މިއަދުގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ހަބަރު
28 Apr 2025 | 10:50
މައުޟޫއިން ބޭރުން ސުވާލުކުރަން މެންބަރުންނަށް ފުރުސަތު ނުދެއްވާތީ މަޖިލިސް ހޫނު ވެއްޖެ!

މިއަދުގެ މައުޟޫއިން ބޭރުން، ވަޒީރާ ސުވާލުކުރަން މެންބަރުންނަށް ފުރުސަތު ނުދެއްވާތީ މަޖިލިސް ހޫނު ވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގެދޮރުވެރިކަމާއި ޢިމާރާތްކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަބްދުالله މުއްޠަލިބު ހާޒިރުކުރައްވާފައި ވަނީ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް، އެ ދާއިރާގެ ރަށެއް ކަމުގައިވާ ނ. ޅޮހީގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމުން އެކަމާއި ގުޅޭގޮތުން ވަޒީރާ ސުވާލު ކުރައްވަން އެދިފައި އޮތުމުންނެވެ. 

އެ ސުވާލަށް ޖަވާބު ދެއްވުމަށްފަހު އެއާއި ގުޅިގެން ސުވާލު ކުރަން ފުރުސަތު ހުޅުވާލުމުން އައްބާސް ވަނީ، އޭނާގެ ދާއިރާގެ އެހެން ރަށެއްގެ އެހެން މަޝްރޫއު އަކާއި ގުޅޭ ސުވާލެއް ކުރައްވާފައެވެ. އެ ސުވާލަކީ މިއަދުގެ މައުޟޫއިން ބޭރު ސުވާލެއް ކަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އަބްދުالله ނާޒިމް ވަނީ އެ ސުވާލަށް ޖަވާބު ދެއްވަން ބޭނުންފުޅު ނަމަ ދެއްވަން ވަޒީރަށް ފުރުސަތު ދެއްވާފައެވެ.

އެއާއެކު ވަޒީރު ވަނީ، އެ މައުޟޫއިން ބޭރުން މިއަދުގެ ޖަލްސާގައި އެއްވެސް ސުވާލަކަށް ޖަވާބުދެއްވަން ގަސްތު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. 

”މިގޮތަށް ހުރިހާ ޕްރޮޖެކްޓަށް އަޅުގަނޑު ޖަވާބުދޭން ފަށައިފި ނަމަ، ހުރިހާ މެންބަރުންގެ ސުވާލުތައްވެސް ހުންނާނެއޭ. އެހެންވީމާ މި ޕްރޮޖެކްޓާ ގުޅުންހުރި އެހެން ކަންކަމާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް ފުރުސަތު ކުޑަވާނެތީވެ، މި ޕްރޮޖެކްޓާ ގުޚުންހުރި އެހެން ކަންތައްތަކަށް ނޫނީ، އަޅުގަނޑުދެން ޖަވާބުދޭން ގަސްތުނުކުރާ ވާހަކަ ދަންނަވަން.“

ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު

ވަޒީރު މިހެން ވިދާޅުވުމުން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވަނީ މަޖިލީހުގެ ގަވާއިދުގެ ދަށުން މެންބަރުންނަށް ވަޒީރާ ސުވާލު ކިރެވޭނެ ކަމަށާ، އެ ފުރުސަތު މެންބަރުންނަށް ދެއްވަން އެދިލައްވާފައެވެ. 

ނަމަވެސް ނާޒިމް ވިދާޅުވީ އެފަދައިން ސުވާލުކުރަން ފުރުސަތު ދެވެނީ، އެ ދުވަހެއްގައި ވަޒީރާ ކުރެވޭ ސުވާލާއި ގުޅުންހުރި ސުވާލު ކަމަށެވެ. 

ގަވާއިދުގެ 85 ވަނަ މާއްދާގެ ހ ބަޔާންކުރަނީ، ނޯޓިސްފިނުވާ ކުރެވޭ ސުވާލަކަށް ވަޒީރަކު ދޭ ޖަވާބަކާ ގުޅިގެން، ނުވަތަ ކިރެވުނު ސުވާލަކާ ގުޅިގެން، ނޯޓިސް ދިނުމެއްނެތި ސުވާލުކުރި މެންބަރަށާ އެހެން މެންބަރުންނަށް  ސުވާލު ކުރުމުގެ ފުރުސަތު ދެވޭނެ ކަމަށް. އެއީ ކިރެވުނި ސުވާލާ، ދެވުނި ޖަވާބާ ގުޅިގެން. އެހެންވީމާ ވެލިދޫ ދާއިރާގެ މެންބަރު ކުރެއްވި ސުވާލަކީ، ފުރަތަމަ ކިރެއްވި ސުވާލާ ދެއްވި ޖަވާބާ ގުޅުންހުރި ސުވާލެއް ނޫން

މަޖިލީހުގެ ނާއިބު ރައީސް އަބްދުالله ނާޒިމް

އެއާއެކު އިދިކޮޅު މެންބަރުން ވަނީ އެ މެންބަރުންގެ ދާއިރާ ތަކާއި ގުޅޭ ސުވާލުތައް ކިރައްވައި، އެއަށް ޖަވާބު ދެއްވުމަށް ވަޒީރު އަރިހުން އެދިލައްވަން ފައްޓަވަާފައެވެ. ނަމަވެސް، ރިޔާސަތުން ވަނީ އެ ސުވާލުތަކަށް ފުރުސަތު ނުދެއްވައި އެއީ މައުޟޫއިން ބޭރު ސުވާލުތައް ކަމަށް ވިދާޅުވެފައެވެ. 

އޭގެ ސަބަބުން އިދިކޮޅު މެންބަރުން ނިޒާމީ ނުކުތާ ނަންގަވައި، ރިޔާސަތުގެ ކުރިމައްޗަށް އެއްވެސް އަޑުގަދަ ކޮށްފައެވެ. އެފަހުން ރިޔާސަތުން އެންގެވުމުން މެންބަރުން ވަނީ އެނބުރި ގޮނޑިކޮޅުގައި އިށީންދަވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.