ރައީސް ނަޝީދު
ހަބަރު
26 Apr 2025 | 21:56
އިސްތިއުފާ ދިނުމަކީ އެންމެ ރިވެތި އުސޫލު: ރައީސް ނަޝީދު

ކަންކަމާ ޒިންމާ ނަގަން ނުވަތަ އިތުރަށް މައްސަލަ އިތުރަށް ހޫނުވިޔަ ނުދިނުމަށް އިސްތިއުފާ ދިނުމަކީ އެންމެ ރިވެތި ގޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގަ އެވެ.

މިފަދަ ޕޯސްޓެއް ކުރެއްވީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުން އަލީ ޝުޖާއު މިރޭ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ޝުޖާއު އިސްތިއުފާ ދެއްވީ ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ނަޝީދު ވިދާޅުވީ ކަންކަމާ ޒިންމާ ނަގަން ނުވަތަ އިތުރަށް މައްސަލަ އިތުރަށް ހޫނުވިޔަ ނުދިނުމަށް އިސްތިއުފާ ދިނުމަކީ އެންމެ ރިވެތި ޑިކޮމްރެޓިކް އުސޫލު ކަމަށެވެ.

“އަބަދުވެސް އިސްކަން ދޭން ޖެހޭނީ ރާއްޖޭގެ ރައްޔިތުންގެ ހެވާއި ލާބަށް. ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަށް މަރުހަބާ،” ނަޝީދުގެ ޕޯސްޓްގައި ވިދާޅުވި އެވެ.

ރައީސް ނަޝީދު ކުރެއްވި ޕޯސްޓް

ޝުޖާއުގެ އިސްތިއުފާ ރައީސް މުއިއްޒު ވަނީ ގަބޫލު ކުރައްވާފަ އެވެ. އެއާއެކު ފުލުސް ހިންގުން ވަނީ ޑެޕިއުޓީ ކަމިޝަނަރު އިސްމާއިލް ނަވީންއާ ވަނީ ހަވާލު ކުރައްވާފަ އެވެ. ނަމަވެސް ފުރަތަމަ އެ ޒިންމާ ހަވާލު ކުރެއްވީ އެމަގާމަށް ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި ފަރުހާދު ފިކުރީއާ އެވެ.

އެ ބަދަލު ގެނައީ ގަޑިއިރެއްގެ ތެރޭގަ އެވެ.

ރައީސް ނަޝީދު - ތިން ފަހަރު އިސްތިއުފާ ދެއްވި

ކަންކަމާ ޒިންމާ ނަގަން ނުވަތަ އިތުރަށް މައްސަލަ އިތުރަށް ހޫނުވިޔަ ނުދިނުމަށް އިސްތިއުފާ ދިނުމަކީ އެންމެ ރިވެތި ގޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއިރު އެމަނިިކުފާނަކީ ވަރަށް ގިނަ މަގާމުތަކުން އިސްތިއުފާ ދެއްވި ބޭފުޅެކެވެ.

ވަރަށް ގިނަ ބައެއްގެ ލޯތްބާއި ތާއީދު އޮތް ރައީސް ނަޝީދު ފުރަތަމަ އިސްތިއުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުންނެވެ. އެއީ ފެބްރުއަރީ 7، 2012 ގަ އެވެ.

އޭގެ ފަހުން އެމްޑީޕީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ވެސް އެމަނިކުފާނު އިސްތިއުފާ ދެއްވި އެވެ.

ކޮންމެ ފަހަރަކު ވެސް އެމަނިކުފާނު އިސްތިއުފާ ދެއްވަނީ ދާދި އެއްގޮތް އިބާރާތްތަކެއް ބޭނުން ކުރައްވައިގެންނެވެ. އެއީ ގައުމާއި ރައްޔިތުންގެ ހައްގުގައި އަދި ހަމަޖެހުމަށް އިސްކަން ދެއްވުމުގެ ގޮތުންނެވެ.

ކޮމެންޓް
ކައިދާ
ޓިމާ އިސްތިއުފާ ދީފަ 14ގަނޑި އިރުފަހުން އިސްތިއުފާ ނުދެމޭ ގޮވާ މުޅި ގައުމުގައި ހުޅު ޖެހީ އެހެންވެ ދޮއްތަ
26 Apr 2025
މޮހޮޖު
އެހެންވެ ދޯ މަޖިލީސްތެރޭ އެންމެން އިސްތިއުފާއަށް ގޮވިއިރުވެސް އިސްތިއުފާ ނެދިނީ އެންމެފަހުން މަޖިލީހުން ފާސްކުރިންދެން ގަދަދައްކާފަ އިނީ
26 Apr 2025
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.