ބިއްލޫރި ރެކް ތަޅާލި މީހާ: އޭނާ އަކީ ކުށުގެ ރެކޯޑް އޮތް މީހެއް
ހަބަރު
27 Apr 2025 | 22:55
ބިރުވެރި މަންޒަރެއް ނޫންތަ! ވަދެ އެ ތަޅާލީ ކެފޭގެ ބިއްލޭރި ރެކް

މާލޭގެ ކެފޭއެއްގެ ތެރެއަށް މީހަކު ވަދެ އެ ތަނުގައި ހުރި ބިއްލޫރި ރެކެއް ތަޅާލާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ މިއަދު ވަރަށް ބޮޑަށް ވައިރަލްވެފައިވެ އެވެ.

ވީޑިއޯއިން ފެންނަނީ މަގުމަތީ ގައި ހަޅޭލަވަމުން ދިޔަ މީހަކު ކުއްލިއަކަށް ކެފޭތެރެއަށް ވަދެ އެތަނުގައި ހުންނަ ބިދޭސީ މީހާއާ ވާހަކަތަކެއް ދައްކަން ހުރެ ކުއްލިއަކަށް ފައިން ޖަހާ އެ ތަނުގައި ހުރި ބިއްލޫރި ރެކެއް ތަޅާލާ މަންޒަރެވެ. ތަޅާލުމަށް ފަހު ހަޅޭލަވަމުން ނިކުމެގެން ދެ އެވެ.

އޭނާ އެ އަމަލު ހިންގިއިރު އެ ތަނުގައި ސައިބޯން ވެސް މީހުން ތިބެ އެވެ.

ފުލުހުން ބުނީ މާލޭ އިރަމާގޭގައި ހުންނަ ކެފޭއެއްގެ ބިއްލޫރި ރެކެއް ތަޅާލި މައްސަލަ މިއަދު ހެނދުނު 8:56 ހާއިރު ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ބުންޏެވެ.

ނަމަވެސް މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަަމަށް ބުންޏެވެ.

ކުށުގެ ރެކޯޑް އޮތް މީހެއް

މި އަމަލު ހިންގާފައި ވަނީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. އެއީ މ. ސްޓާ މުހައްމަދު ރަޒީން އެވެ. އުމުރުން 49 އަހަރުގެ އެ މީހާ އަކީ ކުރީން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ މީހެކެވެ.

އަދި ވައްކަމުގެ މައްސަލައެއް ގައި ވެސް ހައްޔަރު ކުރި އެވެ. ދައުވާކޮށް ޝަރީއަތަށް ސާބިތުވެ ޖަލުގައި ވެސް ގިނަ ދުވަހު ހުއްޓެވެ.

މި ފަހުން މަގުމަތީ ހަޅޭލަވާ މީހުންނަށް އުނދަގޫ ކުރަން އުޅޭ މަންޒަރު ފެނެ އެވެ. އޭނާ އެގޮތަށް އުޅޭތީ އެކި ފަހަރު މަތީން މީހުން ފުލުހަށް ރިޕޯޓް ކޮށްފައިވެ އެވެ. ނަމަވެސް މިހާތަނަށް ހައްޔަރެއް ނުކުރެ އެވެ.

ކޮމެންޓް
ސަރުކޯރު
މި މީހުންތައް ހުސްކޮށްބަލަ މުޖްތަމަޢުން!! މީ ރައްޔިތުނނަށް ބިރަކަށް ވެއްޖެ މިހާރު!!
28 Apr 2025
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.