ރައީސް ނަޝީދުގެ ރޯދަ ކުރުކޮށްްލެއްވުން: ހަގީގީ ޖަޒީރާ ރާއްޖޭގެ މިސާލެއް!

13 May 2019 | 11:27

ކުރީގެ ރައީސް އަދި މައްްޗަންގޯޅި މެދު ދާއިރާގެ އިންތިޚާބީ މެންބަރ މުހައްމަދު ނަޝީދު އިސްލާހީ ހަރަކާތްތައް ފެއްޓެވި އިރުގައިވެސް، ގިނަބަޔަކަށް އެމަނިކުފާނުގެ ފަަހަތްޕުޅަށް އަރާވަޑައިގަނެވުނު އެއް ސަބަބަކީ އެމަނިކުފާނުގެ ސާދާ ކަމެވެ. މާލޭގެ ގަދަރުވެރި އާއިލާއަކަށް ނިސްބަތްވެ ވަޑައިގެންނެވިޔަސް، އަބުއިކަމެއް އެމަނިކުފާނު ނުދައްކަވާތީއެވެ. ފަހަރުގައި އެމަނިކުފާާނުގެ ތަބިއްޔަތުގައި ކިބުރުވެރިކަމުގެ ސިފަނެތީއެވެ.

އަބަދުވެސް ރައީސް ނަޝީދު ފާހަަގަކުރެވިފައިވަނީ ވީ މިންވަަރަކުން އާންމު ފަރުދެއްހެން ދިރިއުޅުއްވަން ބޭނުންފުޅުވާ ފަރާތެއްގެ ގޮތުގައެވެ. މިހާާރުވެސް އެމަނިކުފާނަކީ ބައެއް ފަހަރަށް ފައިިމަގުގައި އުޅުއްވާ، ސައިހޮޓާތަކަށް ވަޑައިގަންނަވާ އަދި ރަށްރަށުގެ ބަނދަރުމަތީގައި ހުންނަ ހަރުގެތަކުގައި މީހުންނާއި ވާހަކަފުުޅު ދައްކަވާ އަދި ރާޒުވާ ކުޅުއްވާ ހައްދަވާ ބޭފުޅެކެވެ.

މި ރޯދަމަހުގައިވެސް އެމަނިކުފާާނުގެ ސާދާާކަމާއި ހިތްތިރިކަމުގެ މިސާލުތައް ދަނީ ފެންނަމުންނެވެ.

އެގޮތުން ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގެ ހަވީރު ރޯދަކުުރުކޮށްލެއްވުމަށް އެމަނިކުފާނު ވަޑައިގެންނެވީ މާލޭ ބަނދަރުމަތީ ސަރަހައްދަށެވެ. އެތަނަށް ވަޑައިގެން ބާޒާރުމަތީގެ އަގުތައް ބައްލަވާލައްވާ، އެ ސަރަހައްދުގައި ތިބި މީހުންނާާއި ވާހަކަފުުޅު ދެއްކެވިއެވެ. ބައެއް ދޯނިތަކަށް އަރާވަޑައިގެން، އެ ދޯނިތަކުގައި ތިބި ފަރާތްތަކާއި ވާހަކަފުޅު ދެއްކެވިއެވެ. މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު މިފަދައިން އަމަލުކުރެއްވި ފުރަތަމަ ފަހަރެެވެ. ބައެއްފަރާތްތަކަށް މިއީ ކަންދެއްކުމުގެ ސްޓަންޓެކެވެ. އަނެއް ފަރާތްތަކަށް މިއީ ހިތްތިރިކަމުގެ ނަމޫނާއެކެވެ.

އިއްޔެއަކީ އެމަނިކުފާނުގެ ރޯދަކުރުކޮށްލެއްވުމުގެ ޕްރޮގްރާމަށް އިތުރުވެގެންދިޔަ އާބޮޅެކެވެ. ބޮޑީގާޑާއި އެކު ސައިކަލުން ވަޑައިގެން، މާލޭ އުސްފަސްގަނޑުގައި މަޑިއެއްލަން ތިބި ކުޑަކުދިންނާއި އެކު މަޑިއެއްލެއްވީއެވެ. އެ ކުދިންނާާއި އެކު ސަކަރާތް ޖައްސަވާ، ރައީސަކީ އެންމެންގެ ރައީސެއްކަން އަމަލީ މިސާލުން ދައްކުވައިދެއްވީއެވެ. އެމަނިކުފާނު އެތަނަށް ވަޑައިގަތީ މާ ބައިވަރު ސެކިއުރިޓީންނާއި އެކުވެސް ނޫނެވެ. ހިތްތިރިކަމާއި އެކު އެހެނިހެން ފަރާތްތަކާއި އެއްފަދައިން މަޑިއެއްލުމަށްފަހު ގެއަށް ވަޑައިގެންނެވީއެވެ.

ރައީސް ނަޝީދުގެ ދުޝްމަނުންވެސް އެއްބަސްވާ ވާހަކައެއް އޮވެއެވެ. އެއީ އެމަނިކުފާނަކީ ހިތްތިިރި، އެންމެންނާއި ގުޅޭ ބޭފުޅެެއް ކަމަށެވެ. އެއީ އެމްޑީޕީގެ ޖަޒީރާ ރާއްޖޭގެވެސް ތަޞައްވުރޭ ބައެއް ފަރާތްތަކުން ބުނެއެވެ. ވެރިންނަކީ ރައްޔިތުންނާއި އެއްހަމައެއްގައި ތިބޭ، އެފަރާތްތަކުގެ ހަގީގީ ޚާދިމުންނަށް ވުމެވެ. 

Advertisement

ކޮމެންޓް