ފަލަސްތީނުގެ ޖަބާލިއާގައި ކާބޯތަކެތި ބަހަނީ:ފޮޓޯ/ބީބީސީ
ދުނިޔެ
26 Apr 2025 | 11:20
ޣައްޒާއިން ކާބޯތަކެތި ގާތްގަނޑަކަށް ހުސްވެއްޖެ!

ޣައްޒާއަށް އެހީގެ ގޮތުގައި ފޯރުކޮށްދީފައިވާ ކާބޯތަކެތި ހުސްވެއްޖެކަމަށް އދ ގެ ވަރލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ބުނެފިއެވެ. 

ޑަބްލިއުއެފްޕީ އިން ބުނެފައިވަނީ ރައްކާކޮށްފައިހުރި ކާތަކެތި މިއަދު ވަނީ އެތަކެތި ފޯރުކޮށްދޭ ތަންތަނަށް ބަހައި ހުސްވެފައިކަމަށެވެ. މިގޮތުން އެތަންތަނުންވެސް ކުރިއަށްހުރި ދުވަސްތަކުގެ ތެރޭގައި ކާތަކެތި ހުސްވާނެކަމަށް އދ ގެ ކާނާއާ ބެހޭ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

މިދިޔަ މާޗް މަހުން ފެށިގެން ޣައްޒާއަށް އެހީގެ އެއްވެސް ސާމާނެއް ވެއްދުން އިޒްރޭލުން ވަނީ ބަންދުކޮށްފައެވެ. ފަލަސްތީނުގެ ރައްރިތުންނަށް މިފަދައިން ދަތި ކުރުމަށް އިޒްރޭލުން ދެއްކި ބަހަނާއަކީ، އެއީ ހަމާސްއިން ރަހީނުންގެ ގޮތުގައި ހިފަހައްޓައިފައިވާ މީހުން ދޫކޮށްލުމަށް ޕްރެޝަރ ކުރުމުގެ ގޮތުން އެޅި ފިޔަވަޅެއްކަމަށެވެ. މިކަމާ ގުޅިގެން އދ އިން ވަނީ ބައިނަލްއަގުވާމީ ގާނޫނަށް ތަބާވުމަށް އިސްރާއީލަށް ގޮވާލާފައެވެ. އެހެންނަމަވެސް އިސްރާއީލުން ބުނެފައިވަނީ ފަލަސްތީނުގައި އެހީގެ ސަމާނަށް ދަތިނުވާ ކަމަށެވެ. 

އިސްރާއީލުން އެހެންނަމަވެސް ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހެމުންދާކަމަށް އދ ގެ އިތުރުން އެކިއެކި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުންވެސް ވަނީ ބުނެފައެވެ. އދ އިން މައުލޫމާތުދީފައިވާ ގޮތުން ޣައްޒާގައި 1300 ކުޑަކުދިންގެ ތެރެއިން 80 އެކިއުޓް މަލްނިއުޓްރިޝަން ކޭސް ވަނީ ފެނިފައެވެ. މަލްނިއުޓްރިޝަންއަކީ ކާއެއްޗެހިން ހަށިގަނޑަށް ބޭނުންވާ ބައިތަށް ނުލިބުމުން ހަށިގަނޑުގައި އަށަގަންނަ ބައްޔެކެވެ. މީގެ އަސަރު އެންމެ ބޮޑަށް ފެންނާނީ ހެދިބޮޑުވެގެން އަންނަ ކުޑަކުދިންގެ ކިބައިންނެވެ. 

ކޮމެންޓް
އަމާން
ﷲ ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް ހެޔޮގޮތްތައް މެދުވެރި ކޮށް ދެއްވައި އެބައި މީހުން ސަލާމަތް ކޮށް ދެއްވާށި.އާމީން
26 Apr 2025
ގުޅޭ ލިޔުންތައް
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.