ގެދޮރުވެރިކަމާ ޢިމާރާތް ކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު: ފޮޓޯ/ މަޖިލިސް.
ހަބަރު
28 Apr 2025 | 13:29
ކުރިއަށް އޮތް ތަނުގައި ހިލޭ ބަންޑާރަ ގޯތި ދޭން ދަތިވާނެ؛ މަޖިލީހުން ހައްލެއް ހޯދުން މުހިންމު: މުއްޠަލިބު

ދާއިމީ ގޮތެއްގައި ހިލޭ ބަންޑާރަ ގޯތި ދޫކުރުމަކީ ދަތި ކަމެއް ކަމުގައި ގެދޮރުވެރިކަމާ ޢިމާރާތް ކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ތުލުސްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ނަސީމް ވަނީ ބަންޑާރަގޯތި ހިލޭ ބެހުމާއި ގުޅޭގޮތުން ވަޒީރާ ސުވާލު ކުރައްވާފައެވެ. 

އެގޮތުން، މެންބަރު ނަސީމް ވަނީ، ބަންޑާރަ ގޯތި ހިލޭ ބެހުމަކީ ރާއްޖެ ފިޔަވައި ދުނިޔޭގެ އެއްވެސް ތާކު ކުރާ ކަމެެއް ނޫން ކަމަށާ، އޭގެ ސަބަބުން ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ނުލިބޭކަން ފާހަގަކުރައްވައި އޭގެ ބަދަލުގައި، ދިގު މުއްދަތުން ފައިސާ ދޫކުރާ ގޮތަށް ހައުސިން ޔުނިޓުތަކުން ފްލެޓު ދޭ ގޮތަށް އޫސޫލު ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ވިސްނުމެއް ސަރުކާރުގެ އޮތްތޯ ސުވާލުކުރެއްވިއެވެ.

ތުލުސްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ނަސީމް: ފޮޓޯ/ މަޖިލިސް 

އެ ސުވާލަށް ޖަވާބު ދެއްވަމުން މުއްޠަލިބު ވިދާޅުވީ ބަންޑާރަ ގޯތި ދޫކުރުމަކީ ރާއްޖޭގެ އާދަކާދަ އާއި ތާރީހާ ގުޅިފައިވާ ރާއްޖެއަށް ހާއްސަ ސިފައެއް ކަމަށެވެ. 

"އެހެންވީމާ މިފަދަ ކަލްޗަރަލީ ވެސް ހިސްޓޮރިކަލީ ވެސް ރާއްޖެއަށް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވިފައި އޮތް ކަމެއް ބަދަލު ކުރުމަކީ އެ ސިޔާސަތު ބަދަލު ކުރުމަކީ އަޅުގަނޑަށް އެކަނި ލިބިގެންވާ ބާރެއް ނޫން. އެހެންވީމާ ބަންޑާރަ ގޯތި (މައްސަލަ) ތިބޭފުޅުން ގާނޫނެއް ގެނެސްގެން މަޖިލީހުން އެކަމަށް ހައްލެއް ހޯދައި ދިނުމަކީ އަޅުގަނޑު އެދޭ ކަމެއް. އެހެންނަމަވެސް ކުރިއަށްދާއިރުގައި ދާއިމީ ގޮތެއްގައި ކުރިއަށް ދިއުމަކީ ދަތިކަމަކަށް ވެދާނެ. އެހެންވީމާ އެކަމަށް ހައްލެއް ހޯދުމަށް މަޖިލިސް ތެރެއިން، ގާނޫނެއްގެ ތެރެއިން އެ ހައްލު ހޯދައިދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން،"

ވަޒީރު އަބްދުالله މުއްޠަލިބު

ކުރީ ސަރުކާރުގެ ޕްލޭނިން މިނިސްޓަރު އަސްލަމް/ ފޮޓޯ: މަޖިލިސް

މިދިޔަ ސަރުކާރުގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމްވެސް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ވަނީ، ހިލޭ ބަންޑާރަ ގޯތި ދޫކުރުމަކީ ރަނގަޅު އުސޫލެއްކަމަށް  ޤަބޫލުފުޅު ނުކުރައްވާކަމަށް ވިދާޅުވެފައެވެ. 

އެހެން ނަމަވެސް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަކީ ބޯދާ ޒަމާނުއްސުރެ ރާއްޖޭގައި އޮންނަ އުސޫލެއް ކަމަށާއި، އެންމެ މީހެއްގެ ވިސްނުމަށް އެ އުސޫލު ބަދަލުކުރެވޭނެކަމަށް ދެކިވަޑައިނުގަންނަވާކަމަށް އަސްލަމް ވިދާޅުވި އެވެ. 

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ގޯތި ދޫކުރުމާއި ގުޅޭގޮތުން މިހާރަށްވުރެ ފުޅާކޮށް މަޝްވަރާކުރެވި، އެންމެންނަށް ގަބޫލުކުރެވޭ ކަމަކަށް ވެގެން ނޫނީ އެ އުސޫލު ބަދަލު ނުކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

"އަޅުގަނޑު ތަކުރާރުކޮށް ދަންނަވާނަން، މީ އަޅުގަނޑުމެން ވިސްނާފަކުރަން، އެއީ ސަސްޓެއިނަބަލް ގޮތުގައި ކުރެވޭނެކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ ދުރުމުސްތަގުބަލަށް ބަލާއިރު، އެހެންވީމަ އަބަދަކު އެހެން ބަންޑާރައިން ގޯއްޗެއް ނުވެސް ދެވޭނެ، ކިހެނެއްތޯ އަޅުގަނޑުމެން އެކަން ބަދަލުކުރާނީ؟ އެއީ ދައްކަން ޖެހޭ ވާހަކައެއްކަމަށް މިއަދުވެސް އަޅުގަނޑު ޤަބޫލުކުރަނީ" އަސްލަމް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.