މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ބްރާސްފަތިދުވަހު ބޭއްވި ބައްދަލުވުމުގެ ތެރެއިން... ފޮޓޯ: މަޖިލީސް
ހަބަރު
26 Apr 2025 | 09:20
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 14،000 މީހުން ރަޖިސްޓްރީކޮށްފައި އެބަތިބި: އެންސްޕާ

ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 14،000 މީހުން ރަޖިސްޓްރީކޮށްފައި އެބަތިބިކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.

މިދިޔަ ބްރާސްފަތިދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި އެންސްޕާގެ ބައެއް ކަންކަމާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި މިހާތަނަށް 14،000 މީހަކު ރަޖިސްޓްރީކޮށްފައިވާކަމަށެވެ. 

ސަރުކާރުން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރެއް 2023 ވަނަ އަހަރު އެކުލަވާލާފައެވެ. ދަފްތަރު އެކުލަވާލިފަހުން ދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް މި ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ފަށާފައެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި އެމީހެއްގެ ވަނަވަރު ވަރަށް ތަފްސީލީ ގޮތެއްގައި ހިމަނައެވެ. ސަރުކާރުން ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ކުރަންޖެހުނީ ދައުލަތުން އެފަރާތްތަކަށް ދޭ ހިދުމަތްތައް އެންމެ އެކަށޭނެ ގޮތެއްގައި ފޯރުކޮށްދިނުމަށް ކަމަށެވެ. މިގޮތުން ދައުލަތުގެ ބަޖެޓުން އެފަރާތްތަކަށް ދޭ ފައިސާ އެންމެ ރަނގަޅު ގޮތުގައި އެންމެ ބޭނުންވާ މީހާއަށް ދިނުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

އެންސްޕާގެ ސީއީއޯ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސްއަށް މިދިޔަ އަހަރު އެކަނިވެސް 560 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަމަށެވެ. ދައުލަތުގެ މިހިނގާ އަހަރުގެ ބަޖެޓަށް ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސްގެ ގޮތުގައި 634.3 މިލިއަން ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. 

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މީގެ ކުރިން 2000 ރުފިޔާގެ އެލަވަންސެއް ދެމުން އައިނަމަވެސް 2023 ވަނަ އަހަރު ސަރުކާރުން ވަނީ އެމީހުންނަށް ދޭ އެލަވަންސް ބޮޑުކޮށްފައެވެ. އެގޮތުން މިހާރު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސް ދެނީ، އެމީހެއްގެ ހާލަތަށާއި، ކުރަންޖެހޭ ހަރަދުތަކަށް ބެލުމަށްފަހުގައިކަން ފާހަގަކޮށްލެވެއެވެ. ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްދޭ އެލަވަންސްއަށް ގެނައި ބަދަލާއެކު، މިހާރު އެންމެ މަދުން އެލަވަންސް ލިބޭ މީހާއަށް 3،000 ރުފިޔާ ލިބެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.