ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު: ފޮޓޯ/ މަޖިލިސް
ހަބަރު
30 Apr 2025 | 11:26
ބޭރުގައި ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑް ދޫކުރުން ލަސްވަނީ ވުޒާރާއަށް ދޭ މައުލޫމާތު ފުރިހަމަ ނުވާތީ: ޑރ. ހައިދަރު

ބޭރުގައި ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑް ދޫކުރުން ލަސްވަނީ މަތީ ތަޢުލީމާ ބެހޭ ވުޒާރާއަށް ދޭ މައުލޫމާތު ފުރިހަމަ ނުވެ ހުންނާތީ ކަމަށް އެ ވުޒާރާގެ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ލޯނު ފައިސާ އާއި، ސްކޯލާޝިޕް ދަރިވަރުންނަށް ދޭ ސްޓައިޕެންޑް ފައިސާގެ އިތުރުން ޓިޔުޝަން ފީތައް ލަސްވާ ސަބަބާއި ގުޅޭ ގޮތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫޤް، ވަޒީރު ހައިދަރާ ލިޔުމުން ޖަވާބު ހޯއްދަވަން ފޮނުއްވި ސުވާލަށް ވަޒީރު ދެއްވި ޖަވާބު ވަނީ އިއްވާފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ހައިދަރު ވިދާޅުވީ، ސްކޯލަޝިޕްގެ ދަށުން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން، ފުރުމުގެ ކުރިން ފައިސާގެ ކަންކަން ހަމަޖެއްސޭހާ ދުވަސް އޮއްވައި، ދަރުވަރު ފުރާ ދުވަސް މިނިސްޓްރީއަށް އެންގުމަށްފަހު ފުރާ ނަމަ، އެ ދަރިވަރަށް ދެމަސްދުވަހުގެ ސްޓައިޕެންޑާއި ކަނޑައެޅިފައިވާ ބައެއް ކަންކަމަށް ބޭނުންވޤފައިސާ އެ ދަރިވަރަކަށް ހަވާލު ކުރެވޭ ކަމަށެވެ. 

އެއަށްފަހު ދަރިވަރު، ކިޔަވަންދާ ގައުމަށް ގޮސް، އެގައުމުގެ ލޯކަލް ބޭންކެއްގައި ދަރިވަރުގެ އެކައުންޓެއް ހުޅުވަށް އެ އެކައުންޓަށް ފައިސާ ޖަމާކުރަން ބޭނުން ކަމަށް ބުނެ ފިނޭންސް މިނިސްޓްރީއަށް އަންގަވާފައިވާ މައުލޫމާތުތައް ލަސްނުވެ  މަތީތައުލީމާ ބެހޭ ވުޒާރާއަށް ފޮނުވުމަށް އިރުޝާދު ދެވޭ ކަމަށް ވަޒީރު ވިދާަލުވިއެވެ. އަދި އެ މައުލޫމާތުގެ އަލީގައި ސްޓައިޕެންޑް ޖަމާ ކުރެވެނީ ދަރިވަރު ކިޔަވާ ގައުމެއްގެ ބޭންކުގައި ހުޅުވުނު އެ އެކައުންޓަށް ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސްޓައިޕެންޑް ޖަމާކުރެވެނީ އަހަރަކު ދެފަހަރު ކަމަށާ، އެ ޖަމާކުރެވެނީ ދަރިވަރު ކިޔަވަމުންދާކަން ދަރުވަރު ކިޔަވާ މަރުކަޒުން މިނިސްޓްރީއަށް އެންގުމުން ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ޓިޔުޝަން ފީއާއި ސްޓައިޕެންޑް ޖަމާކުރުމަށް މިނިސްޓްރީއާ ދަރިވަރުން ހިއްސާކުރާ ބޭރުގެ ބޭންކު އެކައުންޓް ތަކުގެ މައުލޫމާތު ބައެއް ފަހަރު ފުރިހަމަ ނުވުމުގެ ސަބަބުން ފައިސާ ޖަމާކުރުމުގައި ބައެއް ދަތިތަކާ ކުރިމަތި ވޭ. އަދި މައުލޫމާތު ފުރިހަމަ ކުރުމަށް އެދި އަލުން ޔުނިވާސިޓީ އަށާއި ދަރުވަރުންނަށް އެންގޭ. އަދި މި މައުލޫމާތު ފުރިހަމަ ކުރުމަށްފަހު އަލުން، މިނިސްޓްރީއަށް ހުށަހެޅުމުގައިވެސް ވަގުތު ހޭދަވޭ. އެހެން ކަމުން މިއީ ފައިސާ ޖަމާކުރުމުގާ ލަސްތައް ދިމާވާ މައިގަނޑު ސަބަބުކަން ފާހަގަކުރަން. 

ވަޒީރު ޑރ ޢަލީ ހައިދަރު އަޙްމަދު

ވަޒީރު ވިދާޅުވީ، އެކައުންޓް މައުލޫމާތު ފުރިހަމަ ނުވެގެން ފައިސާ ޖަމާކުރުން ލަސްވާ މައްސަލަ ހައްލު ކުރުމަށް ފައިސާ ޖަމާކުރުމަށް ބޭނުންވާނެ ފުރިހަމަ މައުލޫމާތު ހިމެނޭ ގޮތަށް މައުލޫމާތު ކަރުދާހެއް ތައްޔާރުކޮށް ދަރިވަރުންނާ ހިއްސާ ކުރެވެމުންދާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.