Advertisement

ޓެކްނޮލޮޖީ ދާއިރާގައި އަންހެން ކުދިންގެ ޤާބިލުކަން ފާހަގަކުރަންޖެހޭ: ރައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު: ފޮޓޯ/ ރައީސް އޮފީސް

ޓެކްނޮލޮޖީ ދާއިރާގައި އަންހެން ކުދިންގެ ޤާބިލުކަން ފާހަގަކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ، ގާލްސް އިން އައިސީޓީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ، މަޢުލޫމާތާއި މުޢާމަލާތާއި ފަންނިއްޔާތުގެ ދާއިރާގައި ކުރިއަރަމުން އަންނަ އަންހެނުންގެ ދައުރު މިފަދަ ދުވަހެއްގައި ފާހަގަކުރަންޖެހޭ ކަމަށެވެ.

Advertisement

އަދި ފަންނިއްޔާތަށް އަހުލުވެރި ޤައުމެއް ބިނާކުރުމަށް ތަޢުލީމު ޙާސިލުކުރެވި، ފަންނިއްޔާތުގެ ހުނަރުތައް ލިބިގަނެވޭނެ މަގު ފަހިވާ އެންމެން ޝާމިލުވާ މުޖުތަމަޢެެއް ބިނާކުރުމަށް މަސައްކަތްކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

މިއާއެކު ރައީސް ވިދާޅުވީ އަންހެން ކުދިންގެ ތަޢުލީމާއި ބާރުވެރިކަމަށް އިންވެސްޓްކުރުމަކީ ދިވެހިރާއްޖޭގެ މުސްތަޤުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށެވެ.

ގާލްސް އިން އައިސީޓީ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ ހަތަރުވަނަ ބުރާސްފަތި ދުވަހުއެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ މަޢުލޫމާތާއި ފަންނިއްޔާތާއި މުޢާމަލާތު ކުރުމާ ގުޅުންހުރި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމެވެ. އަދި އަންހެނުން ހޯދާ ކުރިއެރުންތައް ފާހަގަކުރުމެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement