ޑރ. އިޔާޒް (ކ) މިނިސްޓަރު ޝަހީމް (މ) ޝެއިހް އިލްޔާސް (ވ)
ހަބަރު
30 Apr 2025 | 16:48
ޝަހީމްގެ ނިންމެވުމަށް އަދާލަތުގެ ވެރީން މަރުހަބާ ވިދާޅުވެއްޖެ، އިލްޔާސްގެ ތާއީދު

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އަދާލަތު ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމެވުމުން އެ ޕާޓީގެ އިސް ބައެއް ބޭފުޅުން މަރުހަބާ ވިދާޅުވެއްޖެ އެވެ.

އަދާލަތާއި ގުޅިވަޑައިގަންނަވާކަން މިނިސްޓަރު ދެންމެ ވަނީ އެކަން ރަސްމީކޮށް އިއުލާނު ކުރައްވާފަ އެވެ. އަދި ވިދާޅުވީ އެ ޕާޓީގެ ރައީސްގެ މަގާމަށް ވާދަ ކުރައްވާނެ ކަމަށެވެ.

މިނިސްޓަރު އެކަން އިއުލާނު ކުރެއްވުމާއި ގުޅިގެން އަދާލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި އިލްމުވެރީންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ އެ ނިންމެވުމަށް މަރުހަބާ ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި އިލްމުވެރީންގެ މަޖިލީހުގެ ރައީސް އައްޝައިހް އިލްޔާސް ހުސައިން އާއި ނާއިބު ރައީސް ޑރ, މުހައްމަދު އިޔާޒް އަބްދުލްލަތީފާއި އިލްމުވެރީންގެ މަޖިލީހުގެ އިތުރު މެންބަރުން ހިމެނިވަޑައިގަންނަވަ އެވެ.

އިލްޔާސް ވިދާޅުވީ ޝަހީމްގެ އެ ނިންމެވުމަކީ އަދާލަތު ހަރުދަނާ ކުރެއްވުމަށް ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށެވެ. ޝަހީމަށް ތާއީދު ކުރައްވާކަން ވެސް ހާމަ ކުރެއްވި އެވެ.

އަދާލަތު ޕާޓީ އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ މިނިސްޓަރު ޝަހީމެވެ. އެ ޕާޓީގެ އެއް މުއައްސިސަކީ ވެސް އެމަނިކުފާނެވެ. އަދާލަތުގެ ރަން ދުވަސްތަކުގައި އެ ޕާޓީ ހިންގުމުގައި ވެސް ޝަހީމްގެ ދައުރު ބޮޑެވެ. އެ ޕާޓީއަށް ރައްޔިތުން ކުުރި އިތުބާރު ގެއްލި ޕާޓީގެ ރަން ދުވަސްތައް ގެއްލުނީ އެ ޕާޓީގެ ރައީސް ކަމަށް މިހާރުގެ ރައީސް އިމްރާން ވަޑައިގަތް ފަހުންނެވެ.

މިދިޔަ ދުވަސްތަކުގައި އެ ޕާޓީން ގިނަ މެންބަރުންތަކެއް ވަނީ ވަކިވެފަ އެވެ. އަދި އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ވަރަށް ގިނަ އިލްމުވެރީން ވެސް ވަނީ އަދާލަތުން ވަކިވެވަޑައިގެންފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.