ވަޒީރު އަބްދުالله މުއްޠަލިބު: ފޮޓޯ/ މަޖިލިސް
ހަބަރު
28 Apr 2025 | 13:02
ބަންޑާރަ ގޯތި ދޫކުރުން ހުއްޓުވަދޭން ޤާނޫނަށް ބަދަލު ގެނެސްދިނުމަކަށް ނޭދެން: މުއްޠަލިބު

ބަންޑާރަ ގޯތި ދޫކުރަން ހުއްޓުވަދޭން ޤާނޫނަށް ބަދަލު ގެނެސްދިނުމަށް މިއަދު މަޖިލީހުގެ ޖަލްސާގައި އެދިލައްވާފައި ނުވާނެ ކަމަށް ގެދޮރުވެރިކަމާ ޢިމާރާތް ކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ތުލުސްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން، މެންބަރު ނަސީމް ވަނީ، ބަންޑާރަ ގޯތި ހިލޭ ބެހުމަކީ ރާއްޖެ ފިޔަވައި ދުނިޔޭގެ އެއްވެސް ތާކު ކުރާ ކަމެެއް ނޫން ކަމަށާ، އޭގެ ސަބަބުން ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ނުލިބޭކަން ފާހަގަކުރައްވައި އޭގެ ބަދަލުގައި، ދިގު މުއްދަތުން ފައިސާ ދޫކުރާ ގޮތަށް ހައުސިން ޔުނިޓުތަކުން ފްލެޓު ދޭ ގޮތަށް އޫސޫލު ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ވިސްނުމެއް ސަރުކާރުގެ އޮތްތޯ ސުވާލުކުރެއްވިއެވެ. 

މުއްތަލިބު ވިދާޅުވީ ބަންޑާރަ ގޯތި ދޫކުރުމަކީ ރާއްޖޭގެ އާދަކާދަ އާއި ތާރީހާ ގުޅިފައިވާ ރާއްޖެއަށް ހާއްސަ ސިފައެއް ކަމަށެވެ.

"އެހެންވީމާ މިފަދަ ކަލްޗަރަލީ ވެސް ހިސްޓޮރިކަލީ ވެސް ރާއްޖެއަށް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވިފައި އޮތް ކަމެއް ބަދަލު ކުރުމަކީ އެ ސިޔާސަތު ބަދަލު ކުރުމަކީ އަޅުގަނޑަށް އެކަނި ލިބިގެންވާ ބާރެއް ނޫން. އެހެންވީމާ ބަންޑާރަ ގޯތި (މައްސަލަ) ތިބޭފުޅުން ގާނޫނެއް ގެނެސްގެން މަޖިލީހުން އެކަމަށް ހައްލެއް ހޯދައި ދިނުމަކީ އަޅުގަނޑު އެދޭ ކަމެއް. އެހެންނަމަވެސް ކުރިއަށްދާއިރުގައި ދާއިމީ ގޮތެއްގައި ކުރިއަށް ދިއުމަކީ ދަތިކަމަކަށް ވެދާނެ. އެހެންވީމާ އެކަމަށް ހައްލެއް ހޯދުމަށް މަޖިލިސް ތެރެއިން، ގާނޫނެއްގެ ތެރެއިން އެ ހައްލު ހޯދައިދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން،"

ވަޒީރު އަބްދުالله މުއްޠަލިބު

އެވާހަކައާއި ގުޅިގެން އޮންލައިން ނޫހެއްގައިވަނީ، ބަންޑާރަ ގޯތި ދޫކުރުން ހުއްޓުވުމަށް ގާނޫނަށް ބަދަލު ގެނެސްދޭން ވަޒީރު އެދިވަޑައިގެންނެވި ކަމަށް ބުނެ ރިޕޯޓްކޮށްފައެވެ. 

އެ ޚަބަރާއި ގުޅިގެން ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އެކަން ދޮގުކުރައްވާފައެވެ. 

”ބަންޑާރަ ގޯތި ދޫކުރަން ހުއްޓުވަދޭން ޤާނޫނަށް ބަދަލު ގެނެސްދިނުމަށް އަޅުގަނޑު މިއަދު މަޖިލީހުގައި އެދިފައިނުވާނެއެވެ. ކުރެވުނު ސުވާލަކާ ގުޅިގެން އަޅުގަނޑު ދެންނެވީ އެކަމަކީ ރާއްޖެއަށް ޚާއްޞަ ކަމެއް ކަމަށާއި ދާއިމީ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ދަތިވެދާނެ ކަމެއްކަމަށެވެ. އަދި އެއީ މަޖިލިސް ތެރެއިން ޙައްލެއް ހޯދަންޖެހޭ ފަދަ މައްސަލައެއްކަމަށެވެ.“ ވަޒީރު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.