ފަލަސްތީނުގެ މުސްލިމުން ތަކެއް ގެދޮރު ދޫކޮށް ސަރަހައްދު ތަކަށް ދަނީ: ފޮޓޯ/ރޮއިޓާސް
ދުނިޔެ
30 Apr 2025 | 10:20
ޣައްޒާގައި ހިންގަމުންދަނީ ނަސްލުހޭދު ކުރުމުގެ ޖަރީމާއެއް: އެމްނެސްޓީ

އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާނަކީ ސީދާ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމުގެ ނިޔަތުގައި ހިންގަމުންދާ ޖަރީމާއެއް ކަމަށް އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރާ އެމްނެސްޓީ އިންޓަނޭޝަނަލުން ބުނެފިއެވެ.

އެމްނެޓްސީ އިންޓަނޭޝަނަލުން ބުނާގޮތުން ޣައްޒާގައި ޙަރަކާތްތެރިވާ އިޒްރޭލުގެ އަސްކަރީ ސިފައިން ދަނީ އދގެ ނަސްލުހޭދު ކުރުމާގުޅޭ މުއާހަދާއާއި ޚިލާފަށް، ޣައްޒާގެ ރައްޔިތުންނަށް ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތައް ދެމުންނެވެ. އަދި ޣައްޒާގެ ރައްޔިތުންގެ ފުރާނައަށް ނުރައްކާވާފަދަ ޙާލަތްތައް މެދުވެރި ކުރުވުމުގެ މަޤްސަދުގައި ގަސްތުގައި ގެއްލުން ދެމުންދާ ކަމަށްވެސް އެ ޖަމުޢިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. އަދި އިޒްރޭލުން ޣައްޒާގެ ރައްޔިތުން އިންސާނުން ގޮތުގައި ވެސް ނުދެކޭ ކަމަށާއި، އިންސާނީ ހައްޤުތައް ލިބެން ޖެހޭ ބައެއްގެ ގޮތުގައި ވެސް ނުދެކޭ ކަމަށް ވެސް ފާހަގަކުރިއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްގެ ސެކެޓްރީ ޖެނެރަލް، އެގްނެސް ކަލަމާޑް ވިދާޅުވެފައިވަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދަނީ އެ މީހުންގެ ޖަރީމާތައް މުޅި ދުނިޔެއަށް ވަގުތުން ވަގުތަށް ދައްކަމުން ކަމަށެވެ. ޔަހޫދީން ކުށެއްނެތް އެތައް ހާސް ބައެއްގެ ލޭ އޮހޮރުވައި ޝަހީދު ކޮށް، ޢާޢިލާތައް ނައްތާލައި ވުޖޫދުން ފޮހެލައި، ގެދޮރާއި ބިނާރުތައް ސުންނާފަތިކޮށް ފަނާ ކުރަމުންދާއިރު ޤައުމުތަކުން އެ މަންޒަރުތައް ބަލަމުން ދަނީ އެއްވެސް އާރެއްބާރެއް ނެތް ބައެއް ފަދައިން ކަމަށް އޭނާ ވިދާޅުވިއެވެ. އިޒްރޭލުގެ މައްޗަށް ބާރު އޮންނަ ގައުމުތައް މިހާރުން މިހާރަށް އިޒްރޭލަށް އެހީ ފޯރުކޮށްދިނުން ހުއްޓައިލައި، ހިންގަމުންދާ ނަސްލުހޭދު ނިމުމަކަށް ގެންނަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާ ތަކަކީ ހަމާސް ނައްތާލުމަށް އަމާޒުކޮށްގެން ދޭ ހަމަލާތަކެއް ކަމަށް ބުނިކަމުގައި ވިޔަސް އެތައް ވައިގެ ޙަމަލާތަކެއް ތަކުރާރުކޮށް އާންމުންނަށް އަމާޒު ކޮށްފައިވާ ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ 51،300 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް ފަލަސްޠީނުގެ އިދާރާތަކުން ބުނެއެވެ. އޭގެ ތެރޭގައި 17،400 ކުޑަކުދިން ވެސް ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.