ޒުވާނުންގެ މުޒާހާރާގެ ބައިވެރީން -- ފޮޓޯ: ވޮއިސް
ހަބަރު
27 Apr 2025 | 23:10
މުޒާހަރާކުރާ ޒުވާނުން ރައީސަށް: އަޑު އަޑުއައްސަވާތީ އަޅުގަނޑުމެންގެ ރައީސަށް ޝުކުރިއްޔާ

އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓި އަނިޔާވި، ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދުމަށް ގޮވާލާ މުޒާހަރާ ކުރަމުންދާ ޒުވާނުންގެ އަޑު, ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްސަވާ ކަމަށާ އެކަމަަށް ޝުކުރު އަދާ ކުރާ ކަމަށް ޒުވާނުން ބުނެފި އެވެ.

ޒުވާނުންގެ ފަރާތުން އެކަން ހާމަކުރީ މިއަދު އާންމުކުރި ވީޑިއޯ އެއްގަ އެެވެ. އޮންލައިން ނޫހަކަށް ދިން އިންޓަވިއު އެއްގައި މުޒާހަރާތައް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅޭ ދެ ޒުވާނަކު ބުނީ އެ މުޒާހަރާތަކާ ގުޅޭގޮތުން ބައެއް ކަންކަން ސާފުކޮށް ދޭން ބޭނުންވާ ކަމަށެވެ.

އެއް ކަމަށް ފާހަގަ ކުރީ އެއީ ސިޔާސީ މުޒާހަރާތަކެއް ނޫން ކަމަށެވެ. އަދި އެއީ ސިޔާސީ ޕާޓީއަކާއި ނުވަތަ ސިޔާސީ ބަޔަކާ ވެސް ގުޅުން އޮތް މުޒާހަރާއެއް ނޫން ކަމަށެވެ. މީގެ އިތުރުން ގޭންގުތަކާއި ވެސް ގުޅުމެއް ނޯންނާނެ ކަމަށް ބުންޏެވެ.

އެ ޒުވާނުން ބުނީ އެ މީހުންގެ ބޭނުމަކީ އަނިޔާވި އަންހެން މީހާއަށް އިންސާފު ހޯދުން ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާ ޒިންމާދާރު ކުރުވުމެވެ.

އެ ޒުވާނުންގެ ޑިމާންޑްތައް ރައީސް މުއިއްޒު އައްސަވާ ކަމަށް ވެސް ވިދާޅުވި އެެވެ. އަދި އެކަމަށް އެމަނިކުފާނަށް ޝުކުރު ދަންނަވާ ކަމަށް ބުންޏެވެ.

"އަޅުގަނޑުމެން ވަރަށް ޝުކުރު އަދާކުރަން ބޭނުންވޭ އަޅުގަނޑުމެންގެ ރައީސަށް. އަޅުގަނޑުމެންގެ ޑިމާންޑްތައް މަޑުމަޑުން އެބަ ފިލްފުލް ކޮށްދޭ،" އެ ޒުވާނުން ބުންޏެވެ.

އެ ޒުވާނުން ވަނީ މައްސަލަ ބަލަން އުފެއްދި ރިޔާސީ ކޮމިޝަން, ކުރީގެ ކޮމިޝަންތައް ފަދައިން ނުވާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ބުނެފަ އެވެ.

ހުކުރު ދުވަހުގެ ހާދިސާއާ ގުޅިގެން ރައީސް ގެންދަވަނީ ފިޔަވަޅުތައް އަޅުއްވަމުންނެވެ. ރޭ ވަނީ އެ މައްސަލަ ބަލަން ޚާއްސަ ރިޔާސީ ކޮމިޝަނެއް ވެސް އުފައްދަވާފަ އެވެ. އަދި ފުލުހުން އަމަލު ކުރާ ބައެއް އުސޫލުތަކަށް ބަދަލުގެނެސް އާންމުންނަށް ވީހާވެސް އަވަހަށް މައުލޫމާތު ފޯރުކޮށް ދިނުމަށް ވެސް ވަނީ އަންގަވާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.