ރައީސް މުއިއްޒު
ހަބަރު
27 Apr 2025 | 11:29
ނުފޫޒެއް ނޯންނާނެ، ކުށްކުރި ފަރާތްތައް ހޯދާ ގާނޫނުގެ ތެރެއިން އަދަބު ލިބޭނެ: ރައީސް

މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ހެންވޭރު ގުދަނެއްގެ ފުރާޅެއްގެ މައްޗަށް އަންހެނަކު ވެއްޓުނު މައްސަލަ ތަހުގީގަށް އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށާ ބޭނުންފުޅުވަނީ ކުށްކުރި ފަރާތްތައް ހޯދާ ގާނޫނުގެ ތެރެއިން އަދަބު ލިބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މެލޭޝިޔާއަށް ފުރާވަޑައިގަތުމުގެ ކުރީން ދެއްވި ބަސްދީގަތުމެއްގަ އެވެ.

އެމަނިކުފާނު ވިދާޅުވީ އިންސާފާއި ހަމަހަމަކަމާއެކު ކަންކަން ކުރުމާއި އިންސާފު ގާއިމު ކުރެެއްވުމަކީ އެންމެ އިސް ސިޔާސަތު ކަމަށެވެ. އަދި އެކަމުގައި އެއްވެސް މީހަކު ތަފާތު ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ރައީސް މިއަދު ވެސް ވިދާޅުވީ ހިނގައިގެން ދިޔައީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށެވެ. އެ ކަމުގައި އެންމެ ފުރަތަމަ ވަގުތުން ފެށިގެން ބޭނުންފުޅުވެވަޑައިގަތީ އަދި މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ އިންސާފު ހޯއްދެވުމަށް ކަމަށެވެ.

“އިންސާފުގެ ކުރިމަތީގައި އެއްވެސް މީހަކީ އަޅުގަނޑަށް މުހިންމު މީހެއް ނޫން. އަޅުގަނޑު ބޭނުންވަނީ ކުށްކުރި ފަރާތްތައް ހޯދައި، އެއީ ކޮންމެ ފަރާތެއްވިޔަސް ޤާނޫނުގެ ތެރެއިން އަދަބު ދިނުމަށް،"

ރައީސް ވަނީ އެ މައްސަލަ ތަހުގީގު ކުރަން މިނިވަން ރިޔާސީ ކޮމިޝަނެއް އުފައްދަވާފައިވާކަން ފާަހަގަ ކުރައްވާފަ އެވެ. އެ ކޮމިޝަނަށް ވަރަށް ގިނަ ބާރުތަކެއް ދެއްވާފައިވާ ކަމަށާ ވަރަށް އަވަހަށް ކަމުގެ ހަގީގަތް ހޯއްދެވޭނެ ކަަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

“ވަރަށް ގިނަ ބާރުތައް ދީފައިވާނީ. އެއްވެސް ހުރަހެއް ނޯންނާނެ ބަލަންޖެހޭ ކަންކަން ބެލުމުގައި. ސުވާލު ނުކުރެވޭނެ ފަރާތެއް ނުހުންނާނެ،”
އެމަނިކުފާނު ތަކުރާރު ކުރައްވާ ވިދާޅުވީ އެެއްވެސް ކަމެއް ނުފޮރުވާނެ ކަމަށެވެ. އަދި ނުފޫޒު ނުފޯރުވޭނެ ކަމަށް ވިދާޅުވެ ހަމައެކަނި ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭނީ ރައްޔިތުންނަށް ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް
ހުސޭނުބެ ހުޅުމާލެ
ސާބަސް ރައީސް! ވީ ލަވް ޔޫ!
27 Apr 2025
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.