އެމްޑީޕީގެ ހިނގާލުމެއްގެ ތެރެއިން: ފޮޓޯ/ އެމްޑީޕީ
ހަބަރު
25 Apr 2025 | 18:30
އެމްޑީޕީން މޭޑޭގައި ބޮޑު އެއްވުމެއް ބާއްވަނީ

މަސައްކަތްތެރިންގެ ދުވަސް، މޭޑޭގައި އިދިކޮޅު އެމްޑީޕީން ވެރިރަށް މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައިފިއެވެ.

މި އެއްވުން ބާއްވަން ހަމަޖެހިފައިވަނީ  އެ ރޭގެ 8:30 ގައި އާޓިފިޝަލް ބީޗުންނެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، ރައްޔިތުންގެ ހައްގުތައް ކަށަވަރު ސަރުކާރުން ކުރަން ހުރި ކަންތައްތަކަށް ވަކާލާތުކޮށް އަޑު އުފުލުމަކީ އެމްޑީޕީން އަބަދުވެސް ކުރާ ކަމެއް ކަމަށާ މޭޑޭ ހަރަކާތުގެ ތެރެއިންވެސް އެކަން ކުރައްވާނެ ކަމަށެވެ. 

އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ ކަންކަން އެމްޑީޕީން ކުރަމުންދާނެ ކަމަށްވެސް އޭނާ ވިދާޅުވުއެވެ. 

ބިގޭ ވިދާޅުވީ، ރާއްޖޭގައި މިވަގުތު، އަސާސީ ދަތިކަމެއް ތަހަންމަލުކުރަން ނުޖެހޭ އެއްވެސް މީހަކު ނެތް ކަމަށާ، ގިނަ ބައެއްގެ ހައްގުތަކަށް ސަރުކާރުން އަރައިގެންފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

"އަސާސީ ހައްގުތަކުން ފަށާމާ. ކޮންމެ ރައްޔިތަކު ބޭނުންވޭ ބަނޑުފުރާނަ މުއްތިކޮށްގެން ކައިގެން ބޮއިގެން އުޅެން. އަލިކަން އެ ބޭނުންވޭ. އެކަމަކު ސަބްސިޑީގެ އުނިކަން އައިސްފައި އޮތް ވަރުން އެކަންކަމަށް އޭގެ އަސަރު ކުރަމުން އެ ދަނީ. އޭގެ އިތުރުން، އެންމެ އަސާސީ އެއް ކަމަކީ ސިއްހަތު. ގަދަވެ ސަލާމަތުން ހުރުން. އެ ބޭސް ލިބުމުގައި ދަތިކަން އެބަހުރި. ލިބެންޖެހޭ ޚިދުމަތް ލިބުމުގައި ދަތިކަން އެބަހުރި،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސިޔާސީ ނުފޫޒުގެ ސަބަބުން، ސަރުކާރާ ކުޑަކޮށްވެސް ޚިޔާލުތަފާތު މީހެއް ނަމަ، މިނިވަންކަމާއެކު ވަޒީފާގައި ހުރުމުގެ ފުރުސަތެއް މިހާރު ނެތް ކަމަށާ، ސިޔާސީ ބޭނުމަށއޓަކައި، އިގްތިޞާދުގައި ނެތް މިންވަރުން ވަޒީފާތައް ދެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
އަހުދުނާމާ
އަސްލު ކަލޭމެންގެ ވެރިކަމުގަ ކޮއްފަހުރި ކަންކަމުގަ ވާހަކަ ތިދެކެވެނީ
25 Apr 2025
ގުޅޭ ލިޔުންތައް
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ
08 Aug 2026
ބޯޑަރުގެ މައްސަލަތަކާ ބެހޭގޮތުން އިންޑިޔާ އާއި ޗައިނާއިން އިތުރު މަޝްވަރާތަކެއް
މި ބައްދަލުވުމުގައި ދެ ގައުމުން ވަނީ ސަރަހައްދީ ރޮނުގުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ބޯޑަރު ސަރަހައްދީ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކޮށްފައެވެ.
08 Aug 2026
ނަޝީދުގެ ބޮޑު ބަދަލަށް ތާއީދެއް ނުކުރަން، އެ ނިޒާމު ވޯކެއް ނުކުރާނެ: ޔާމީން
"ބޮޑު ބަދަލު" ގެ ނަމުގައި ވެސް ކުރައްވަނީ އެ މަަސަައްކަތްކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އެ ބަދަލަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ވައިގެ މަގުން 5212، ކަނޑުމަގުން 1070 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި، ނުފެނުނު
ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްެއެންޑީއެފުން ދެންމެ ބުނެފި އެވެ.
07 Aug 2026
އިސްލާމީ ބޮޑު ތިން ގައުމުން ދިފާއީ އެއްބަސްވުމެއް ގާއިމުކޮށްފި
ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ އެއްބަސްވުމާއި ހަމައަށް އާދެވުނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތިން ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
07 Aug 2026
ދެ އޮަޕަރޭޝަނެއްގައި ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެ އެވެ.