަށް ފުރިހަމަ އަށެވެ. އެކަމަށް ތައުރީފު ހައްގެވެ.

ދީނީ އިލްމުވެރީންނާއި ހާއްސަ ބައްދަލްވުމެެއް އޮތެވެ. ކުޑަކުދީންނާ ވަކީން ބައްދަލްވުމެކެވެ. ޒުވާން ހަތީބުންނާއި ހާފިޒުންނާއި އިމާމުންނަށް ބައްދަލްވުމެކެވެ.

ބޮޑު ދެ މިސްކިތުން ޝެއިހްްގެ ރީތި އަޑުފުޅުން ކިޔަވާ އަޑުއިއްވާލެވޭ ގޮތަށް އިންތިޒާމު ކުރެއްވި އެވެ.

ހުރިހާ ކަމުން ފެނިގެން ދިޔައީ ފުރިހަމަ އިންތިޒާމެވެ. ރޭވުންތެރި ކަމެވެ. އެންމެންގެ ޝާމިލްވުން އޮންނަ ގޮތަށް ކަންކަން ކުރެއްވުމެވެ. ދިވެހީން މިފަދަ ކަންކަމަށް ދޭ ސަމާލުކަމާއި އަހަންމިއްޔަތެވެ. ބޮޑު ލޯތްބެވެ.



ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.