ގުޅި ފަޅު-
ހަބަރު
28 Apr 2025 | 14:34
ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ރަޖިސްޓްރީ އަންނަމަހު ހަވާލުކުރަން ފަށާނެ: ޑރ. މުއްޠަލިބު

ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ރަޖިސްޓްރީ އަންނަ މަހު ހަވާލުކުރަން ފަށާނެކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުއްޠަލިބް ވިދާޅުވީ، ގުޅީފަޅުން ގޯތި ދޫކުރުން ލަސްވެފައިވަނީ، ތިލަމާލެ ބްރިޖު މަޝްރޫއަށް ގުޅިފަޅު ބޭނުންކުރަމުންދާތީ ކަމަށެވެ. އެގޮތުން، ބްރިޖުގެ މަސައްކަތާއެކު، ހަދަންޖެހޭ ސައިޓްތަކާއި، ސްޓޯރޭޖްތައް ހެދުމުގެ މަސައްކަތްތައް ކުރިއަށްދާ ކަން ފާހަގަކުރެެއްވިއެވެ.

ނަމަވެސް މިހާރު ޕްލޭނަށް ބަދަލުތަކެއް ގެނެސްގެން މަސައްކަތް ކުރާ ކަމަށާ، ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް އަންނަ މަހުގެ ތެރޭގައި ރަޖިސްޓްރީ ހަވާލުކުރަން ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ޕްލޭނަށް ބަދަލުތަކެއް ގެނެސްގެން ވީހާ ވެސް ގިނަ ފަރާތްތަކަށް ވީހާ ވެސް އަވަހަށް ހަވާލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިނިސްޓްރީން ދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ މެއި މަހުގެ ތެރޭގައި ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ އެގޯތިތައް ކަނޑައެޅިގެން އެނގޭތޯ ގޮތަށް ގޯތިތައް ހަވާލުކުރާނަން.

ވަޒީރު މުއްޠަލިބު

މިއާއެކު ވަޒީރު ވިދާޅުވީ ގުޅިފަޅުން މިހާރު ހިއްކާފައި އޮތް ބިމަށް ގާތްގަނޑަކަށް 200 މިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާއިރު، އެތަނުގެ ފެނާއި ނަރުދަމާގެ މަސައްކަތަށް 400 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށެވެ.

އަދި އެކަމަށް ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާ ފައިނޭންސް ހަމަޖެހުމާއެކު އެ މަޝްރޫއުވެސް ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ގުޅިފަޅުގައި މީހުން އާބަދުވެ ދިރިއުޅެން ފަށާއިރު މަދުވެގެން 600 މިލިޔަނެއްވުރެ ގިނައިން ޚަރަދުވާނެކަމަށް ބެލެވެއެވެ. 

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ކަނޑައަޅާފައިވަނީ ހުޅުމާލެއިން 1407 ގޯތި، ގުޅީފަޅުން 2438 ގޯތި، ގިރާވަރުފަޅުން 5186 ގޯއްޗެވެ. އެއީ ޖުމްލަ 9031 ގޯއްޗެވެ. 

އެތަނުން މިހާތަނަށް ހަވާލުކުރެވިފައިވަނީ 624 ގޯއްޗެވެ. އެއީ ކުރީ ސަރުކާރުގައި ހަވާލުކުރި 465 ގޯއްޗާއި، މިސަރުކާރުގައި 159 ގޯއްޗެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.