ރޭޑިއޯ ގްރާފަރުންގެ ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން... ފޮޓޯ: އެސްޓީއޯ
ހަބަރު
23 Apr 2025 | 23:39
އެސްޓީއޯއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ރޭޑިއޯގްރަފަރުން ތަމްރީނުކޮށް ވަޒީފާގެ މައިދާނަށް ނެރެފި

އެސްޓީއޯ އާއި ޖީ.އީ ހެލްތްކެއަރ ގުޅިގެން ދިވެހި ރޭޑިއޯ ގްރާފަރުން ތަމްރީނުކުރުމަށް ހިންގި ފުރަތަމަ ޕްރޮގްރާމު ނިމި ދަސްވެނިވުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ދީފިއެވެ.

މިކަމަށްޓަކައި މިރޭ ވިލާކޮލެޖްގައި ކުރިއަށްގެންދިޔަ ދަސްވެނިވުމުގެ ޕްރޮގްރާމް ޝަރަފްވެރިކޮށްދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމެވެ. އެސްޓީއޯގެ ޓްރެއިނިން އިންސްޓިޓިއުޓުން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި 25 ދަރިވަރުން ބައިވެރިވިނަމަވެސް ސެޓްފިކެޓް ހާސިލްކޮށްފައިވަނީ 23 ދަރިވަރުންނެވެ.

އެސްޓީއޯއިން ބުނީ، ރޭޑިއޯ ގްރާފަރުން ތަމްރީނުކުރުމަށް ހިންގި ޕްރޮގްރާމުގެ ފުރަތަމަ ބެޗް ނިމުނުއިރު، މިހާތަނަށް މި ދާއިރާއިން ދެ ދަރިވަރަކު ވަނީ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައި ވަޒީފާ އަދާކުރަން ފަށާފައިވާކަމަށެވެ. އަދި އެހެން ދަރިވަރުން މިވަގުތު ވަޒީފާ ހޯދުމުގެ މަރުޙަލާގައި ދަނީ މަސައްކަތް ކުރަމުންދާކަމަށް ބުންޏެވެ. އެސްޓީއޯއިން ބުނީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް 23 ދިވެހި ރޭޑިއޯގްރާފަރުން އިތުރުވުމަކީ ވަރަށް މުހިންމު ކުރިއެރުމެކެވެ. ނަމަވެސް، މި ދާއިރާއަށް އަދިވެސް އިތުރު ރޭޑިއޯގްރާފަރުން ބޭނުންވާކަން ފާހަގަކުރެވިފާކަމަށް އެކުންފުނިން ބުންޏެވެ.

ރޭޑިއޯ ގްރާފަރުންގެ ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން... ފޮޓޯ: އެސްޓީއޯ

ޖެނެރަލް އިލެކްޓްރޯނިކްސް (ޖީ.އީ) ހެލްތްކެއަރއިން 2018 ގައި ރާއްޖޭގައި ހެދި ދިރާސާއަކުން ދައްކާގޮތުގައި، ސިއްހީ ދާއިރާގައި ތަމްރީނު ލިބިފައިވާ ދިވެހިންގެ ނިސްބަތް ވަރަށް ދަށެވެ. މި ދިރާސާއިން އިތުރަށް ހާމަވެގެން ދިޔައީ ރާއްޖޭގެ ރޭޑިއޯގްރަފަރުންގެ ވަޒީފާތަކުގައި މަސައްކަތްކުރަމުން ގެންދަނީ ގިނަ އަދަދެއްގެ ބިދޭސީންކަމެވެ.

އެސްޓީއޯއިން ބުނީ މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ނިންމީ، ރޭޑިއޯގްރަފީ ދާއިރާއަށް ދިވެހިން އުފެއްދުމަށާއި، ޚިދުމަތް ހޯދަން އަންނަ ބަލިމީހުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކަމަށެވެ.

ރޭޑިއޯ ގްރާފަރުންގެ ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން... ފޮޓޯ: އެސްޓީއޯ

ދިވެހި މުޖުތަމަޢުއަށް މުހިންމު މިފަދަ މަޝްރޫޢެއްގެ ތެރެއިން ޤާބިލު ޒުވާނުންތަކެއް އުފެއްދުމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުމަކީ އެސްޓީއޯއަށް ލިބުނު ފަޚުރެއްކަމަށް އެކުންފުނިން ދެކެއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިފަދަ ބިނާކުރަނިވި ޚިދުމަތްތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެސްޓީއޯއިން އޮންނާނީ ތައްޔާރަށްކަމަށް އެކުންފުނިން ބުނެއެވެ.

ރޭޑިއޯ ގްރާފަރުންގެ ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން... ފޮޓޯ: އެސްޓީއޯ

ރޭޑިއޯ ގްރާފަރުން ތަމްރީނުކުރުމުގެ ގޮތުން އެސްޓީއޯ ޓްރެއިނިންގ އިންސްޓިޓިއުޓް ގާއިމުކޮށް، ރަޖިސްޓްރީކޮށްފައިވަނީ، 2019 ވަނަ އަހަރެވެ. އެގޮތުން ހަމަ އެ އަހަރުގެ ފެބްރުވަރީ މަހު، ކޯހުގެ މުޤައްރަރާއި އެހެނިހެން ލިޔެކިޔުންތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހަޅައި، ކޯސް ހިންގުމުގެ ހުއްދަ ވަނީ ހޯދާފައެވެ.

ކޯސް ހިންގުމުގެ ހުއްދަ ލިބުމާ ގުޅިގެން، ކުންފުނީގެ އިޖުތިމާޢީ ޒިންމާގެ ދަށުން، ފުރަތަމަ ބެޗްގެ ދަރިވަރުންގެ ކިޔެވުމުގެ އެންމެހައި ޚަރަދުތައް އެސްޓީއޯގެ ފުލް ސްކޮލަރޝިޕްގެ ދަށުން ހަމަޖެއްސުމަށް ކުންފުނީގެ މެނޭޖްމަންޓުން ވަނީ ނިންމިކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، ކިޔަވަމުންދާ މުއްދަތުގައި ކޮންމެ ދަރިވަރަކަށް މަހަކު 2,300 ރުފިޔާގެ އެލަވަންސެއް ދިނެވެ. ކޯސް ރަސްމީކޮށް އިޢުލާންކޮށް ހުޅުވާލެވުނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައިކަމަށް އެސްޓީއޯއިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް