މަސްޖިދުއްނަބަވީގެ އިމާމު، ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ފުރާވަޑައިގެންނެވުން
ހަބަރު
25 Apr 2025 | 18:19
ނަބަވީގެ އިމާމުގެ ތާރީޚީ ދަތުރުފުޅު ނިންމަވާލައްވައިފި

މަސްޖިދުއްނަބަވީގެ އިމާމު، ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަންނަވައިފި އެވެ.

ޝައިޚް ޑރ. ޞަލާޙުލް ބުދައިރު ފުރާވަޑައިގެންނެވީ މިއަދު ހަވީރު އެވެ. އެމަނިކުފާނަށް ވީއައިއޭ އިން އަލްވަދާއު ވިދާޅުވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

މުޤައްދަސް ދެ މިސްކިތުގެ އިމާމުން ރާއްޖެ ވަޑައިގަންނަވާ ޕްރޮގްރާމެއްގެ ދަށުން މަސްޖިދުއްނަބަވީގެ އިމާމު، ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެ ވަޑައިގެންނެވީ މި މަހުގެ 22 ވަނަ ދުވަހު އެވެ.

މަސްޖިދުއްނަބަވީގެ އިމާމު، ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ފުރާވަޑައިގެންނެވުން

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ވަރަށް ގިނަ ބޭފުޅުންނާއި ބައްދަލު ކުރެއްވި އެވެ. ދީނީ ތަފާތު ހަރަކާތްތައް ބޭއްވެވި އެވެ.

އެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވާ މަޝްވަރާ ކުރެއްވި އެވެ. އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާ ބައްދަލު ކުރެއްވި އެވެ.

ރާއްޖޭގެ ވަރަށް ގިނަ ދީނީ އިލްމުވެރިންނާއެކު ޚާއްސަ ބައްދަލްވުމެއް ވަނީ ބާއްވަވާފަ އެވެ. އަދި ޕްރީސްކޫލް ދަރިވަރުންނާއެކު އިސްލާމީ މަރުކަޒުގައި މުހިންމު ހަރަކާތެއް ބޭއްވެވި އެވެ.

މަސްޖިދުއްނަބަވީގެ އިމާމު، ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ފުރާވަޑައިގެންނެވުން

މީގެ އިތުރުން ޒުވާން ޙާފިޡުންނާއި ޒުވާން ޚަޠީބުންނާއި އިމާމުން އަދި ޚަޠީބުންނާއި ބައްދަލު ކުރައްވާ އަގުހުރި ނަސޭހަތްތަކެއް ދެއްވި އެވެ.

ދެ ރެއަކު މަޣުރިބު ނަމާދާއި އިޝާ ނަމާދު އިމާމުވެ ކުރެއްވި އެވެ. އެއް ރޭ ސަލްމާން މިސްކިތުގަ އެވެ. އަނެއް ރޭ އިސްލާމީ މަރުކަޒު ގަ އެވެ. މީގެ އިތުރުން ރޭ އިސްލާމީ މަރުކަޒުގައި ވަރަށް ޚާއްސަ ދަރުހެއް ވަނީ ބާއްވާފަ އެވެ.

މިއަދު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރެއްވީ ވެސް އެމަނިކުފާނެވެ. ވަރަށް އަސަރުގަދަ ރީތި ހުތުބާއެއް ދެއްވި އެވެ.

މިއީ މިދިޔަ 41 އަހަރުގެ ތެރޭގައި ދެ ހަރަމްފުޅުގެ އިމާމަކު ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަަހަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.